21 އެޕްރީލް 2025 - 11:23
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 10،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެއީ 300ރ. އިން މަތީގެ ރީލޯޑްކުރާ ކަސްޓަމަރުންނާއި ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި 60،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ޕްރިޕެއިޑް ކަސްޓަމަރުންނަށް ފެށި ޕްރޮމޯޝަނުގައި 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ވެސް ލިބޭނެ ކަމަށެވެ. އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް އަދި ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވެވޭނެ އެވެ.
ދިރާގުން ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy