ރައީސް ޑރ. މުހައްމަދު މުއިއްޒު: ދިވެހިންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމަށް އެމަނިކުފާނު ވިދާޅުވި.
14 އެޕްރީލް 2025 - 10:43
އަބަދުވެސް ދިވެހިން އިސްކަންދޭނީ ދިވެހި ބަހަށް ކަމަށާއި ދިވެހީންގެ އަމިއްލަވަންތަ ކަމުގެ މައިބަދައަކީ ވެސް އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް އަދި ސައްތައެއް، ސާސްކަފެއް ވެސް ދިވެހިން ކަޑައްތުކުރާނީ ދިވެހި ބަހަށް އިސްކަންދީގެން ކަމަށެވެ.
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ވެސް ދިވެހި ބަސްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާ ވެސް ދިވެހިން ފައިހަމަކުރާނީ ދިވެހި ބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުއްމީދުތަކާ އެކު އެވެ.
ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން.
— Dr Mohamed Muizzu (@MMuizzu) April 14, 2025
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި… pic.twitter.com/ncHeeJxTnj
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭގެ ދަށުން ވަނީ "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ހާއްސަ ކޮލެޖެއް ވެސް އިފްތިތާހުކޮށްފަ އެވެ.
އެ ކޮލެޖު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ދާއިރާގެ މައްޗަށެވެ. އެއީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
14 April 2025
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނީ ދިވެހި ރާއްޖެ އެތައް ހުރަސްތަކެއް ކަޑައްތުކޮށް ނިކަން ތަނަވަސް ކަމުގައި ވާ ޙާލަތުގަ. ޓްރިލިއަން ޑޮލަރުން ޕެންޝަން ފަންޑުގައި ފައިސާ އެބަހުރި. ތަޢުލީމީ ދާއިރާ އެހާމެ ފުރިހަމަ. ސިނާޢަތްތަކުން އަދި އިޤްތިޞާދުން ބިލިއަނުން ޑޮލަރު އޮހޭ ދުވަސް ކޮޅެވެ. ކަރަޕްޝަނާއި ފަސާދަ ނައްތާލެވި މުޖުތަމަޢުގައި ހަމަހަމަ ކަމާއި އުފާވެރިކަން އޮތް ދުވަސް ކޮޅެވެ. އެހެންވީމާ ދެން މިކަހަލަ ވާހަކަ އުފަލުން ދެންނެވޭނެނުންތޯ؟ ދެއްތޮ؟
މަަޒިރަން
14 April 2025
ދިވެހިންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ކޮރަޕްޝަން ދޮގުހެދުން އަނިޔާވެރިވުން މުނާފިގުވުން ޖާހިލުވުން....
އަބްޑޫޅް +
14 April 2025
"ދިވެހި ގައުމިއްޔަތު" މިހެން ކީމާ ކޮބާ "ދިވެހި އަމިއްލަވަންތަކަން"؟ ތިޔަ ގޮތަށް، ދެބަސް ހަމަޔަށް ދިވެހި ބަހުން ނުބުނެވުމަކީ، ވަރަށް ބޮޑު މައްސަލައެއް.
ވަންތަ
14 April 2025
ވަންތަ އައިމާ ދެން އޮތީ ހުރިހާ ކަމެއް ހަމަވެފައި. މުދައްރިސުން އަމިއްލަވަންތަވެފައި ދަރިވަރުންނާ ފަރަންޖީބަހުން މަސްހުނިކޮށްގެން ވާހަކަދައްކަނީ. މަންހަޖު ކިތަންމެ މޮޅަސް ފޮތްތައް ބޮޑަސް ކިޔަވައިނިމޭއިރު އޭ ޕްލަސް އެއް އޮތަސް ރަނގަޅަށް ލިޔަންކިޔަން ދަންނަ ކުއްޖަކު ނުހުރޭ. މުދައްރިސުންވެސް އުޅެނީ މުސާރައާއި އިނާޔަތް ކުޑަވެގެން އަބަދު އެކަމާ. އެކަމާ އުޅެފައި ކިޔަވައިދޭނޭ ވަގުތެއް މުދައްރިސުންނަކަށް ނޯވޭ.
އައްސަދުު
14 April 2025
ރައީސް އެވެ. ވާހަކަ މާގިނައީއެވެ. އަމަލު ގިނަ ކުރާށެވެ
ބުރަތޭރީ
14 April 2025
އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމަށްވާއިރު، ބޭންކް، ހޮސްޕިޓަލް، އޮފީސް، ޔުނިވަރސިޓީ ހުރިހާ ތަނެއްގައި ޚިދުމަތް ހޯދުމަށް ކަނޑައަޅާފައިވަނީ ފަރަންޖީ ބަހުން ތައްޔާރު ކުރވިފައިވާ ފޯމްތަށް. އާސަންދަ ޕޯޓުގައި ބޭސްލިޔުމާ، ބަލީމީހުންނަށް އިރުޝާދު ދޭންޖެހެނީ ފަރަންޖީ ބަހުން. އެހެން ގައުމުތަކުގައި އެގައުމުގެބަހުން މިހުރިހާ ކަމެއް ކުަރަންޖެހޭ ގޮތަށް އޮންނަނީ..