މާލިއްޔަތު ކޮމިޓީ. ކޮމިޓީން ވަނީ މި މައްސަލަ ދިރާސާކުރުމަށް ޑަބަލް ޕެންޝަން ދޭ އިދާރާތަކާ ބައްދަލުކުރަން ނިންމާފައި -- ފޮޓޯ: މިހާރު
09 އެޕްރީލް 2025 - 14:53
ޑަބަލް ޕެންޝަން މައްސަލައާ ގުޅިގެން، އެގޮތަށް ޕެންޝަން ދޭ ހުރިހާ އިދާރާތަކާ އަންނަ ހަފްތާގައި މާލިއްުޔަތު ކޮމިޓީން ބައްދަލުކުރަން ނިންމައިފި އެވެ.
މިއަދު މާލިއްޔަތު ކޮމިޓީގައި މިގޮތަށް ނިންމީ ޑަބަލް ޕެންޝަންގެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމުގެ ގޮތުންނެވެ.
ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ "އާލީ ރިޓަޔަމެންޓް" އަށް ހިތްވަރު ލިބޭ ގޮތަށް މިނިވަން އިދާރާތަކުން ރާވާފައިވާ ސްކީމުތައް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޑަބަލް ޕެންޝަން 13 އިދާރާއަކުން ދެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި ޖުޑިޝަރީ އާއި ރައީސް އޮފީހާއި އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން ވެސް ހިމެނެ އެވެ.
ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީސާ މޫސާ ޙަލީމް
10 April 2025
އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭކަށް ނުވޭތޯ. ޓީޗަރަކަށް 20000ރ ނަރުހަކަށް 25000 އަދި 35000ރ މެޖިެސްޓްރޭޓަށް 29000ރ ކައުންސިލަރަކަށް 18000ރ ކައުންސިލް ރައީސަށް 25000ރ އެކަމަކު 30 އަހަރުވީ އިދާރީ މުވައްޒަފަކަށް 7000ރ މީ އިންސާފުތޯއެވެ. އެއްބަޔަކު ލާރިގިނަކަމުން ބޭރުދުނިޔޭގައި ޢާއިލާއާއެކު މީރު ކެއިންބުއިން ކަމަުން ބޮމުން މަޖާނަގަނީއެވެ. އަނެއްބަޔަކު ކަންމަތީ ފިހާރަތަކަށާ ރަށްޓެހިންނަށް ދަރައެވެ. 7000ރ އަކީ މިޒަމާނުގާ ކުޑަ އެލަވަންސެކެވެ.
ބަޑިތަކުރު
10 April 2025
ޕެންޝަން ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކަމުނުދާނަމަ ޕެންޝަން ފަންޑުން ދެވޭނެ އެންމެ ރަނގަޅު އިނާޔަތްތަކެއް ދެވޭނެގޮތަކަށް އެގާނޫނު ބައްޓަން ކޮށްފައިވެސް ޑަބަލް ޕެންޝަންދޭގޮތަށްހުރި ހުރިހާ ގާނޫނަކާއި ގަވާއިދެއް އުވާލަންވީއެވެ. އެކަމަކު އެ 2 ތަނެއްގެ މުވައްޒަފަކަށްވާހިސާބުން ދައުލަތުން އެކޮމޮޑޭޝަނާއި ކެއިން ބުއިމާއި ހުރިހާކަމެއް ހަމަޖައްސައިދޭންޖެހޭ ތަންތަނާ ޖެހުނީމާ ތިޔަން ކޮޅެއްގައި ނުޖެހި ނިމިގެންދިއުން ވަރަށް ގާތެވެ.
ޢަލިއ
10 April 2025
40 އަހަރު ވަޒީފާ އަދާކުރުމުން އެއްފަހަރާ ލިބޭ ބައި އުނިކޮށް ދެމަފިރިންނަށް ހައްޖު ދަތުރެއް، 40 އަހަރު ނުވެ 30 އަހަރު ވެފައިވާނަމަ އެކަކަށް ހައްޖު ދަތުރެއް 30 އަހަރު ނުވާނަމަ ޢުމުރާ ދަތުރެއް ދޭންފެނޭ މިހާރުވެސް އޮންނަގޮތަށް މަހުންމަހަށް އިނާޔަށް ލިބެންވާނެ ސިވިލް ސަރވިސްގެ މުސާރަތަކެއްބޮޑެއްނުވާނެ އެހެންވީމާ ދެވޭނެ މުސާރަ ކިތައްމެބޮޑުވިއަސް އެންމެގިނައިން ދެވޭނެވަރެއްވެސް ކަނޑައެޅިދާނެ. އަދި އެހެންވަޒީފާއެއްއަދާކުރާނަމަ އެއްމުސާރައިޚުތިޔާރުކުރުން.
އުނބުށޭމު
10 April 2025
ކޮންމެ އިދާރާއަކުން ވަކި ޤާނޫނެއް ހަދައި އެ ޤާނޫނުން އެބަޔަކު ބޭނުންވާ ހުރިހާކަމެއް ހާސިލްކުރުމުގެ ތެރޭގައި ޑަބަލް ޕެންޝަން ފަދަ ޢިނާޔަތްތަކަށް ދާންދެން ހިމަނާފައިވާއިރު ތިޔަކަން ހަރުތަނެއްގައި ޖެހޭ ހިސާބުން ޖަމަލުފޑއަށް ވެގެން ނިމިގެންދިއުން ވަރަށް ގާތެވެ. އުންމީދަކީ ޤާނޫނަކުން ވިޔަސް ގަވާއިދަކުން ވިޔަސް ޑަބަލްޕެންޝަންގެ ވާހަކަ ހުރިހާ ދިމާލަކުން އުނިކޮށް ދައުލަތުގެ ޕެންޝަން ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ޕެންޝަނ
ދެރަ
10 April 2025
ކުރީގެ ރައީސުން، ކުރީގެ މަޖިލިސް މެންބަރުން، ކުރީގެ ފަޑިޔާރުން، ރިޓަޔާޑު ސިފައިންނާ ޕޮލިހުން...ކަމެއް ނޮކޮށް މުސާރަ ދޭ ސިޔާސީ ބޮޑުން.... މިހެން ގޮސް އެތަށް ބަޔަކަށް ހިލޭ ރުފިޔާ ... އަޅެ ރާއްޖެ މުއްސައްޖެއް ނުންތަ....
