ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން ދޭ ސްކޮލަޝިޕްތަކަށް ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
14 އެޕްރީލް 2025 - 15:03
މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރާއްޖެ އިން މަތީ ތައުލީމު ހާސިލްކުރުމުގެ 20 ފުރުސަތަކާއި ރާއްޖެ އިން ބޭރުން ކިޔެވުމަށް 30 ފުރުސަތަށް ހުޅުވާލައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ރާއްޖެ އިން ބޭރުގައި ކިޔަވަން ފުރުސަތު ހުޅުވައިލި 30 ޖާގައިގެ ތެރެއިން 13 ފުރުސަތަކީ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ. އެއީ، ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން ނެތް ދާއިރާތައް ކަމަށް ކަމަށް ޔޫރޮލޮޖީ އާއި ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާއިން ކޮންމެ ދާއިރާއަކުން ފުރުސަތެކެވެ.
ބާކީ 10 ފުރުސަތަކީ ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީސް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީންގެ އިތުރުން އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ ދަރިވަރުން ހާސިލް ކުރަމުން އަންނަ މަރުކަޒުން ދޭ ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ހަމަޖެއްސުމަށް ދޭ ފުރުސަތެވެ.
ހާއްސަ ސްކޮލަޝިޕްގެ 13 ފުރުސަތު ދޭނީ ސާކްގެ ގައުމުތަކުގެ އިތުރުން، މިސްރުގެ އަޒްހަރު ޔުނިވާސިޓީ އާއި ސައޫދީ އަރަބިއްޔާގެ ޔުނިވާސިޓީތައް ކަމަށްވާ މަދީނާ ޔުނިވާސިޓީ އާއި ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީގެ އިތުރުން ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ބާކީ ފުރުސަތުތައް ހުޅުވައިލީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދީ އަރބިއްޔާ އާއި މިސްރުގެ އިތުރުން ސާކް ސަރަހައްދުގެ ގައުމުތަކަށެވެ. އޭގެ ތެރެއިން 17 ފުރުސަތަކީ މެލޭޝިއާ އަދި ބުރުނާއީ އިން ހުޅުވާލި ފުރުސަތުތަކެވެ.
- ބެޗެލާސް އޮފް ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - ދެ ފުރުސަތު
- މާސްޓާސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – ދެ ފުރުސަތު
- މާސްޓާސް އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - އެއް ފުރުސަތު
- މާސްޓާސް އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - އެއް ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ސައިންސް - އެއް ފުރުސަތު
- ޕީއެޗްޑީ ޝަރީއާ އެންޑް ޖުޑިޝަރީ – އެއް ފުރުސަތު
- ޕީއެޗްޑީ އިން އިސްލާމިކް ސައިންސް – އެއް ފުރުސަތު
- ޕީއެޗްޑީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – އެއް ފުރުސަތު
- ޕީއެޗްޑީ ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – އެއް ފުރުސަތު
- ޕީއެޗްޑީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – އެއް ފުރުސަތު
- ޕީއެޗްޑީ ޝަރީއާ އެންޑް ލޯ – އެއް ފުރުސަތު
- މާސްޓާސް އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު
- ޕީއެޗްޑީ އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު
ރާއްޖެއިން ކިޔެވުމުގެ 20 ފުރުސަތު ދީފައިވަނީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ ކޯސްތަކަށެވެ.
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން ދޭ ސްކޮލަޝިޕްތަކަށް ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
- މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – ހަ ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – ތިން ފުރުސަތު
- އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – ފަސް ފުރުސަތު
- މާސްޓާސް އޮފް އާޓްސް އިން ޝަރީއާ – ތިން ފުރުސަތު
- މާސްޓާސް އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – ތިން ފުރުސަތު
ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް ވެސް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތްދިދަ
14 April 2025
ޒަކާތުގެ ފަންޑުން މާފުށިން ބިމެެއް ގަނެ ، ބޮޑު ހޮޓަލެއް އެޅަން ވީނު. ހެޕީތަ ! ޥެރީ ވެރީ ހެޕީތަ !
ދެވަނަ1
14 April 2025
ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމާމެދު އަލުން ވިސްނާލަން އެބަޖެހޭ.
