މީގެ ކުރިން ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހެއްގެ ގައިން ބިން މައްޗަށް ލޭ އެޅިފައި.-
13 އެޕްރީލް 2025 - 12:25
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިތުރުވަމުންދާތީ ފުލުހުން ކަންބޮޑުވެއްޖެ އެވެ.
ގޭންގު ކުށްތައް ހުއްޓުވަން އަލަށް އުފެއްދި ވިންގުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް "މިހާރު"އަށް ވިދާޅުވީ ގްރޫޕުތަކުން ހިންގާ ކުށްތައް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާތައް ވެސް ފެންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހިންގާ އޮޕަރޭޝަންތައް އިތުރުވުމާ އެކު ކުށުގެ މާހައުލުތަކުން އަތުލައިގަނެވޭ ކުޑަކުދިން ވެސް އިތުރު ކަމަށެވެ. ނަމަވެސް، އެ ބަދަލަކީ ކުޑަކުދިންނަށް ޓާގެޓުކޮށްގެން ގްރޫޕުތަކުން ހިންގާ ރެކްރޫޓްމަންޓުތައް އިތުރުވެގެން ދިމާވާ ކަމެއް ކަމަށް ވިދާޅުވާން ސީދާ އެނގިވަޑައިނުގަންނަވާ ކަމަށް އާރިފް ވިދާޅުވި އެވެ.
އެކަމަކު، ކުށުގެ ވެށީގައި އުޅޭ ކުދިންގެ އަދަދު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކުށުގެ މާހައުލުގައި، ވަކިން ހާއްސަކޮށް ނުރައްކާތެރި ގްރޫޕުތަކާ އެކު ހަރަކާތްތެރިވާ، މަސްތުވާތަކެތީގެ ނެޓްވޯކްތަކާއެކު ހަރަކާތްތެރިވާ ކުޑަކުދިން ނުވަތަ ކުޑަކުދިން އެ މީހުން ބޭނުންކުރާ ކުރުން ފުދޭވަރަކަށް ކޮންސާނިން ލެވެލްއެއްގައި ހައި،" އާރިފް ވިދާޅުވި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކި މައްސަލަތަކުގައި 18 އަހަރުން ދަށުގެ 79 ކުދިން ހައްޔަރުކުރި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކަނި ވެސް އެ އަދަދު ހުރީ 95 ގަ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުން ފަދަ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ މައްސަލަތަކުގައި 11 ކުއްޖަކު މިދިޔަ އަހަރު ހައްޔަރުކުރި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ އަދަދު ވަނީ 15 އަށް އިތުރުވެފަ އެވެ.
މީގެ ހަ އަހަރުކުރިން އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުވުމުންނެވެ. އެހެންވެ، އެ ބާގަނޑުގެ ބޭނުން ހިފައިގެން ގްރޫޕުތަކުން އެކި ކުށްތައް ހިންގަން ކުޑަކުދިން ބޭނުން ކުރެ އެވެ. ސަރުކާރުން ވަނީ ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިންކީން
13 April 2025
ކުޑަކުދިން ރެކްރޫޓް ކުރާ ކުށްކުރާ ގޭންގްތައް ނައްތާނުލެވޭހާ ދުވަހަކު ކުށުގެ ވެށިން ކުޑަކުދިން ފެނުން މަދެއްނުވާނެ، ފުރަތަމަ ކަމަކަށް މައްސަލައިގެ އަސްލު ހޯދާ އެ ނައްތާލަންޖެހޭނީ
ރަދުން
13 April 2025
ފުލުހުންގެ ޒިންމާ ފުލުހުނަށްވެސް ނޭގޭ.ބޭކާރު ބައެއް.
