ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އާއެކު--- ފޮޓޯ: ރައީސް އޮފީސް
27 މާޗް 2025 - 11:52
ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީވެ، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ޝޯގެ ފުރަތަމަ އެޕިސޯޑް މިއަދު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ބުނީ އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ގެނެސްދޭނީ މިއަދު މެންދުރު އެކެއް ޖަހާއިރު ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ކަމަށެވެ.
ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
އެ ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ފަށަން ނިންމާފައި ވާއިރު، ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ އެ މަނިކުފާނު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު pic.twitter.com/3APikeL27k
— The President's Office (@presidencymv) March 27, 2025
"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފައްޓަވަން ނިންމާފައި ވަނީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއް ވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާ އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
27 March 2025
ވެރިކަން ވަޑައިގަތްފަހުން ނޫސްވެރިންނަށް ފިއްލަވައިގެން އުޅުވާފައި ޕޮޑްކާސް ތިޔަ ހިންގަވަނީ ހުސް ތާއީދު ކުއްފައި ހުންނަ ސުވާލު ނަންގަވަންތޯ. މުޅިން ސެލެކްޓިވްކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވަނީ
އަލީ އަ
27 March 2025
އަޅުގަނޑު ވާނީ 10 މާރޗް އަދި 16 އޭޕްރީލް 2024 ގައި މާލޭ މަގުތަކާއި ގުޅޭ ގޮތުން ރަޢީސް އަށް ހިޔާލެއް ހުށަހަޅާފައި ، ހިޔާލު ހުށަހެޅީ ޕޯޓަލް މެދުވެރިކޮށް، ހިޔާލު ލިބުނު ކަން އޮޓޯއިން އަޅުގަނޑަށް މެސެޖްލިބުނު ، މިކަން ފިޔަވާ އެއްވެސް ކަމެއް ރައީސް އޮފީހުންކޮށްފައި ނުވޭ، އަސްލު ރައީސްއަށް އެހިޔާލު ލިބުނު ހެނެއް ހީނުނުވޭ، މިއީ ވަރަށް ދެރަކަންކަން . މިކަން ބައްލަވާ
ހިޔާލު2
28 March 2025
ތި ހިޔާލު ކިޔާލަން އަޅުގަނޑު ބޭނުން
އިއްލި
27 March 2025
ތިހެން ވީޑިއޯ ސުވާލު ކުރާ ގޮތް ހަދާފަވެސް ހުއްޓާލީ. އޭރުވެސް ޕާޓީ ކުދިން ސުވާލު ކުރަނީ. ނިކަން ހުޅުވާލަބަލަ މެސެޖުކުރެވޭ ގޮތަށް. އެކަމަކު ނުކެރޭނެ އެކަން އެހެން ކުރާކަށް.
ސިޔާސީންނާއެކު
27 March 2025
ހެޔޮނުވާނެ ރައްޔިތުންނޭ ނުކިޔާ، ތިބޭފުޅާ އަބަދުވެސް ބަލާނީ ތިބޭފުޅާ ވަށާއިގެންް އެުބުރޭ ސަނާކިޔާ ސިޔާސީންނަށް!!!!
ކެނެޑީ
27 March 2025
ޕޮޑްކާސްޓް ވައުދު ފުއްދުނީ
ކްލީން ކްލީން
27 March 2025
ޕޮޑްކާސްޓް ކިހިނެއް ހަދަން އުޅޭ އެއްޗެއްބާ
އިބުރާ
27 March 2025
ވީޑިއޯ މެދުވެރިކޮށް ތިޔަށް ސުވަލު ހުށަހަޅާނީ ރައީސް ގެ މީހުން އެކަނި އަދި އެވެސް ރައީސް މީހާ ބޭނުންވާ ސުވާލު. އަޅެ ނިކަން އެނޯނައިމަސްކޮށް ސުވާލު ހުށަހެޅޭނެ ގޮތް ހަދާބަލަ. އަންނާނެ ފިސާރި ސުވާލު