ހއ. އުލިގަމުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސަކަތް ކުރަނީ.
27 މާޗް 2025 - 16:20
ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ 550 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ހިންގަން މި ފަހުން ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ރައީސް މިއަދު ފެއްޓެވި ޕޮޑްކާސްޓް ޝޯގައި ޕްރެޒެންޓަރު އަހުމަދު ޝަކީބު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ކުރިން ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، މި އަހަރާއި އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ނިމުމަކާ ހަމައަށް ދާނެ އެވެ.
ރައީސް މުއިއްޒު ޕޮޑްކާސްޓު ޝޯގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"މި ބަންދުތެރޭގައި ވެސް ފަހު 10 ގެ ތެރޭގައި ވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ދެން އެ ކަންކަން އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ދެން އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ،. ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތްތައް ވެސް ހިނގަމުންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ފެންނާނީ އިގުތިސާދު މެނޭޖު ކުރަމުން އަދި އެ މީހުން ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭ ތަން ކަމަށެވެ.
ސަރުކާރުން މި ފަހުން ތަރައްގީއާ ގުޅޭ ބައެއް މަޝްރޫއުތަކުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާ އެކު ވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި ފެނަކަ އާއި ރޯޑް ކޯޕަރޭޝަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޒަތު
28 March 2025
މަނިކުފާނުގެ ހުރަސްތަކުގެ ސަބަބުން މިހާދުވަސް ވަންދެން ތި 550 މަޝްރޫޢު ކުރިއަށްނުގޮސް މަޑުޖެހިފައިވަނީ މިސަރުކާރުން އަލުންފެށި އެއްވެސް މަޝްރޫޢެއްއަދިނެތް އެހެންކަމުން މިސަރުކާރަށްކަމެއް ނުކުރެވޭތާގައި ކުރީސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކަށް ދަތިނުކޮށް ކުރިޔަށްގެންގޮސް އަވަހަށްނިންމަވައިދެއްވުންއެދި އާދޭހާއިއެކު ދަންނަވަން.
ޑރ ވާންޗޯ
28 March 2025
ޗަކަގަނޑަކަށް ގަލެއްވައްޓާލީމަ އަޑިޔަށްދާހެން އިބޫއަޑިއަށްދިޔައީ އެގްރީމެންޓުގަ ސޮއިކުރިލެއް މަދުވެގެންތަ؟. ސޮއިކުރިއިރު މީކޮންއެއްޗެއްކަމެެއް ސޮއިކުރާ މީހުންނަކީ ކޮންބައެއްކަމެއްނޭގުނަސް ސޮއެކުރިލެއް މަދެއްނޫން.
މުބާހް އަލީ
28 March 2025
އަހަރުމެން ރަށުގެ ބަދަރާ ހޮސްޕިޓަލް އަޅަންވެސް ސޮއިކޮށްފި. ރައްޔިތުން ތިބީ ނިކަން ހިތްހަމަ ޖެހިފައި
އަފްޝީން
28 March 2025
ކަންކަން ތަރުތީބްކޮށް ކުރާނެ ގޮތް ހޯދައިގެން ކުރާނަމޭ ރައީސް ބުނީ. އެކަން މިއޮތީ ފެށިފައި. ދެން ފަތު އަޑުކިޔާފަ ތަރައްގީ އަންނާނެ
ޝައުގީ އަލީ
28 March 2025
ފެނޭތަ އިދިކޮޅަށް؟ ބާރު ސްޕީޑުގައި ދެން ކަންކަން ދާނީ ކުރިޔަށް. މިގައުމަށް ދުވަހަކު ނުދެކޭ ތަރައްގީ ގެންނާނެ ކަން ޔަގީން ރައީސް މުއިޒް
ހައުލަތް
28 March 2025
އިދިކޮޅުން މުޒާހަރާ ކޮށްކޮށް ތިއްބާ ރައީސް މުއިއްޒް ގައުމު މި ތަރައްގީ ކޮށް ނިންމާލަނީ
ޒީނަތް އައްބާސް
28 March 2025
ތަރައްގީ މެކުހަށް މިޖަހަނީ. ބަލަންތިބޭ
ޠހމނ
28 March 2025
މިހާތަނައް އެއްވެސް ޕްރޮޖެކްޓެއް ޑޮކްޓަރުންނަށް ގެދޮރުވެރިކުރަން ހެދިފައެއް ނެތް އަދި މުސާރަވެސް އެހާމެ ކުޑަ. މިކަމަށް އެއްްޗެއް ބުނާނެ މީހެއް އަޅެ ނެތީތޯ. ކުރީގަ ރާއްޖޭގަ މެޑިކަލް ކޮލެޖެއް ނެތް އިރުގަ ޑިގްރީ ރާއްޖެއިން ހިލޭ ނަމަވެސް ގިނަ ދިވެހި ކުދިން ކިޔެވީ ބޮޑެތި ލޯނު ނަގައިގެން، ކޮބައިތޯ މީގެ އިންސާފަކީ. ލިބޭ ކުޑަ މުސާރައިން ބޮޑު ލޯނެއް ބޮލުގަ އެޅި އެކަމުގެ ވިސްނުމުގަ މި ތިބެން ޖެހެނީ. ކީއްތޯ ވާނީ އެ ކުދިންގެ ލޯނުތައް މާފު ކޮށްދިނިއްޔާ.
ބަރަބޯ މަޑި
28 March 2025
ފަލަމަޑީގެ ބާވަތް ތަށް ބިމުން މައްޗަށް ނުފެންނާނެ
އަ ން ނި
27 March 2025
ހިންގާލުން ގަނޑު ކިހިނެތްވަނީ؟