އެމްސް
13 April 2025
އާމްދަނީއެއް ހޯދޭނެ ހުނަރެއް ދަސްކޮޮށްދިނުމެއް އަދިވެސް ނެތްބާއެވެ؟
ކަނުހުޅަނގު
13 April 2025
ބާލިޣުވީމަ ދެން އަދަބު ދޭންވީ. 18 އަހަރުވަންދެން ޝަރުޢީގޮތުން ބޮޑެތި މީހުން ބައިތިއްބަންވީދެން ކުޑަކުދިންނޭ ކިޔާލަ ކިޔާލާ. ކަލޭމެން ކިތައްމެ ވަރެއް ވިޔަސް ބާލިޣުވީމަ ތިބުނާ 'ކުޑަކުދިން'ގެ ހުންނަނީ 'ކުޑަ' ވިސްނުމެއް ނޫން! ކުރިމިނަލް އިންޑަސްޓްރީއަށް އޮތް ބޮޑު ފައިދާއެއް އަަދަބު ނުލިބޭ އުމުރު ފުރާގެ ހެޔޮ ނުބައި ވަކިވާ އިންސާނުން މުޖުތަމަޢުގަ ދޫކޮށްލާފަ ބޭތިއްބުމަކީ.
ޗޫޤީ
13 April 2025
އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން ނުވި ކަންބޮޑުވުމެއް ފުލުހުންވާކަށް ނުޖެހޭ. ފުލުހުންޖެހޭނީ ބޮޑެއް ކުޑައެއް ނުބަލާ ގާނޫނާ ޚިލާފުވާފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރަން. މިވަރުން ފަހުމުވާނެކަމަށް އުއްމީދުކުރަން.
މެކޭ
13 April 2025
ފުލުހުންގެ ޒިންމާ އަދާނުކުރެވޭ ކަމުގެ އެއް ހެކި.
ވާންޗޯޑި
13 April 2025
ލޮލް މަގޭ ކައިރިއަށް ހަމަ އަންނަނީ ހިނި. މެކްސިކޯއަށް ވާކަށް މާ ގިނަ ދުވަހެއް ނެތް
އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވީމައި ވާގޮތް
13 April 2025
ތެދެކެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ މަންމަ އާއި ބައްޕަގެ ވެސް ޒިންމާއެކެވެ. އެކަމަކު އެކަމުގައި މަންމަ ގެ ރޯލް ވަރަށް ޚާއްޞަ އެވެ. ނަމަވެސް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އިސްކަން ނުދީ ވަޒީފާ އަށާއި، ބޯ ހަމަޖައްސާލަން ކޮފީ ބޯން ކެފޭތަކުގައި، ދަރިންކޮޅު އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާފައި މައިން އަވަދިނެތި އުޅުމުގެ ނަތީޖާ އަކީ ކުޑަކުދިން ކުށްވެރިންގެ ޝިކާރައަކަށް ވުމެވެ.
އަހައްމަދޫ
13 April 2025
ކޮބާހޭ ތިކުދިންގެ މައިންބަފައިން. ތިބިތާކުން ނެރެ ޒިންމާދާރުކުރުވަބަލަ
އެމްސް
13 April 2025
ކަރަޕްޝަނުން މިޤައުމު ނާރަނީވެސް، ބިދޭސީންގެ މަރުކަޒަކަށް މިޤައުމު ވީ ކޮންބަޔަކާއި ހެދި ބާއެވެ؟
އަހުމަދުބޭ
13 April 2025
ތިކަމާ ސަރުކާރުތަކާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވޭތޯ؟ ސިޔާސީ ޕާޓީތަކުންވެސް އަދި ރައްޔިތުންވެސް މިއުޅެނީ އެއިރެއްގައި އޮންނަ ސަރުކާރު ވައްޓައިލައި ވެރިކަމަށް އާދެވޭތޯ؟ ގައުމުގައި ހުރި ތިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއްގެންނަށް ރައްޔިތުން މަގުތަކަށް ނުކުމޭތޯ، މިކަމުގެ ފައިދާނަގާ ގޭންގުތަށް އެދަނީ ފަތުއަޑުކިޔައިފައި ވަރުގަދަ ކުރަމުން މިކަންކަމާ ވިސްނާ ފިކުރުކުރާ ރައްޔިތަކު އުޅޭހެން ހީވެސް ނުވޭ؟