މީގެ ކުރީ އަހަރެއްގައި ރާއްޖޭގައި އާތު އަވާ ފާހަގަކުރުމަށް ގޭގޭގެ ކަރަންޓު ނިއްވާލާފައި.- މިހާރު ފައިލް ފޮޓޯ
21 މާޗް 2025 - 19:28
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވާ، މާދަމާ ރޭ ރާއްޖޭގައި ފާހަގަކުރަން ނިންމައިފި އެވެ.
އެންވަޔަރަނަމަންޓް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި އާތު އަވާ ފާހަގަކުރުމުގައި އާންމުންނާއި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިފަ އެވެ.
އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 9:45 އިން 10:45 އަށެވެ. އެ ވަގުތު ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި ނިއްވާލަން މިނިސްޓްރީން އެދެ އެވެ.
މިނިސްޓްރީން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ އެ މަސައްކަތަށް އެއްބާރުލުންދިނުމުގެ ގޮތުން އެކަމުގައި ބައިވެރިވާން ހުރިހާ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.
އެ ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރަން ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ.
މިނިސްޓްރީން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުން ކަމަށެވެ.
އެހެންވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް 60 މިނެޓުގެ ވަގުތަށް 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމަށް ހިތްވަރު ދެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަކީ ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓާ، ގައުމީ ފެންވަރުގައި ކާމިޔާބު ހަރަކާތަކަށް ހެދުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ގޮވާލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
22 March 2025
މިރޯދަމަހު ވަރަށް ބޮޑަށް އާތުއަވަރު އެބަ ޖައްސަން. ކޮންމެހެން ޖައްސަން ޖެހޭ އަވަރެއްގައިނޫނީ އޭތި ހަމަ އެއްގޮތަކަށްވެސް ނުޖައްސައިިއުޅެނީ. އެހެންވެ ވަރަށް ގޭތެރޭ ޕަވަރުވެސް ދައްކޮށް ދަނީ. އެކަމަކު ބިލަށް އަރާނެ ވަރެއްވެސް އެބަ ވިސްނަން. ދެން ނޭނގެދޯ ވާނެވަރެއް.
ޒިމް.
22 March 2025
ތި އާރތް އަވަރ އައްޑޫގައި ފައްޓާގެން އުޅޭތާ 3 މަސްވެއްޖެ.. ރާއްޖޭގެ ރަށްތަކުގައި ތި ތަޖްރިބާ ނުކުރާ ދުވަހެއް މަދުވާނެ.. އާރތް އަވަރ އާރތްޑޭ އަކަށްވެސް ބަދަލްވޭ..
ގުދުގުދާބެއްޔާ
22 March 2025
ތިޔަ ކަމަށް އެއްބާރުލުން ދެވެންނެތް ވާހަކަ ހިތާމަޔާޢެކު ދަންނަވަން! ސަބަބަކީ ސްޓެކްކޯއިން މިފަހަރުވެސް އަވަސް އަރުވާލައިގެން ފުލުފުލުފަ 3 ކަރަންޓްބިލް ފޮނުވައިފައިވާތީ! އެކަމުގެ އިހްތިޖާޖެއްގެ ގޮތުން ތިޔަކަން މަހަމަގައިމުވެސް ނުކުރާނަން!
އަބްޑޫޅް +
22 March 2025
"ބިމު ގަޑި". ކެލޭމެން ދިވެހިބަސް ދެކޭ ލަދުގެނެ، ރުޅި އަންނަވަރުގެ ބޮޑުކަމުންނޭ، މިޔަށް "އާތު އަވާ" މި ކިޔަނީ! ލަދެއް ނުގަނޭ ދޯ؟
ލިޔުންތެރިޔާއަށް
22 March 2025
"އާތް އަވާގަޔާއި" ނޯމަލް ގަޑީގާއި ބޭނުން ކުރެވިފައިވާ ކަރަންޓުގެ އަދަދު ވަކިން އެނގޭނެ ފަދަ ރިޕޯޓެއްވެސް ފެންނާނެކަމަށް އުއްމީދު ކުރަން... މިކަހަލަ ކަންކަމަށް އާންމު ރައްޔިތުން ދޭ އަހުމިޔަތުކަން ފާހަގަ ވާނެ އެކަހަލަ ސްޓެޓިސްޓިކަލް ރިޕޯޓް ފެނުމުން
raajje
21 March 2025
އޭސީ ފުރިޖް ލައިޓުތައް ފަންކާ ކޮންމެހެންބެނުންކުރާޖެހޭތަކެތި ހައްތާވެސްދޯ! މުޅިއަހަރުތެރޭން އެއްރެއެއްގައި އެއްގަޑިއިރަށް ދެތިންބޮކި ނިއްވާލީމާ ދުނިޔެހޫނުވުން ކޮންޓުރޯލުކުރެވޭނެއެވެ. ކުރިންމިކަންކުރާގޮތަކީ ރޭގަނޑު އިންޖީނުގެތަކުން ކަރަންޓު ކަންޑާލަނީ، ނަމަވެސް ކަރަންޓުކަނޑާކަން އެނގި ވަގުންގެއުނދަގޫބޮޑުވެގެން އެކަންހުއްޓަލީ، އާތުއަވާކޮންމެހެން ރޭގަނޑުތޯ ފާހަގަކުރަންޖެހެނީ ދުވާލު ކަރަންޓުކަނޑާލާނަމަ ވަގުންގެއުދަގޫވެސް ނުޖެހޭނެތާ
ހަހަ
21 March 2025
ޢަހަރެމެން ރަށުގަ ހަފްތާއަކު މަދުވެގެން އެއް ފަހަރު އާތު އަވާ ފާހަގަ ކުރޭ. އެވަރަށް ކަރަންޓު ދޭވިއްޔަ ލޮލް