އަނިޔާވި މީހުން ހުޅުމާލެ ހޮސްޕިޓަލްގައި.
02 އެޕްރީލް 2025 - 19:02
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްގެ މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީ ހިންގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ވީއައިއޭ ޓާމިނަލް ހެދުމުގެ މަސައްކަތްކުރަމުންދާ ބިދޭސީންގެ މެދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވީ ކިހާ ބަޔަކަށް ކަމެއް އަދި ސާފެއް ނޫނެވެ. އެކަމަކު އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕްގައި ފަރުވާދެމުން އަންނަ ފުލުހުން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި 10 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެކަމަކު އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި ކަހަލަ އަނިޔާތައް ލިބިފައި ހުރީ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނެތް ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އެތަނުގައި ފަރުވާދެމުން އަންނަނީ ޗައިނާ އާއި އަރަބި ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ޓްރީ ޓޮޕްގައި ފަރުވާ ދެމުން އަންނަނީ ކިތައް މީހުންނަށް ކަމެއް އަދި ނޭނގެ އެވެ. ގިނަ ބަޔަކު ބައިވެރިވި މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު ނައީމް
07 April 2025
ތިޔަ މާރާމާރީ ހިންގި އެންމެން، ރާއްޖެ ނާދެވޭގޮތަށް، ޑިޕޯޓް ކުރޭ!
ައ.ކ
04 April 2025
މިވަރުގެ މާރާމާރީއެއް އެއަރޕޯޓުގައި ހިގިކަމަށްވާނަމަ އެތަނުގެ ސެކިއުރިޓީ ހާދަ ދެރައޭ! އެހެެން ނޫހެއްގައޮތް އެއަރޕޯޓުގައި މަސައްކަތްކުރާ ބައެއްގެ މެދުގައޭ މިކަންހިގީ. އެހެންވީމާ ތެދު ޚަބަރަކީ ކޮބައިކަމެއްނޭގޭ! އެކަމަކު ނޫހުން ހާސްވާކަށް ނުޖެހޭ! މިކަންކަން ރާއްޖޭގަ އޯކޭވާނެ. ދޮގުޚަަބަރު ޖެހިއަސް އެއްވެސް ފަރާތަކުން އަޅައެއް ނުލާނެ!
އަހައްމަދޫ
03 April 2025
ތިއެންމެން ޑީޕޯޓުކޮށްލަބަލަ. ކޮން ނާޗުރަންގީއެއް ކުޅޭކައްތަ
ލާމް
03 April 2025
މިދަނީ ތަޙުޤީޤު ކުރަމުންނޭ ފުލުހުން ބުނާނެ. ދެން އޭގެފަހުން އެކަމެއްގެ ފުރިހަމަ ޙަޤީޤަތެއް ރައްޔިތުންނަށް އެގޭ ދުވަހެއް ނާދެއެވެ.
އެނދިމަރިޔަނބު
03 April 2025
ފުލުހުން ބަލާ ހުރިހާ ކަމެއް ނޫސް ކޮންފަރަންސް ނެރެ ހާމަ ކުރަން ވެއްޖިއްޔާ އެތައް ހާސް ފަހަރު އެކަން ކުރަން ޖެހޭނެ. ހަގީގަތް އިތުރަށް ހާމަކޮށް ދޭންވާނީ ނޫސްތަކުން، ހަނދާން ނައްތާނުލާ ޕޮލިސް މީޑިއާ އޮފިސަރު ފަރާތުން އިތުރު މައުލޫމާތު ހޯދާފަ އަލުން ޚަބަރު ތަފްސީލު ގެންނާނީ. ނޫސްވެރިންގެ ދައުރަކީ އެއީ.
ސާދިގާ
03 April 2025
ފުލުހުން ތަހުގިގު ކުރާ ކޮށްމެ ކަމަކީ ނޫސްކޮންފަރެންސް ބާއްވައިގެން ތަފްސީލު މީޑިއާއަށް ދެންޖެހޭ ކަމެއް ނޫނޭ. އަދި އިސްތިހާރު ކުރަން ޖެހޭ ކަމެއްވެސް ނޫނޭ. މީޑިޔާއިން ސުވާލުކޮށްފިއްޔާ ތަހުގީގަށް ބުރޫ ނާރާނެގޮތަކަށް ތަފްސީލު ދެވިދާނެ. ދިވެހީންގެ ވިސްނުން ބަދަލު ކުރަން ފުރަތަމަ ވީ
ގޮނުއަނގަ
03 April 2025
މަސައްކަތަށް ގެނެސްފައި ތިބި ބަޔަކު ރާޖޭގައި މާރާމާރީ ހިންގިނަމަ އެ އެންމެން ޖެހޭނީ ފޮނުވާލަން. އެމީހުން ގެނައި ކުންފުނިތަކަށް އަނގާންވީ އެހެން މީހުން ގެންނަން. އެހެން ނޫނީ ތިކަން ޢާންމުކޮށް ވާކަމަކަށް ވެދާނެ. ގުރައިދޫ ދާއިރާގެ މެމްބަރ ރިޒާ ވީތަނެއްވެސް ނޭނގެ. މައްސަލަ ވަންތަނެއްވެސް ނޭނގެ. މީ ދިވެހި ވެރިންގެ ނޭއްގާނީކަންކަން.
އަޅި އަލި
03 April 2025
މާރާމާރީ ހިންގި އެއްމެން ޑިޕޯޓް ކޮއްލާ! އެހެންނޫނީ ތިޔަ މީހުން މައިތިރިއެއް ނުވާނެ! އާއްމު އުސޫލުނ ްކަން ވާ ގޮތަކީ ފޮލިހައްގެންގޮސް ބަޔާނެއް ނަގާފަ މަގުމައްޗައް ދޫކޮއްލަނީ! މިގައުމުގަ ބޭނުން ހާގޮތަކަށް އުޅެން ފުރުސަތު ދެވިގެން ނުވާނެ! ސައްމާނު ބޭރު ކުރިފަހުން އިމިގްރޭސަންވެސް ހުއްޓިއްޖެ!
ޝައްމާން
03 April 2025
ޝައްމާން ބޭރު ކުރީ މިހެން ވެގެން!
އެންމެން ހެޕީ
02 April 2025
ޓާމިނަލް ހުޅުވެން ކައިރިވަނީ.
މާންބެ
02 April 2025
އަނބުރާ ރަށަށް ފޮނުވާލާ