ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ: އޭނާ ވަނީ އެ މަގާމުތަކުން އިސްތިއުފާ ދެއްވާފައި --- ފޮޓޯ/ރައީސް އޮފީސް
23 މާޗް 2025 - 16:32
ރާއްޖޭގެ ފުރަތަމަ އުފެއްދި ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓްގެ ބޭންކަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދެވި ބޭންކެކެވެ.
އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެ މަގާމުން ނޮއެލް ގްރެގާ އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަންގެ އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓްވީޓެއްގައިވެ އެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) March 23, 2025
ޕީސީބީގެ ޓްވީޓް
ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.
މިއީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
25 March 2025
މިއީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވައި ފުރަތަމަ ފަހަރަށް މޑ އަކު އިސްތިއުފާ ދިންފަހަރު
ކޮބާ ހިންގާލުންގަނޑު ކިހިނެއް ވަނީ؟
24 March 2025
ޓަނަލް އާ ހަވާލުވި މީހާ އެބަހުރިބާ ؟؟؟
ދޯރި×
24 March 2025
ސިފައިންގެ ނުވަތަ ފުލުހުންގެ ރިޓަޔަރޑް އޮފިސަރަކު އަންޔަންކުރަން ޖެހުނީތޯ
އަލީބެގެ ބޯ
24 March 2025
މަށަށް ދެރައީ ކޮމެންޓް ކުރާތީވެ. މިތަން ހުޅުވީ ހަމައެކަނީ ރަސްމިއްޔާތު ދުވަހު. އޭގެފަހުން އެތަނުގައި ކުރީކީއްކަން ދެނެވޮޑިގަންނަވާނީ އެފަރާތުން. މިތަނަކުން ޙިދުމަތެއްނުދޭ. ދޭތަނެއްނުފެނޭ. ވިއްކި ބޮންޑެއް، ފައިނޭންސް ކުރި ޕްރޮޖެކްޓެއްގެ އަޑެއް ނީވޭ. ތިޔަ ތަނުގެ ޙިދުމަތް ދޭންފެށެނެކަމަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޕްލޭން ކޮށްފައި އޮތީމަ ތިޔަ ތަން ހުޅުވީ. މހާތަނަށް އިންޓީރިއާ ހެދުން ނުވަތަ އެކްސްޓީރިއަރ ސާފްކުރުން ނޫން ކުރި ކަމެއް ލިޔެލަދީބަލަ
ޑރ ވާންޗޯ
24 March 2025
މިޒަމާނުގަ ބެންކުތަކަށް މީހުން އިންވެސްޓުކުރަނީ އެއީ ފައިސާހުރެގެން ލޯނުދޫކޮށް އޭގެން ފައިދާހޯދާ ބޭންކެއްކަމުގެ ޔަގީންކަންލިބުނީމަ. ނަންބޯޑުބޮޑުވިޔަކަސް މީހަކު އަޅާވެސްނުލާނެ.
އަލީބެ
24 March 2025
ތިބޭންކެއް ހުންނަނީ ކޮންތާކުބާ. މިހާއަވަހަށް އިސްތިއުފާދިނީ ކީއްވެބާ. އިސްތިއުފާ ދިނީތޯ ނޫނީ ވަކިކުރާތީ އިސްތިއުފާ ދިނީތޯ. ވަކިކުރާނަމަ ވަކިކުރަން އުޅުނީ ކީއްވެތޯ. މިއީ ސިއްރަކަށްވާނަމަ ތިފެންނަނީ ކޮރަޕްޝަން
ބޮގަރު
24 March 2025
އޭ! ރައީސު މިހާ. ކަލޭ އިސްތިއުފާ ދެނީ ކޮންއިރަކުން ؟ މިއީ ހައްތާވެސް ކަލެއަށް ހިންގަން ނޭގުމާއި ކަންކަން ކުރަން ނޭގުމުގެ ނަތީޖާ. ގާނޫނު ބުނަނީ އަހަރެމެންގެ ހިސާބުންނޭ ބާރުތައް ފެށެނީ ، ވީ މާ ސުވާލު ކުރާނަން. މި ގައުމެއްވާ ނެތް މިހާރު.
ޓުރިވީ އެފްއެންއޭ
24 March 2025
ރައީސް ޔާމީން ވެރިކަމުގަ ސައީދައް ވަޒީފާ ލިބުނީ ޕީޕީއެމާ ޖުމުހުރީގެ ކޯލިޟަނުން ވަކިހިސާބަކުން ސައީދު ޖުމުހުރީޕާޓީން ވަކިވެ ޕީޕީއެމާ ގުޅުނީ އޭނަ މިނިސްޓަރަކައް ހުރެ ކުރެވުނު ކަމެއް ކޮއްފަހުރީ ރައީސް ޔާމީން މޮޅުކަމުން މިހާރު އޭނަޔައް ކަމެއްނުކުރެވެނީ އޭނަޔަކީ މޮޅުމީހަކައްނުވެ ރައީސްގެ ތަޖުރިބާނެތުން ކުރިޔައް އޮއްތަނުގަވެސް ކަމެއް ނުކުރެވޭނެ ޔަގީން ކަށަވަރު
ފިނިފެންމަލުން ނުދުވި ވަސް
24 March 2025
ޑޮލަރު އޮހެނީ. ބަންކަރިންއިން ދުވާލަކަށް ބިލިއަނެއް. ޑެވެލޮޕްމެންޓް ބޭންކުން ދުވާލަކަށް ބިލިއަނެއް. ޕަކާސް.
ސަލިމް
24 March 2025
މަ ބުނީ މި ބޭންކު ހުރި އިމާރާތަށް ކުލި ދައްކާ ހެއްޔޭ...؟