އިބްރާހިމް ތައާމު މުހައްމަދު -- ފޮޓޯ: ހައުސިން މިނިސްޓްރީ
15 އެޕްރީލް 2025 - 15:20
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު މުހައްމަދު ހަމަޖައްސައިފި އެވެ.
ޕީސީބީން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ތައާމް އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
މިދިޔަ ހަފްތާގައި ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރު މުހައްމަދު ވަހީދު އެ މަގާމުން ވަކިކޮށްފަ އެވެ. އެހެންވެ ތައާމު އައްޔަންކުރީ އޭނާ އޭރު ހުސްވި ބޯޑުގެ ޖާގައަށެވެ.
އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.
އެޗްޑީސީގައި ހިނގި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރި އެވެ. ނަމަވެސް ސަސްޕެންޑް ކުރިތާ ހަތަރު ދުވަސް ފަހުން ވަނީ މެންބަރުން ސަސްޕެންޝަން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާން
16 April 2025
ނަޒާހާތްތެރި މީހުން ލީމަ ދާނީ ރަނގަޅަށް. ގައުމު މިއޮތީ މިދިޔަ ދައުރުގަ ގަނޑުބަނޑުކޮށްލާފަ. މިދިޔަ ސަރުކާރުގަ މި ކުންފުނީގެ ވެރިޔާއަށް ދިން ޓާސްކަކީ ވައްކަން ކުރުން. އޭނާ އެކަން ވަރަށް ރަނގަޅަށް ކުރި. މިއަދު ފިލިޔަސް މާދަމާ ހުއްޓި ހުންނާނީ އެއްވެސް ކަމެއް ވަންހަނާ ވެގެން އެފަރާތައް ނުވާ ފަރާތުގެ ކުރިފުޅުމަތީ ކަން ކަށަވަރު
އަސްކޮއި
16 April 2025
މިސަރުކާރުން ލީ ވެރިޔާ ނަޒާހަތްތެރިކަމުންދޯ ހުޅުމާލެ ބިންތައް 67 އިންސަންތަ ޑިސްކައުންޓުގައި އިއުލާނު ކުރުމެއްނެތި، ގާތްމީހުންނަށް ވިއްކާލީ،
ޙާލަތު
15 April 2025
ދައުލަތުގައި މުޅިންވެސް ދެމުސާރަ ލިބޭ މީހުން. އެސްއޯއީތަކާ ހަވާލުވެތިބީ ތިބީ ސިފައިންގެ ރިޓަޔާމަންޓް ޕެންޝަން ނަގާ މީހުން.
ސުތޭތް
15 April 2025
ސްޓޭޓް މިނިސްޓަރުން ކުރާނެ ކަމެއް ނޯންނަނީތަ، ކުންފުނިތަކުގެ ބޯޜޑުތަކަށް ލާގެން އެތަންތަނުގަކޮފީ ބޯން.
ސީޓޭ
15 April 2025
މަރުޙަބާ
ލަބީދު
15 April 2025
ކޮލިފައިޑް ބޭފުޅެއް