އެފްޑީސީން ހުޅުމާލޭގައި ހަދާ ފްލެޓުތަކުގެ މަސައްކަތް، ކުންފުނީގެ އެމްޑީ ހަމްދާން ބައްލަވާލައްވަނީ.-- ފޮޓޯ | އެފްޑީސީ
10 އެޕްރީލް 2025 - 11:44
އެފްޑީސީން އަޅަން ނިންމާފައިވާ ފްލެޓުތަކުގެ ތެރެއިން 5،000 ހައުސިން ޔުނިޓަށް ލޯނު ހަމަޖެހިއްޖެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު"އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާ 15،000 ފްލެޓުގެ ތެރެއިން މިހާތަނަށް 5،000 ފްލެޓަކަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިފައިވާ ކަމަށެވެ.
އެ ބޭންކުން ލޯނު ދޫކުރާނެ އަދަދާއި އިންޓްރެސްޓް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތު ހިމެނޭ ފައިނޭންޝަލް ޝީޓު ހިއްސާކޮށްފައިވާ ކަމަށާއި އެ މައުލޫމާތުތައް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ
އޭނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލަށް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި މިނިސްޓްރީން އެ ރިޕޯޓު ހުށަހަޅާނެ އެވެ.
އެ ލޯނާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމުމުން އެގްރިމެންޓުގައި ސޮއިކޮށް، ޕްރޮޖެކްޓު ލޯންޗުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ އިތުރު ހައުސިން ޔުނިޓުތަކަށް ވެސް ލޯނު ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލުތައް ވެސް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން މި އަހަރު ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 15،000 އަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެފްޑީސީން މިހާރު އަންނަނީ ހުޅުމާލޭގައި 4،000 ފްލެޓު އަޅަމުންނެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގެ ތެރެއިން 700 ހައުސިން ޔުނިޓު ނިންމައި ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރު.
11 April 2025
އަލައްއަޅާ ފުލެޓްތަށް ކޮތަރު ކޮށިތަކެއްހެން ނާޅާތި. ޢިންސާނުންނަށް ދިރިއުޅެން ފަސޭހަ ތަނަވަސް ތަންތަނަށް ވާންވާނެ.
ނޫރާ އިސްމާއިލް
10 April 2025
މިޔާއެކު އެތައް ބަޔެއްގެ ބޯހިޔާވެހިކަމަށް ހައްލު ލިބޭނެ. އުއްމީދު ކުރަނީ އަވަހަށް މިކަން ނިމުން.
އަޒުމް މުހައްމަދު
10 April 2025
ކަން ކުރަން އިނގޭ މީހުން ހަވާލުވީމަ ތަފާތު މިފެންނަނީ. އުދަގޫ ހާލަތެއް އޮއްވާވެސް މި ސެކުއާ ކޮށްލީ ރަނގަޅު އަދަދަކަށް ފްލެޓް އެޅޭ ވަަރަށް ލޯން
އައްޝަދު ހަލީމް
10 April 2025
ހަގީގީ ފްލެޓް ދޮމްބެ އަކީ ރައީސް މުއިއްޒްކަން މިދަނީ ފެންނަމުން. ދެންވެސް އަދި އޮތީ ފްލެޓް އެޅުން އިންތިހާއަށް. އިންޝާﷲ 23000 ފްލެޓް މި 5 އަހަރު އެކަނިވެސް އަޅާނެ
ނިހާލް ސަލީމް
10 April 2025
ފަހުގެ ތާރީހެއްގައި އެއްމެ ގިނައިން މިގައުމުގައި ފްލެޓް އަޅާނެ ވެރިޔަކަށް ވާނީ ރައީސް މުއިޒް. 5000 އިން މި ފަށަނީވެސް. އުބޫގެ 5 އަހަރު އެއްމެ 4000
ނޫރާ އިސްމާއިލް
10 April 2025
ބަރާބަރު. ބޯހިޔާވެހިކަން ކަށަވަރު ވާނެ މީގެ ސަބަބުން އެތައް ބަޔެއްގެ
ދޮން
10 April 2025
ތިޔަ ސުޕީޑް ބަލައެއް ނުގަނެވޭ ، އިބޫ އެޅި ފުލެޓް ތަކުން ވިޔަފާރިި އަށް ހުޅުވާލެވުނީ 3 ތަން ، ކުރިޔަކަށް ނުދޭ އަތްމަތި އަވަސް ނަތީޖާ ނެރެދެވޭ ވެރިން ލާބަލަ ކޮފީގައި މުޅިދުވަސް ދުއްވާލަނީ ތަން ހިންގަނީ ފޯނުން ،
އަންނަނީ...ފެހިސިގްނަލް
10 April 2025
ކަރުދާހު ޕްރޮޖެކްޓްތަކާއި، ދިއްލޭ ސިގްނަލް ތަކާއި ޚިޔާލީ ފޮނު އެރުވުމުގެ 5 އަހަރު!
ދިވެހިންގެ ރާއްޖެ
10 April 2025
ކާލާ. ދޮޅު އަހަރުން އެއް ޕްރޮޖެކްޓްގެ ބައިކުޅަ ބައި ލޯނު ލިބުން އެއީ ފަލަސުރުޚީ އަށް އަރާ ވަރުގެ ކަމެއްތޯއެވެ.
ކޮވެލި
10 April 2025
ދަރަނިން ޚާއްސަކޮށް ބޭޜުގެ ދަރަނިން ޣަރަގު ވަނީ. އެކަމަކު އަދިވެސް ލޯނު ނަގައިގެން ތި ފްލެޓް އެޅޭތޯ ބަލަނީ؟