ސްއދދ
15 April 2025
ޒަކާތު ފައިސާ މިހާޜޫ ޙަވާލު ކުރަނީ އަމިއްލަ މީހަކާތޯ؟
ޒަކާތުލް
14 April 2025
ޒަކާތު ފައިސާއަކީ އަހަރުން އަހަރަށް ފަޤީރުންނަށް ބަހާ އެއްޗެއް ނޫންތަ. ކޮންތާކުން ތިހާ ބައިވަރު ފައިސާ އައިސްފައި ހުންނަނީ. ޒަކާތު ފައިސާ މީހުން ދައްކަނީ ފަންޑު ހަދައިގެން ތިޔަ "ޚާއްޞާ" ސްކޮލަރޝިޕްތައް ދޭންތޯ.
ހޭލާ
15 April 2025
ޒަކާތަކީ މުދަލު ޒަކާތް..
×ްްްދދދދ
15 April 2025
5 ގައުމުމެއްގެ މުއްސަނދިން ޒަކާތް ދައްކައިގެން މުޅި އިސްލާމީ އުއްމަތުން ފަޤީރުކަން ނައްތާލެވޭނެކަން އެނގޭތަ؟
މުހިންމު22
14 April 2025
ތިޔަ ބައެއް ދާއިރާތަކުން ޕީއެޗްޑީހެދީމާ، ދުނިޔެއަކީ ފްލެޓްކޮށް ރަގްގަނޑެއްހެން ފަތާކޮށް އޮމާންކޮށްފައި އޮންަނަ އެއްޗެއްކަމާ އިރު އޮއްސެނީ ޗަކަގަނޑަކަށް ކަމާ ވައިރޯޅި ނެތިއްޔާ ބޯޓު ނައުފަހަރު ނުދުވާނެކަމާ މިކަހަލަ ކަންކަން. އިތުރަށް ސާފުވެގެންދާނެ. މިއީ ވަރަށް މުހިންމު ބޮޑެތި މައްސަލަތައް.
ބޮޑުސަކަރާތް
14 April 2025
ތާކުންތާކު ނުޖެހޭ "ޕީއެޗްޑީ" ތަކާ "މާސްޓަރޒް" ތަކަށް ޒަކާތު ފަންޑު ޚަރަދުކުރުމަކީ ރަނގަޅުކަމެއް ނޫން. މީހުން ދައުލަތަށް ފައިސާދެއްކުން ހުއްޓާލަފާނެ. ތިޔަ ގިނަ "ސްޕެޝަލް" ޕީއެޗްޑީތަކާ މާސްޓާޒްތަކުގައި އޮންނާނީ އެއްޗެހި ހިތުދަސްކުރުމާ މޮޅުކަމާ ފުރިހަމަކަމުގެ ވާހަކަ ދެއްކުން. އެހެންނޫނީ ފެއިލްވާނެ. އެއްވެސް ކްރިޓިކަލް ތިންކިންއެއް އޮރިޖިނަލިޓީއެއް މުޖުތަތަމައަށް ފައިދާހުރި ނަތީޖާއެއް ނުނިކުންނާނެ.. ސަކަރާތް.
ހާސަރު
14 April 2025
މަތީ ތައުލީމުގެ ފުރުސަތު އެންމެނަށް ފަހިވެފާ އޮށްވާ ޒަކާތުފައިސާ ކީއްކުރަން މިކަމަށް ހޭދަ ކުރަންވީ!؟ މިހެންވެ އޭ ސަރުކާރަށް މީހުންޒަކާތް ދައްކަން ބޭނުންނުވަނީ. ޒަކާތު ފައިސާއިން ކުރާ ހޭދަ ވަރަށް ރަގަޅަށް ފެންނަން ހުންނަޏްޖެހޭ.
×ްދް×
14 April 2025
ކޮންމެ މަހަކު ރިޕޯޓު ނެރެޔޭ
ވަހިުޔިހޔ
14 April 2025
އަޒުހަރުން ކިޔަވާ ކުރިންނަށް ކުރިން ސަރުކާރުން ޕޮކެޓްމަނީއެއް ދިން، އެ ދިނުން ހުއްޓާލީމަ ކުދިން ދަނީ ލޯނު ނަގައިގެން ކިޔަވަން... ދެން ބުނާނެ ރާއްޖެއިން ކިޔަވަންވީ ނުން ހޭ؟ ބަލަގަ ޕެނަޑޯލް ކައިގެން ތިބެންވީނުން އިންޑިއާ ތަންތަނަށް ނުގޮސް.
