09 އެޕްރީލް 2025 - 13:54
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މިދިޔަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ އެކު، ޕާޓީ ބަދަލުކުރި ކުރީގެ ދެ މެންބަރަކަށް ސަރުކާރުގެ ދެ ކުންފުންޏަކުން ވަޒީފާ ދީފި އެވެ.
އެއީ ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމާއި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމަށެވެ.
ޣަނީ ހަމަޖެއްސީ އެގްރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ. ޝަހީމް އައްޔަންކުރީ އެމްއޭސީއެލްގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ކާމިޔާބީއާ އެކު، އޭރު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު ޕީއެންސީއަށް ސޮއި ކުރެއްވި އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަށް ކުރިމަތިނުލައްވަ އެވެ.
ނަމަވެސް، ޣަނީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއިދު އޮތް ކަމަށް ވިދާޅުވެ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައިފަ އެވެ. އެކަމަކު، އޭނާއަށް އެ އިންތިހާބު ކާމިޔާބެއް ނުކުރުވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
10 April 2025
ތައުލީމީ ފެންވަރު ހާމަ ކުރަން ވާނެ އެވެ . ޕާޓީގަ 50 ހާހުން މަތީގަ މީހުން އުޅޭ އިރު މަގާމެއް މިދެނީ އެހެން ޕާޓީ އަކުން އަންނަ މީހުންނަށެވެ . ވަފާތެރި މީހުންނަށް ލަނޑު ދިނީ އެވެ .
ކެއްކިބޮކި
10 April 2025
ތިއޭ ޕީއެންސީ ޕީޕީއެމް ޕާޓީގެ މައްސަލައަކީ....ތަނަކުން ބޯވައެއް ވައްޓާލާއިރަށް މިމީހުންނަށް ހީވާނެ އެއީ މާވަހަރެކޭ...އެމްޑީޕީ މީހަކު ފިކުރު ބަދަލެއް ނުވާނެ ބުލިޗު ޖެހިއަކަސް...ޕީއެންސީގެ ވެރިންނަކީ ބޮލުރޮދިންތަ މިކަހަލަ ކަންކަން ކުރަން....އަހަރުމެން ވޯޓުދިން މީހުނަކަށް ވާ ފައިދާއެއްނެތި އަނެއް ދައުރުނިމި އަނެއްކާ ވޯޓުލާން މިޖެހެނީ...އޭރުވެސް މިހާރުވެސް ފައިދާ ނަގަނީ ހަމަ އެމްޑީޕީ މީހުން....
އަބްޑޫޅް +
10 April 2025
ދެފުށް ކެހެރި މުނާފިގުން.
ޢެޑްމުންޑޯ
09 April 2025
އަހަރަމެން މިތިބީ ބަލަން ، ދައުރު ނިމޭއިރު ތިޔަމީހުންތައް ޕީއެންސީ ދޫކޮށްދާނެ ، ވޯޓްދޭން ތިބޭނީ އެއްކަލަ ބާކީކޮއްލި މީހުންތައްް ، އެކަމަކު މިފަހަރު ބޭނުންހާގޮތެއް ނުހެދޭނެކަން ދައްކާލަ ދޭނަން
ނުނީމޭ
09 April 2025
އަދިވެސް މަގާމްތަށް ބަހާނުނިމޭ..
ާއަލީ!!
09 April 2025
މިމަޤާމްތަކުގެ ނޭދެވޭއަސަރުކުރަނީ ސީދާ ރައްޔިތުންގެޖީބަށް!
ހިޔާލީ އަލީ
09 April 2025
ލިބޭހާ ލާރި މިގޮތަށް ތަޅާ ބުރުވަނީ، ދެން އަނެއްކާވެސް ހަދާނީ ގަވައިދެއް ޑޮލަރު ބަހައްޓަން މާރު ކުރަން ޓެކްސް ބޮޑުކުރަން، މިރާއްޖޭގައި އެއްޗެއް ބުނެލާނެ ހިތްވަރުހުރި މީހެއްވެސް ނެތީއޭ
ކިހާދެރަކަމެއް
09 April 2025
އެކިތަންތަނުގަ ރައްޔިތުންނަށް ނުދީ ހިފަހައްޓާފަ ހުރި ލާރިތަށް ދީބަލަ، ތި މީސްމީހުން ތަންތަނަށް ނުގެނަސް.
ސަސި
09 April 2025
ތިޔައީ ޓްރާންސްފާރ ޕެކޭޖްގަ ހިމެނޭ ކަންކަން. އަދި ހަމަ ތިޒާތުގެ ކިތަންމެ ކަމެއް ފެންނާނެ
ކައްޒާ
09 April 2025
ސަރުކާރުގެ ކުންފުނިތަކަށް މަސައްކަތެއް ކޮށްލާނެ ފައިސާއެއް ނުދެވޭ. ސިޔާސީ މަގާމުތަކަށް މީހުން އަޅަންވީމާ ބޯކޮށް ފައިސާ ހުރޭ.