ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް: މާބްލޫގެ ނަމުގައި އޭނާ ވަނީ ކްލަބެއް އުފައްދާފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 އެޕްރީލް 2025 - 11:25
ބްލޫ ސްޕޯޓްސް ކްލަބްގެ ނަމުގައި، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އާ ކްލަބެއް އުފައްދައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ތިން އަހަރު ވަންދެން، ނިއު ސަސްޕެންޑްކޮށްފައި އޮތުމުން އެ ޓީމުގެ ސަޕޯޓަރުންނާ ގުޅިގެން ވާސިފް ވަނީ ރޭޑިއަންޓްގެ ނަމުގައި ވެސް ކްލަބެއް އުފައްދައިފަ އެވެ.
ރޭޑިއަންޓަކީ އޭރު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ރަމްޒު ކުރާ ކްލަބެއް ކަމަށް އެފްއޭއެމުން ނިންމުމުން، ރޭޑިއަންޓްގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު ވާސިފް އާއި އެ ކްލަބްގެ ބޯޑް އަލުން ނިއުއާ ހަވާލުވި އެވެ.
އޭރު ސަސްޕެންޝަނުގައި އޮތް ކްލަބް އެ ހާލަތުން ނެގުމަށް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަލުން ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު 2022 ގައި އޭނާގެ ޗެއާމަންކަމުގެ ދަށުން ނިއު ހޯދި އެވެ.
އޭރު ފީފާ އަށް ދައްކަން ޖެހިފައި އޮތް ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ދަރަނި ވެސް ސަރުކާރުގެ އެހީތެރިކަމާ އެކު ހަލާސް ކުރުމުގައި ވާސިފް އިސް ދައުރެއް އަދާކުރި އެވެ. ނިއުގެ މިހާރުގެ ޗެއާމަން އަހްމަދު މުބީން އެ ކްލަބާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރެއްވުމުން، އެ ފުރުސަތު ދިނުމުގެ ގޮތުން ވާސިފް އާ އެކު ނިއުގެ އޭރުގެ ބޯޑް މިދިޔަ އަހަރު އިސްތިއުފާ ދިނީ އެވެ.
ނިއު އިން އިސްތިއުފާ ދިންތާ އަހަރެއް ނުވަނީސް ވާސިފް، އުފެއްދި ބްލޫ ސްޕޯޓްސް ކްލަބްގެ ކުލަ އާއި ލޯގޯ ވެސް ނިއުގެ ކުލަ އާއި ލޯގޯއާ ދާދި އެއްގޮތެވެ.
އެކަމަކު އޭނާ ވިދާޅުވީ، ބްލޫ ސްޕޯޓްސް އާއި ނިއުއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ކްލަބްގެ ކުލަ އާއި ލޯގޯ ފާސް ކުރީގެ ކްލަބްގެ މެންބަރުންގެ ވޯޓަކުން ކަމަށް ވާސިފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ކުލަތަކާއި ލޯގޯގެ ޑިޒައިންތަކުގެ ތެރެއިން، އެންމެ ގިނަ މެންބަރުންނަށް ކަމުދިޔަ ކުލަ އާއި ލޯގޯ އަކީ އެއީ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކުބޭ
08 April 2025
ތި ލޯގޯ އިން ވެސް ކުލައިންވެސް އެނގެނީ ތިއީ ނިއުގެ ބްރޭންޑް ކަން، ތިއީ ނިއު ގެ އެސެޓް ، ތި ތަކެތި ބޭނުމެއް ނުކުރެވޭނެ. ނިއު ގެ ކްރެޑިޓަރސް ކޯޓަށް ގޮސްފިއްޔާ ބްލޫ އިން ތި ދަރަނި ދައްކަންވެސް ޖެހިދާނެ. ތިހެން އަދި ސަލާމަތެއް ނެތް. ކަމެއް ނޭގޭ ބަޔަކު ތިއތީ ރެޖިސްޓަރ ކޮށް ދީފަ، އެކަމަކު ތިއިން އަދި އަރައިގަނެވޭނެކަމަކަށް ނުފެނޭ.
ބޮލުރޮދިމވ
16 April 2025
ނޭގޭ ވާހަނުދައްކާ މަޑުން ހުރެ ބަލަ
ބުލޫ މޯޑު
08 April 2025
ނިއުގެ ދަރަނިތައް ބޮލާލާ ޖަހާފައި އޭގެ ހައްގުވެރި ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަަދަލުނުދީ ކުރިއަށްގޮސްގެން ކުރިއެރުމެއް ނުލިބޭނެ. ދުނިޔޭގައި ބަޔަކަށް ފިލައިގެން އުޅެވިދާނެ. ކުލަބު ހިންގުމުގައި އުޅުނު އެންމެންވެސް ޖަވާބުދާރީ ވާންޖެހޭނެ ނުވަހެއް އަންނާނެ. ފަސްލާ ވަޅުލުމުގެ ކުރިން ދަރަނިތައް އަދާ ކޮށް އާހިރަތް ލިބޭ ތޯ އުޅުނިއްޔާދެން ވެސް މާ ރަނގަޅު ވާނެ. ކުޑަމިނުން އެމީހުންގެ ހިތް ހަލާލު ހޯދަން އުޅުނަސް ތިޔަށް ވުރެ ރަނގަޅު ވާނެ.
އިއްޕަޓޭ
07 April 2025
ތަންކޮޅެއް އޮރިޖިނަލް ކޮށްލިނަމަދޯ. މިހާރު ހީވަނީ ނިއުގެ ދަރަނި ހަލާސްކުނުކުރެވޭ ހިސާބަށް ދިޔައިމަ އަލުން ކޮޕީ ކްލަބެއް ހަދާލީހެން. މާލެއިން ބޭރުގެ މީހުން ގިނަ ރަށަކަށް ނިސްބަތްވާ ކްލަބަކަށް އިންވެސްޓްކޮށްލިނަމަވެސް މާފައިދާވީސް. މިހާރުވެސް މާލޭގަ މިއޮތީ ސަޕޯޓަރުންނެތް ކްލަބްތައް ފުނިޖެހިފަ.
އަމްބާނީ
07 April 2025
ތިޔަ ކުލަބު މިސަރަޙައްދުގެ ގަދަ ބާރަކަށް ވާނެ، އަހަރެން މިހުރީ ތިޔަ ކުލަބުގެ ފަހަތުގައި ބޭނުންވި ކޮންމެ ކަމެއްގައި އެހީވާން
ބުލޫސް ފޯ ލައިފް
07 April 2025
ނިއުރޭޑިއަންޓް ނަގާ ކޮޅަށްޖަހަން އުޅުނިއްޔާ މާތާހިރުވާނެ، ތި ބުލޫ އަކަށް ތާއިދުކުރާނެ ބަޔަކު ނެތޭ
މުލޭ
07 April 2025
ތިޔަ ލޯގޯ ރަޖިސްޓްރީ ކޮށްދީފިތަ!.