ވައްކަމުގެ ތުހުމަތުވުމުން ބޮލަށް ކުލަ ފާޓާއެއް އަޅާފައި. -- ފޮޓޯ | މިހާރު
14 އެޕްރީލް 2025 - 12:34
ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
މާފުށީ ކައުންސިލުގެ މެމްބަރަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އެޅީ، ރަށުގެ ފިހާރައަކަށް ވަދެ ވަގަށް އެއްޗެއް ނެގި މައްސަލައިގަ އެވެ.
ވައްކަން ކުރި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި ގައިގައި ކުލަ ހާކަމުންދަނިކޮށް، ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލައި މުޅި ބޮލާއި މޫނާ އެކު ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން ކައިރީގައި ތިއްބައި، އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ވެހިކަލަށް އަރުވައިގެންނެވެ.
އެ ވީޑިއޯތަކާ އެކު ގިނަ ބަޔަކު ވަނީ އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ވައްކަން ކުރިޔަސް އެހާ އިހާނެތިކޮށް ކަންތައް ކުރަން ނުވާނެ ކަމަށާއި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކަމަށް ބުނެ މީހުން ވަނީ ފާޑުކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހު
16 April 2025
މި ކަހަލަ ކަންތައް ކުރަންޔާ ގަދަފަދަ އަޒާބެއް ދުނިޔެއަށް ފޮނުވާފާނެ، ތައުބާ ވުމަށް ގޮވާލަން!
ސްޓިންޓޭ
16 April 2025
މިނޫން ދުވަހެއް ފެންނާނެނަމައޭ ހިތައް އަރާ. ރައްޔިތުން އަމިއްލައަށް އަދަބު ދިނުން ރަނގަޅެއްނޫން، އެކަން އެގޮތަށް ކުރާ ސަބަބެއްކަމަށް ފެންނަނީ ގާނޫނު ނަގަހައްޓަން ތިބި އިދާރާތަކަށް އެކަން ނުވާތީ. މިއަދު ހައްޔަރު ކޮށް މާދަމާ މިނިވަންވެ، އަނެއްކާ ހަމަ ކުރިން ކުރި ކުށްތަކަށް އަރައިގަންނަން ފުރުސަތު އޮންނާތީ. ވާވެފަ އޮތް އިދާރާތަކެއް އޮތް ގައުމެއް މިއީ.
ވަގުންގެ ހައްގު
15 April 2025
މިގައުމަކީ ވަގުންގެ ހައްގުތަކައިގެން ކުރިއަރާފައިވާ ގައުމެކެވެ. 80 މިލިއަން ޑޮލަރު ވަގަށް ނެގިމީހާއަށް ރައީސް މާފުދޭ ގައުމެކެވެ. ނިކަމެތި މީހާ ބުރަ މަސައްކަތުން ހޯދާ މޫދާ ވަގަށް ގެންދިޔަސް، އެކަން ހުއްޓުވާނެ ބަޔަކު ނެތް ގައުމެކެވެ. ރައްޔިތުން މުސާރާ ދީފައި ވެރިންވެސް އައްޔަން ކުރަނީ ވައްކަން ކުރާށެވެ. ނަމަނަމަ ވަގެއްގެ ކަރާމާތައް ނާރައްޗެވެ.
މީހަ
15 April 2025
މީ ވ ބަރާބަރަށް ކުރިކަމެއް. މި ޤައުމުގަ ވަގުންނަށް އަދަބު ދެވެން އޮތީ މިގޮތަށް. ހައްޤުތައް ގިނަވެ ވަގުންގެ ހައްޤުގަ ވަކާލާތު ކުރާ ވަގުންނަށް މިކަންމިގޮތަށް ކުރީމާ ހަޖަމެއްނުވާނެ.
ހަލީމްބާއި
15 April 2025
މިއީ ވަރަށް ނާތަހުޒީބީ އަމަލެއް. އެކަމަކު ބުނެލަން އޮތީ މިފަދަ ކަންކަން ހިނގަނީ ތަންފީޒީ އިދާރާތަކަށާއި، ކޯޓުތަކަށް މީހުންގެ އިތުބާރެއް ނެތުމުން.
އެކްސްް
15 April 2025
މިއީ ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް. މިކަން މިގޮތަށް ހިނގަންމެދުވެރިވަނީ އަދުލު އިންސާފުގެ ދާއިރާ ފެއިލްވުމުގެ ސަބަބުން.
އަސަރަފަ
15 April 2025
އެކުރި ކަން ރަނގަޅެކޭ ނޫން މިބުނަނީ. ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކަށް އިތުބާރު ގެއްލުނީީމަ ވާނީ މިހެން.
ކަމަކުނުދޭދޯ
15 April 2025
ވައްކަންކުރިޔަސް އަމިއްލައަމިއްލައަށް މިބާވަތުގެ ކަންކަން ކުރުމަކީ ބަލައިގަނެގެން ވާނެ ކަމެއްނޫން. އަދި މިކަން ކުރި މީހެއްގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެ. ކުލަފާޓާ އަޅާލި މީހާ ފުލުހުން ހައްޔަރު ނުކުރުމަކީ މިފަދަ ކަންކަމަށް ފުުލުހުން ތަރުހީބު ދޭކަން އަންގައިދޭ ކަމެއް. އެއީ ލާއިންސާނީ ޢަމަލެއް. އެމީހާ ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލަން.
ހާރިޝް
15 April 2025
ވަރަށް ދެރަކަމެއް ތީ. ވައްކަން ކުރާމީހުންގެ އިންސާނީ ހައްގުތަށް ގާއިމްކޮއްދޭން ކޮންމެވެސް ޕާޓީއަކުން އަވަހަށް ނުކިމެ ގައުގެ ވެރިން ގެ އަނބިދަރިނަށް ފުަރަށްސާރަކުރަން ވީނުންބާ.
ކުކުޅޭ
15 April 2025
ވަގު ބޭފުޅާ އަށް މިހާރު ހުންނާނީ ރ ކަނިމަސް ކެވިފައި