ހަމާސްގެ އޮފިޝަލަކަށް އަމާޒުކޮށް ނާސިރު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރަށް ދިން ހަމަލާއަށް ފަހު އެތަން އަނދަނީ. -- ފޮޓޯ: އޭއެފްޕީ
24 މާޗް 2025 - 17:44
އިޒްރޭލުން މަރަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއްގެ ގެޔަށް ބޮން އެޅުމުން ވެސް އޭނާ ޒަހަމްތަކަކާ އެކު ސަލާމަތްވެގެން ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިއުމުން އެތަނަށް ބޮން އަޅައި އޭނާ އަވަހަރާކޮށްލައިފި އެވެ.
"އިޒްރޭލުގެ އަސްކަރިއްޔާއިން އަވަހާރަކޮށްލީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އިސްމާއިލް ބަރްހޫމް،" ހަމާސްގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުން ވަނީ "ޓެރަރިސްޓުންގެ އިސް މީހަކަށް" ހަމަލާ ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ބަރްހޫމް އަށް އަމާޒުކުރި ހަމަލާއެއް ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވެސް ވަނީ ބުނެފަ އެވެ.
"މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ޚާން ޔުނިސްގައި ހުންނަ އޭނާގެ ގެއަށް އަމާޒުކޮށް ދިން ވައިގެ ހަމަލާގައި ބަރްހޫމް އަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދަމުން ދިޔަ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ އޮޕަރޭޝަން ރޫމަށް ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ބޮން އެޅި،" ހަމާސްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އިޒްރޭލުން ހަމަލާދިން ކަމަށް ބުނާ ހަތަރު ބުރީގެ އިމާރާތް ނުވެއްޓި ސަލާމަތުން ހުއްޓަސް އަލިފާން ރޯވެ ވަނީ އަނދައިފަ އެވެ. އިޒްރޭލުން ބުނީ މިއީ "ވަރަށް އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތަށް، ބޭނުންވާ މިންވަރަށް ހަތިޔާރު ބޭނުންކޮށްގެން" ދިން ހަމަލާއެއް ކަމަށެވެ.
ބަރްހޫމް އަކީ މިދިޔަ ހަފްތާގައި އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން އަވަހާރަކޮށްލި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހަތަރު ވަނަ މެމްބަރެވެ.
ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލު ސިފައިން ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ސާޖަރީ ބިލްޑިންއަށް އަމާޒުކޮށް ހަމަލާ ދިން އިރު އެތަނުގައި އެތައް ބަލި މީހުންނެއް ތިބި ކަމަށެވެ. އަދި ހަމަލާގައި އެތަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށް ބުންޏެވެ.
ހަމަލާގައި މަރުވީ އެންމެ މީހެއް ކަމަށާއި އެކަމަކު މެޑިކަލް ސްޓާފުންނާއި ބަލި މީހުންގެ އެތައް ބަޔަކު ޒަހަމްވި ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސވސ
24 March 2025
ޖެނިވާ ކޮންވެންސަނުން މަނާކަމެއް އެއީ. ސިއްހީ ހިދުމަތް ދޭ ތަންތަނާއި މީހުން ހިމާޔަތްކުރަންޖެހޭ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަަށް އެހުރިހާ ކަމެއް އެކުރަނީ. ޖާނަލިސްޓުންނަށްވެސް ހަމަލާ އެދެނީ ހަމަ އަޑުކަނޑުވަން.
މުލޭ
25 March 2025
ތިޔަ އެއްވެސް ކޮންވެންޝަނަކަށް އިޒްރޭލުން ޢަމަލުކުރަން ނުޖެހޭކަމާއި ޢަމަލުނުވެސް ކުރުވޭނެ ކަމާއި ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެކަން އއމީހުން އެދަނީ ސާބިތުކޮށްދެމުން. އިންސާނީ ޙައްގުތަކުގެ މަތީގައި އަވަހާރަ ލައްޕަވާ ހުޅަނގުގެ ވެރިންނަަށް ކަމެއް ހިނގާހެން ހީވެސް ނުވާކަހަލަ.
ރޯނު
25 March 2025
ޖެނީވާ ކޮންވެންޝަން ކިޔާލިންތަ ކޮމެންޓު ކުރުމުގެ ކުރިން؟
ޖައްސާށޭ
24 March 2025
މަމެން ސަރުކާރަށް ގޮވާލަމޭ ރާއްޖޭގެ ލާމު އަތޮޅުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރޭން 3 މިލިއަން މީހުން ނަށް ވަޒަންވެރި ކުރުވުމަށް ޓަކައި މުޅި ލާމު އަތޮޅު އަރަބި ދުނިޔެ އިން ފަންޑް ހޯދައިގެން ހިއްކާ އެތަންތަނުގައި 25 ބުރީގެ ފްލެޓްސް އަޅާ އެތަނަށް އެމެން ބަދަލުކޮށްލާން އެގޮތަށް ބަދަލުވާ ކޮންމެ ފަލަސްތީނު މީހެއްގެ އަތުން މަހަކު 20 ޑޮލަރުގެ ވާރކް ވިސާފީއެއް މާލެ ސަރުކާރަށް ނަގާ އެފައިސާ އިން މާލެ ސަރަހައްދުގެ ކަނޑާއި ފަޅުތައް ހިއްކާ ބޮޑުކުރާނީއޭ
މަހަށްދޭބަލަދެން
24 March 2025
އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ ޗާލްސް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ ޗާލްސް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ ޗާލްސް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ ޗާލްސް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ
އިސްތިއުފާއޭ
24 March 2025
ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން އެމެރިކާގެ ޖާސޫސީ އިދާރާއިން ހިއްސާ ކުރާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށޭ މިހަމަލާ ތައް އިޒްރޭލުން ދެނީ އިޒްރޭލުގެ ނިމުން ވަރަށް ގާތުގައި އޮތީ އެމެރިކާ ޓްރަމްޕް ދެފައި ދަނޑިއަށް ކޮއްޅަށް ހުއްޓާ ސީލެވޭނެއޭ އެދުވަހަކު ތަ ބަލަން ހުންނާތި އެމެރިކާ ޑައުން ޑައުން ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ ޓްރަމްޕް އިސްތިއުފާ