05 އެޕްރީލް 2025 - 14:19
ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ މަޝްރޫއު ނިމޭއިރު 10.15 ހެކްޓަރުގެ ބިމެއް އިތުރުވާނެ އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
މިއީ 89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ. މި މަޝްރޫއާ އެކު، އެ ރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް، އާ ވިޔަފާރިތައް ފެށުމަށް މަގުފަހިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚެކއިއި
06 April 2025
ކިހާ ދުވަހެއް ވާނެބާ؟؟
ގުންބެ
05 April 2025
ގުޅީ މީހުން ގަދައޭދޯ އަމިއްލަ ލާރީގައި ރަށް ހިއްކަން އެފެށީ….މާލޭ މީހުން ހިއްކަނީ މުޅިންވެސް ރާއްޖޭ އެންމެންގެ ޓެކްސް ފައިސާއިން….
ކަލޯގަޔާ.
05 April 2025
މާލޭމީހުންނަށް ހިލޭދޭތީ ހާދަފޯރިއެއްއަރުވަޔޭ. ތިޔަތަނުންވިއްކާތޯ ބަލަންތިބޭނަން.
މުޑަހަންޖާ
05 April 2025
ކ.އަތޮޅު މާލޭމީހުނަށް އެރަށުން ހިލޭ ގޯތިދީގެން ބަޔަކު މައްސަލަޖައްސާނެ ޖާގައެއްނެތް. އެކަމަކު އަތޮޅުގެ ދުރުހިސާބުގަހުރި ފަޅުފަޅުގެ ފަހަތަށް މާލެ ލައިގެން ބައިތުލްމާލުން ހިއްކާފަ ހަމައެކަނި ތިންފައިކަށި ކ.މާލޭ މީހުނަށް ދިނީމަ މައްސަލަޖެހެނީ.
ދަގަތްފާނު
05 April 2025
މަނިކުފާނަށް އެނގޭތޯ ކ.ގުޅި އޮންނަނީ ގުދުރަތީ ގޮތުން ކ.މާލެއާއި ވަކިން އޮންނަ އަތޮޅެއްގައިކަން. އެކަމަކު ކ.ގުޅިއާއި އިންވެގެންއޮތް ބޮޑު ފަޅު އެހިއްކަނީ ރަސްމާލެ ކިޔާފަ. ދެން އެތަންވެސް ކ.މާލޭ އެކި ގޭގޭ ކުދިންނަށް އެކަނި ބަހަންޏާ މީހުން މައްސަލަ ނުޖައްސާނެތަ. ގުޅީމީހުން ހިތަށްއަރާނީ ކީކޭ.
ތިން ހަމަ
05 April 2025
ތިޔަ ހިއްކާ ތަންތަންވެސް ވިއްކާނީތަ؟ އެހެން ރަށްރަށު މީހުނަށް ކުރިމަތިލެވޭނެތަ، ވިޔަފާރި ހިންގާލަން ތޮޔަ ރަށު ބިންކޮޅަކަށް؟ ހަމަ ރައްޔިތު ލާރިން ހިއްކާ ތަންތަންވީމަ އަހާލީ، ކައިރީގަ ރިޒޯޓާ ގެސްޓުހައުސް ހިންގޭނެ ގޮތްތައް ފަހިވެފައި ހުރީމާ.
ވޯލް
05 April 2025
ނަންވާނީ މާލެ، ތިޔަ ހިއްކާތަންތަނުގައިވެސް ހިންގާނީ ހަމަ ވިޔަފާރި އަދި މީހުން ހަމަ އައިސް ދިރިއުޅޭނީ މިގްރޭޓަރ މާލޭގައި.
މޮހިޏު
06 April 2025
ގުރޭޓާ މާލެ އޭ ، ؟
ޡާރާ
05 April 2025
ކޮބާތަ ރަށްރަށުގަ ފަށާފަ ހުރި މަޝްރޫއުތައް. އެހަށް ފަށާފަހުރި ކަންކަން ނިންމަ ބަލަ
ޯއުެު
06 April 2025
ނިމިގެން ހުޅުވައިފި އެއްނު