ޢަލިއ
10 April 2025
ގަބޯ ނާޒިމު މެންނަށް ކޮންމެވެސް އެއްތަނުން މުސާރަ ލިބޭގޮތަށް ހަދަން ކެރޭނެތޯ، ސިފައިންގެއިން ރިޓަޔަރކުރީމާ ލިބޭ ފައިސާ ނުވަތަ މަޖިލިސްގެ މުސާރަ
ޢަލިއ
10 April 2025
ޕެންޝަން ފަންޑުގަ ދެމިލިއަން ޖަމާގައި ހުންނަ މީހާއަށް މަހަކު 10 ހާސްރުފިޔާ ދޭންޖެހޭތީ ކަނޑާލަން ޕެންޝަން އޮފީހުން ފައިވިއްދައިގެން އުޅޭއިރު، އެމުވައްޒަފުންގެ ފައިސާ އިންވެސްޓް ކޮށްގެން މަހަކު 30 40 ހާސްރުފިޔާ މުސާރަނަގާ ކިތައް ބޭކަލުން އެތަނުގައި އެބަތިބިތޯ؟ އެ ނުދެވިދާނެތީތޯ އެ ހައްޤުވެރިންނަށް ނުދޭން ތިއުޅެނީ
ޢަލިއ
10 April 2025
ދައުލަތުން ކެއުމާއި ބުއިމާއި ބޭސްފަރުވާއާއި ގެއާގެދޮރާއި ސެކިއުރިޓީއާ ކާރާއި މިހުރިހައި އެއްޗެއް ލިބިގެން 5 އަހަރު ވަޒީފާ އަދާކުރި ފަރާތަށް މަހަކު 5 ލައްކަ ރުފިޔާ އޯކޭ، ލޯބޯ ފިއްސައިގެން 40 އަހަރު ވަޒީފާ އަދާކުރުމުން ސިވިލް ސާރވިސް މުވައްޒަފަށް ލިބޭ 8 ހާސް ރުފިޔާ ކަނޑާލަންވީ. ކޮންކަހަލަ އިންސާފެއް ރަޙުމެއްތަ
ލާމަސީލު
10 April 2025
ވަޒީފާއަށް ގޮސް އެއްބަޔަކު ބުރަމަސައްކަތް ކޮށްފަ ލިބޭ މުސާރައިން އެއްބައި ޕެންޝަން ފަންޑަށް ކަނޑާފަ 65 އަހަރުވީމާ މިލިބެނީ މަގުމަތީގަ އެހެން މީހުންނަށް އުނދަގޫ ކުރަން އުޅުނު ކްރިމިނަލުންނަށްވެސް 65 އަހަރުވީމާ ލިބޭ ޕެންޝަން ފައިސާ. މިއީ ކިހިނެއް އޮންނަ އިންސާފެއްތަ؟ ތިފަންޑަށް ޕެންޝަން ފަންޑް ނުކިޔާ ޒަކާތު ފަންޑަށް ފަންޑް ރައިޒިންގް ކުރާ ފަންޑްއެކޭ ކީއްޔާ މާތާހިރުވާނެ. އަނގަ ނުތަޅުވަން ހުއްޓަސް މިކަހަލަ ކަންކަމުގަ ދަތި މަޑުން ހުންނަން.
ކީކޭމިކިޔަނީ
09 April 2025
"ޑަބަލް ޕެންޝަން"އަކީ ކޮބައިކަން އިހަށް ވެއްޖެއްނުން ޑިފައިންކުރަން. އެއްބަޔަކަށް މަހުންމަހަށް މި ދެނީ އެމީހުން ވަޒީފާގައި އުޅުނުއިރު ލިބުނު މުސާރައިން (ރުހުމުގަވިޔަސް ނުރުހުމުގަވިޔަސް) ކެނޑި %7 އާއި ވަޒީފާދޭ ފަރާތުން ލައިދިން އެއްޗެއް އިންވެސްޓްކޮށްގެން ލިބުނު ފައިސާ. އަނެއްބަޔަކަށް އެމީހުން ކޮންޓްރިބިއުޓްކުރި އެންމެ ލޯލާރިއެއްވެސް ނެތި، ކޮންމެ މަހަކު 5 ހާސްރުފިޔާ. މިވެސް ހަމަ ބަރާބަރު އިންސާފު؟
ގޮނުއަނގަ
09 April 2025
އަސްލުގައި ނުރުހުމުގައި ފައިސާ ނަގާފައި ދޭ ފައިސާއަކީ ޕެންޝަން ފައިސާއެއްނޫން. އެއީ އަތުލާފަ އަނބުރާ ދޭފައިފައިސާއެއް. އެއްވެސް ފައިސާއެއް ނާތުލާ ވަކިބަޔަކަށް ދައުލަތުގެ ފައިސާ ދީފައި ފައިސާ އަތުލިމީހުންނަށް ދައުލަތުން އެއްޗެއް ނުދެނީ. ޕެންޝަނޭ ކިޔާފަ އިނގިރޭސިބަސް ނާރާ ދިވެހިންނަށް އޮޅުވާލާފަވަނީ.