އުލިގަމުގައި އިމިގްރޭޝަން އޮފިީހެއް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ (ވ-2) އަދި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު (ކ-2) އަށް ސޮއިކުރައްވަނީ. --- ފޮޓޯ: އެމްޓީސީސީ
27 މާޗް 2025 - 13:40
ހއ. އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ފުޅާކުރުމަށް އާ އޮފީހެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ އަދި އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް މިހާރު ވެސް ގާއިމުކޮށްފައިވާ އުލިގަމުގައި މިހާރު އިމިގްރޭޝަންގެ ހިދުމަތް ދެމުން އަންނަނީ އެމްއެންޑީއެފްގެ އިމާރާތަކުން ދީފައިވާ ކުޑަ ޖާގައެއްގަ އެވެ.
އުލިގަމުގައި އިމިގްރޭޝަން އޮފިީހެއް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރުމުގެ ރަސްމިއްޔާތު: މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު-- ފޮޓޯ: އެމްޓީސީސީ
އިމިގްރޭޝަނުން ބުނީ އުލިމުގައި އިމިގްރޭޝަންގެ އާ އިމާރާތެއް އެޅުމުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތާ ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ދެނީ އެ އޮފިސަރުން ތިބެގެން، ހަމައެކަނި ސީޕޯޓުގެ ހިދުމަތެވެ. ނަމަވެސް އާ އިމާރާތް ގާއިމުކުރެވުމާ އެކު ޕާސްޕޯޓާއި ވިސާ ފަދަ، އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
MTCC has signed with @ImmigrationMV for the construction of a new Immigration Office Building in Ha. Uligan. This project will enhance immigration services on the island, supporting operational expansion and improved accessibility.
— MTCC Plc (@MTCCPlc) March 27, 2025
Our MD, (Retd.) DCP Ahmed Saudee, signed on… pic.twitter.com/O2bf1KqxyO
ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ. އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ދިނުމަށް ގޮންޖެހުން ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެ ހުރި ގޮތް ފެނިފަ !!!
27 March 2025
އޭޓީއެމް އެތްވެސް ހުޅުވައިފި؟
އަފްރާސިޔާބު
27 March 2025
ފެންނެތް ބޮޑު ކާށްޓެއް ފަޅާލީދޯ؟
ދޮން އަލީ
27 March 2025
ހޯރަފުށްޓަށް ކަމެއް ނެތީ ދޯ
ޥަންޗޫ
27 March 2025
ބަންކަރިންނަށް އަންނަ ބޯޓްފަހަރުގެ އަދަދު ގިނަކަމުންތަ ތިކަންތިކުރަނި؟ އޮބިނޯވެދޯ ބޯޓްފަހަރު ގިނަކަމުން؟؟