އެޗްޑީސީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
10 އެޕްރީލް 2025 - 13:32
އެޗްޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 17 މީހަކު ސަސްޕެންޑުކުރި ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައި ވާއިރު އެކަކު އަމިއްލައަށް ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާކީތިބި 13 މީހުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މުވައްޒަފުން މަގާމުން ވަކިކޮށް، އަނެއްކާވެސް ވަޒީފާ ދީ، ސަސްޕެންޑުކުރި އެވެ. އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލީ ޖިނާއީ ތަހުގީގަށްފަހުގަ އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމުންނެވެ. އެއާ އެކު އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެ މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގަރ
13 April 2025
ސަޅި. ވަގެއްވެސް ނެތް. ކުރި ވައްކަމެއްވެސް ނެތް.
ޢަސްލު ވާ ގޮތް
11 April 2025
އެއްވެސް ކަމަކަށް ނުވި ދޯ ... ފަޒުލު ބޭބެގެ ގޯތި ހަދަން ފަށައިގެން ދެވަނަ ޝީޓު އަޅަނީ..އެޕާރޓްމަންޓެއް ގަނެފި.. ރައްޔިތަކަށް ރޭކާވެސް ނުލައި ފަޒުލު ފޮރުވިގެން ހުރެ އެޗް.ޑީ.ސީ ކޮންޓްރޯލް ކުރަމުންދަނީ .. މައުރޫފު ޖަމީލް އަކީ ރައްޔިތުންގެ ލޯމައްޗަށް ދެއްކި ދަޅައެއް.. މައުރޫފު ގެ ބާރެއް އެޗް.ޑީ.ސީ އެތެރޭގައި ނެތް. މީ ވަރަށް ވާހަކަ.
ޑރ ވާންޗޯ
10 April 2025
އަޅުގަނޑަށްފެނޭ ތިޔަ އެންމެނަށް ޕްރޮމޯސަންވެސްދޭން، އެޔަށްފަހު ބޮޑުދިދަ ކާރީގަ ހަތްބަޑީގެ ސަލާމެއްވެސް އަރުވަންފެނޭ.
ޢަލިކޮއެ/ހުޅުމާލެ
10 April 2025
ޙުދުކާފޫރަށްވެ ނިމުނީއެވެ. ފަޒުލުވެސް، ފަޒުލު ބޭބެވެސް، ވަގު ގޯތިވެސް ނުވާކަމަކަށް ހަދާ ހަނދާން ނައްތާލާނީއެވެ. ޢެންމެން ހެޕީތޯއެވެ؟
ދެން ލަލަލަ
10 April 2025
މަމެން ބުނިީމެއްނުން އެކަމެއް ވެސް ނުވާނެ! މި ސަރުކާރު ތަފާތު ވާނެ! ސަބަހޭ ރ.މުއިއްޒު
ބަބްސް
10 April 2025
އެބުނާހެން މިއި ދިވެހީންގެ ރާއްޖެ. ހުރިހާ ކަމެއް ރިސެޓް. ލަދު ކޮބާ ...
ޗޫޤީ
10 April 2025
އޯގަދަ! އޯސަޅި! ދިވެހީންގެރާއްޖެ.. ހޮއިހޮއި.. ދިވެހީންގެރާއްޖެ.. ހޮއްހޮއް..