ކަނބިލި
14 April 2025
ޝަހީމުގެ ގާތް މީހުންނަށް ފުރުސަތުޗލިބޭނީ
×ްދެދ
14 April 2025
ފިތުނަ ހަދަހަދާ އުމުރު ހުސްކުރަނީ
ހީހީ ސުލީހް
14 April 2025
ރަތްޔިތުން ފާރަވެރިވާންޖެހޭ. ތީގެން ކިތައް ސުކޮލާރސިޕްބާ ހައްގުވާ ފަރާތްތަކަށް ލިބޭނީ؟ ބަޔެއްފަހަރު ދޭން ތިބޭ މީހުންގެ އަނބިންނާ ދަރިންނަށްވެސް ލިބިފަ އެބަހުރި
އދްދް
14 April 2025
ޝައްކުބަލީގެ އަޅުން
ނޯވް
14 April 2025
މަ ހީކުރީ ޒަކާތަކީ ލިބޭ މީހުން ނުލިބޭ މީހުންނަށް ދޭ އެއްޗެއް ކަމަށް. ދެން އަވަހަށް ގާތް މީހުންގެ ދަރިންނަށް ސްކޮލަޝިޕްތަށް ބަހާލާ.
ކޯވް
14 April 2025
ހުކުރަށް ދަނީ ޚުތުބާ ނިމޭއިރަށް، އިހްޔާ ދަރުހަކަށް ދަނީކީ ނޫން. މިސްކިތު ދަރުހެއް އަޑު އަހަނީކީ އެއްނޫން. ދެން ނޭނގޭނެ އެއްނު.
ކަލޭ ހީކުރަނޯދޯ
14 April 2025
ޒަކާތަކީ ޓެކްސް ނިޒާމަށްވުރެ ފުރިހަމަ ނިޒާމެއް. ދައުލަތުގެ ހުރިހާ ދިމާލަކަށް ޚަރަދު ކުރެވޭ ގޮތަށް ޒަކާތުގެ ނިޒާމު އޮންނަނީ. ސާފުބާ؟
ތަންދޮރު11
14 April 2025
@ކަލޭހީކުރަންދޯ - ތިޔައީ ހަމަ ޓިޕިކަލް "ޕީއެޗްޑީ އިން ޒަކާތު ސްޓަޑީޒް" އެއްގައި މީހުން ކިޔާނެ އެއްޗެހި. އެހެން ހުރިހާ ގޮތަކަށްވުރެ ފުރިހަމައޭ މޮޅޭ ހާދަ ފައްކަލޭ. އެނޫން ގޮތަކަށް ބުނެފިއްޔާ ޕީއެޗްޑީއިން ފެއިލްވާނެ. ފުރިހަމަވެގެން ވީކަމެއް ވީގޮތެއް އެގޮތަށް ހިންގާ ގައުމެއް ބުނެބަލަ.
ދެދޮރު
15 April 2025
ތަންދޮރު- ދިވެހިންގެ ތެރެއިން ބޯންމެރޯ ހެދިއްޔާ ހެދި މީހަކު ހަދާފައި ހުރީ ޒަކާތު ފައިސާއިން މީހަކަށް 1 މިލިޔަން ޚަރަދުވޭ. އޯގަން ޓްރާންސް ޕްލާންޓް ކުރަނީ ޒަކާތު ފައިސާއިން. ކެންސަރ ޕޭޝަންޓުން ބަލަހައްޓަނީ ޒަކާތު ފައިސާއިން. ހުރިހާ ޤުރުއާން ސެންޓަރތައް ހިންގަނީ ޒަކާތު ފައިސާއިން. ފަޤީރުކަން ނައްތާލަން ޕްރޮގްރާމުތައް ހިންގަނީ ޒަކާތުން. ދިވެއްސަކު ރާއްޖެއިން ބޭރުގައި ހުއްޓައި ހާލުގައި ޖެހިއްޖިއްޔާ ގައުމަށް އާދެވެންދެން ބަލަހައްޓަނީ ޒަކާތުން. ސާފު؟