މަންޓާ އެއާގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ.
23 މާޗް 2025 - 12:00
އީދު ބަންދާ ދިމާކޮށް މަންޓާ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފި އެވެ.
އެ އެއާލައިނުން ބުނީ އީދު ބަންދާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، ޑިމާންޑު ބޮޑުވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަތަރު ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ދ. ކުޑަހުވަދޫ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓު އަދި ޅ. މަޑިވަރު އެއާޕޯޓަށެވެ.
މަންޓާއިން ބުނީ އީދަށް އިތުރުކުރި ދަތުރުތަކަކީ ފަސިންޖަރުންނަށް ހަމަޖެހިގެން ކުރެވޭނެ ހިތްފަސޭހަ ދަތުރުތަކަކަށް ހެދުމުގެ ގޮތުން އެ ދަތުރުތައް ކުރާނީ މަންޓާ އެއާގެ އޭޓީއާރު 600-72 ފްލީޓުގައި ކަމަށެވެ.
މަންޓާ އެއާއިން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ އެއާލައިނުގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ބުކިން ހެއްދޭނެ އެވެ.
Manta Air
Manta Air is the new experience in the skies of the Maldives.
| Manta Air
މަންޓާ އެއާގެ ވެބްސައިޓު.
މަންޓާ އެއާއިން ވައިގެ ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުން ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސީޕްލޭން އަދި ޑޮމެސްޓިކް ދަތުރުތައް ވެސް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މަންޓާ އެއާގެ ފްލީޓުގައި 20 އެއާކްރާފްޓު އޮތް އިރު އޭގެ ތެރޭގައި ތިން އޭޓީއާރު ބޯޓު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންޑިއާ އައުޓް
23 March 2025
ދަތުރުތައް އިތުރުކުރި އިރު އިންޑިއާގެ ބެންގަލޫރަށް ކުރަމުން އައި ދަތުރުތަށް ވަނީ މިއަހަރު ޖެނުއަރީ މަހު ހުއްޓާލާފައި.