08 އެޕްރީލް 2025 - 12:48
ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ހަދާފައިވާ ބައެއް ޓްރާންސެކްޝަންތައް ތަކުރާރުވެ، ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ހިމެނުމުން އެކައުންޓުން ފައިސާ މަދުވި މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ ދެ ދުވަހު، ބައެއް އެކައުންޓުތަކުން ކުރިން ކަނޑާފައި ހުރި ފައިސާގެ މުއާމަލާތްތަކުގެ އަދަދުތައް ދެވަނަ ފަހަރަށް ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ފެންނަން ހުރުމުން ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި އޭގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތަށް އެއް މުއާމަލާތްތަކަށް ވުރެ ގިނަ މުއާމަލާތްތަކެއްގެ ޓްރާންސެކްޝަންތައް ޕެންޑިން އަށް ގޮސް، ބައެއް އެކައުންޓްތަކުގެ ޖުމްލަ އަދަދު މަދުވެފައިވާ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރި އެވެ.
At this time, some transactions that have been processed from your account are also appearing as pending transactions. Due to this, your balance may be affected but we assure you that the transactions will be reversed at the earliest. We apologize for any inconvenience caused.
— Bank of Maldives (@bankofmaldives) April 7, 2025
މި މައްސަލަތަކާ ގުޅިގެން އެކްސްގައި މީހަކު ފާޅުކުރި ހިޔާލަކަށް ބޭންކުން ބުނީ ޕްރޮސެސް ކުރި ބައެއް މުއާމަލާތްތައް ޕެންޑިން އަށް ގޮސްފައިވާ ކަމަށާއި އެހެންވެ، އެކައުންޓުގެ ބެލެންސް އަދަދު ބަދަލުވި ކަމަށެވެ. އެކަމަކު، އެހެން ދިމާވި ގޮތް ބަލައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރަސްމީ ކޮމެންޓެއް މިހާތަނަށް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހިކަރު
08 April 2025
ތިޔަ ކަންކަން ކުރާއިރުވެސް ދުވަހަކު ވެސް އޮޅިގެންވެސް އިތުރެއް ނުވޭ. މަދުވާ ގޮތް މިވަނީ މުޅިންހެން.
ބޮޑުރިޔާ
08 April 2025
އަނެއްކާ ބޭންކު ބަގާވާތުގެ އަސަރު ކަސްޓަމަރުންގެ އެކައުންޓަށް ކުރީބަ
ކަންމަތީ ބްރޯ
08 April 2025
ބީއެމްއެލްގައި 3 ލައްކައަށް ވުރެ ގިނަ އެކައުންޓު ހުންނަ އިރު އެއިން ކޮންމެ އެކައުންޓަކުން 1 ރުފިޔާ މަހަކު މަދުވިޔަސް 1 އަހަރު ދުވަސް ތެރޭ މުޅި ޖުމުލަ ހުރިހާ އެކައުންޓަކުން 3.6 މިލިޔަން ރުފިޔާ ވާނުވާ ނޭގި ގެއްލެމުން ދާނެ. (މީހަކު އެކައުންޓުން 1 ރުފިޔާ މަދުވިކަން ގިނަމީހުންނަކަށް ރޭކާވެސް ނުލާނެ) މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަމާ ފުންކޮށް ވިސްނާލާ 1 ރުފިޔާ މަދުވިއަސް އެމައްސަލަ ސޯސަލް މީޑީއާގައި ހާމަކުރަން އެބަޖެހޭ
ބަކުރުބޭ
08 April 2025
ޕެންޑިން ޓްރާންސެކްސަން ހުންނަންޖެހޭ ސަބަބެއް ނޭނގުނު. މި މަހު 04 ވަނަ ދުވަހު ހެދި ޓްރާންސްފާއެއް ގެ ޓްރާންސެކްސަން ކޮމްޕްލީޓް ވެފަ އިނީ މި މަހު 07 ވަނަ ދުވަހު. ދެން ކިހިނެއް ބެލެންސްދިމާވާނީ. މައްސަލަ ހައްލުކޮށް ނިމުނުއިރުވެސް އެކައުންޓް ބެލެންސްގަ ނެގެޓިވް ފިގާރއެއް. ދެން ކިހިނެއް މައްސަލަ ހައްލުކުރީމޭ ބުނީމަ ގަބޫލުކުރާނީ. ކޮންމެ މީހަކީ ދުވާލަކު 100 ފަހަރު އެކައުންޓް ޗެކްކުރާނެ މީހުންނެއް ނޫން.
އުނބުށޭމު
08 April 2025
ތިޔަކަމެއް އަދިވެސް ހައްލެއް ނުވޭ. ދެންމެ ބެލިއިރުވެސް ކަރަންޓް ބެލެންސްއާއި އެވޭލަބްލް ބެލެންސްގައި ބޮޑު ފަރަގެއް އެބަހުރި. ޕެންޑިންގައި އެތައް ޓްރާންސް ސެކްޝަންތަކެއް އެބަހުރިކަމަށް އެބައިނދޭ. އަދިވެސް ކާޑުން މީގެ 2 ދުވަސްކުރިން ކެނޑި ޕޭމަންޓްތައްވެސް ނުދައްކާ.
1010101010
08 April 2025
ގައުމުގެ ހާލަތު ފެނިގެންދާނެ ހުރިހާ ދިމާލަކުން ވެސް!!!! މައްސަލަ އަކީ ދިވެހި ރައްޔިތުން!!!! ދިވެހި ރައްޔިތުން މައްސަލަ އަކަށް ވާންޖެހުނު ސަބަބު ކަންކަން ބަލާ ފިކުރުކޮށް ވިސްނާ މީހުންނަށް ވަރަށް ސާފުކޮށް އެނގޭނެ!!!! އެކަމަކު އެހުންނަނީ ދެއްކޭނެ ވާހަކަތަކެއް ނޫން!!!!!