06 އެޕްރީލް 2025 - 11:07
ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ވ. ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް، 34، ކަމަށެވެ.
އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ހަތް ދުވަސް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ މުހައްމަދު، ފުޅާ ދާއިރާއެއްގައި ރުގްޔާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކަމަށްޝިފާއެއްބޭހެއްނެތޭ
06 April 2025
ތިޔަ މީހާ މި ދިޔަ އަހަރު ރ މަޑުއްވަރީއަށް ގޮސް ތި ގަނޑެއް ގަންނަނިކޮށް އެރަށުން ތަޅާ ބޭރުކުރީމަ އަނެއްކާ އަނެއް ރަށަށް މިވެސް ވަބާއެއްނު ދެން.. އޭރުވެސް ފުލުހުން މީނާ ހައްޔަރުކޮށް ބަލާ ފާސްކުރި… ތަކުރާރު ނުވާނެ ގޮތަށް ހުއްޓުވަން ބޭހެއް އެބަ ބޭނުންވޭ..
ޝަޖޫ
06 April 2025
ތި ގްރޫޕް މީހުން މާކުރާ ހިތްވާ ކަމެއް ތީ. އެއްޗެއް އިނގެނީއަކީވެސް ނޫން. އިންޑިއާގަ އުޅޭ ކަހަލަ މަކަރު ބާބާ ހެދިގެން އުޅޭ ފޭކްސް. ބަލާލީމަވެސް އިނގެ އެންނު ހުރި ވައްތަރުން
ކިރުސައި
06 April 2025
ޖާހިލުވީމަ 2025ގަ ވެސް މިކަންތައް ގަބޫލުކުރާނީ
ޙީޙީ
06 April 2025
ޢެސްފީނާ ހަދާ މީހުންވެސް ހައްޔަރު ކުރަންޖެހޭ.
އަސްލީ
06 April 2025
ރާއްޖެ މިހާރުވަނީ ސިހުރު ހެދުމުގެ ރެކޯޑް ހަދާފައި.
ފަންކާ މޭން
06 April 2025
ރުގުޔާއާ ސިހުރަކީ ދެއެއްޗެއް. މިތަނުން ނޭނގެ ކޮން އެއްޗެއް ކަމެއް މިސޮރު ހަދައިގެން މި އުޅެނީ. ދޯ؟
އާޓު ދައްކާ މީހެއްތަ
06 April 2025
ސިހުރޭ ކިޔައިގެން ވަގު ފައިސާ ހޯދާ މީހަކާ ވައްތަރީ. ނޫނީ އެހެންމީހަކު ހެދި ސިހުރަކުން ކާޓޫނަކަށް ބަދަލުވެފަ މީނީ. މިދާ ވަރުން ސިހުރު ހަދައިދޭ ނަމޭ ކިޔާ އޮޅުވާލާ މީހުނަށް ވެސް އަދަބު ލިބޭ ގޮތް ހަދަންވީ.
ޑރ ވާންޗޯ
06 April 2025
ތިޔަ ފޮޓޯއިން ސިހުރަކަށްވުރެ ބޮޑަށް ކޮންމެސް ހާހޫރަޔަކާ ވައްތަރީ!!!
ބޮކިއްޓޭ
06 April 2025
ލޮލް، ތިއޮތީ ރަނގަޅު ސްކޭމެއްގަ ފަންކާ ޕީޕަލް ޖެހިފަ... ވެރީ ތޭންކިޔޫ.
ނުޖެހެއޭ
06 April 2025
ނުޖެހޭތީތާ ބޭރުކުރީ… ފަހަރަކު ރަށަކަށް އަރަމުން ދުވާ މީހެއް
ފަހަތްދީ
06 April 2025
މަސްތުވާ އެއްޗިއްސާ ގޭންގު ކަންތަކަށް ކީއްވެތަ މިވަރު އޮޕަރޭޝަން ނުހިންގަނީ؟