ޓިކްޓޮކްގެ ބޭފުޅުންނާ އެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
16 އެޕްރީލް 2025 - 14:17
ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކްގެ އިސް ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގައި ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޕްލެޓްފޯމްގެ އިސް ބޭފުޅުންގެ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދުގެ ބޭފުޅުންނާ އެކު ރައީސް މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ހިއްސާ ކުރެއްވި އެވެ.
އެ ތަސައްވަރަށް ޓިކޮޓޮކްގެ ފަރާތުން އެއްބާރުލުންދޭނެ ކަމަށް ވަފުދުގެ ބޭފުޅުން ޔަގީންކަން އެރުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެ އާއި ޓިކްޓޮކް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ބުންޏެވެ.
ޓިކްޓޮކްގެ ބޭފުޅުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ އެކު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ މަޝްވަރާތަކުގައި ވަނީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ޓިކްޓޮކާ އެކު ކޮށްފައި ވަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅަކަށް ވާތީ އެވެ.
ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އެއިން އާމްދަނީ ހޯދެ އެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ފައިސާ ދެނީ ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެ މީހުން ބޭނުންވާ އުފެއްދުންތެރިންނަށް އެކަންޏެވެ. އަދި ލައިވްތަކަށް އަރައިގެން ވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބެ އެވެ. ރާއްޖޭގައި ވެސް ބައެއް މީހުން ގެންދަނީ އެ މަގުން އާމްދަނީ ހޯދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަދްް
17 April 2025
މިއީ ރައީސްގެ ވައުދެއް. ޑިޖިޓަލް ކްރިއޭޓަރ އިކޮނޮމީއިން ފައިސާ ލިބޭނެ ނިޒާމެއް ގާއިމްކޮށްދިނުން. މިކަން ރައީސް ކުރައްވާނެކަމާމެދު އެއްވެސް ޝައްކެތް ނެތް.
އިތުގާމް ސިއްދީގް
17 April 2025
މިދިޔަ އެއްވެސް ވެރިޔަކު ނެތް ޒުވާނުންނަށް ފުރުސަތު ހޯދަން މިހާ މަސައްކަތް ކުރި ވެރިޔަކު. މިކަން ވެއްޖެ ނަމަ ޒުވާނުންނަށް ހަމަ ގައިމުވެސް އާމްދަނީ ހޯދާނެ ފުރުސަތު ލިބިގެން ދާނެ
ސިއްބަތް އަޒީޒް
17 April 2025
ޓިކްޓޮކުން ވަރަށް ލާރި ހޯދޭނެ. މިކަން އަވަސް ކުރަން ވާނެ.
މުހައްމަދު ސަނީހް
17 April 2025
ވަރަށް ރަނގަޅު ރައީސް. އަހަރުމެންނަށް މީގެ ސަބަބުން ގިނަ ފުރުސަތު ލިބޭނެ.
ދުވަހަކުނުނިމޭ
17 April 2025
ޔޫޓިއުބު އާއި ފޭސްބުކް ގެ ޚަބަރެއް ނެވެ 1.5 އަހަރު، އަދި ޚަބަރެތެއް ހިލަމެއްވެސް ނެތް. އަނެއްކާ، އަނެއް ބޮޑު ސުރުޚީ "ޓިކްޓޮކް" އިން ރާއްޖޭގެ ކްރިއޭޓަރސް އަށް ފައިސާ ލިބޭނެ ގޮތް ހަދަނީ. އަނެއްކާ 1.5 އަހަރު ފަހުން އަނެއް ސުރުޚީ، އޭރުން އޮންނާނީ ވޯޓްލާންވެފަ. ދެން ވާނީ 2 ވަނަ ދައުރަށް ހޮވީމަ.
މުފީދާ ޒުނެއިރު
17 April 2025
މީ ކުރަން ވަރަށް މުހިއްމު ކަމެއް. މިގޮތަށް ހާދަ އާމްދަނީއެއް މީހުން ހޯދައޭ. މިކަން ބޮޑު ކުރެވިއްޖެ ނަމަ މިގައުމު ޒުވާން ކޮންޓެންޓް ކްރިއޭޓަރުންނަށް ނުލާހިކު ފަހި ފުރުސަތު ލިބޭނެ
އަސްލަމް ވަހީދު
17 April 2025
މިކަން ވެއްޖެ ނަމަ ހަމަ ގައިމުވެސް ޒުވާނުން ދެން ކޮންމެހެން ޓައި އަޅައިގެން ވަޒީފާއަށް ދާން ނުޖެހޭނެ. ކާމިޔާބަށް އެދެން
އަކްޝަމް އަހްމަދު
17 April 2025
ޒުވާނުންނަށް ފަހި ގޮތް ހޯދަން ސަރުކާރުން ތިކުރަނީ ރަނގަޅު މަސައްކަތެއް
ޒަގޫޒަގޫ
16 April 2025
ސަލަފު ޖަމްއިއްޔާއާވެސް ތިޔަ ޓިކްޓޮކް އިސްވެރިންވާނެ ބައްދަލުކޮށްލަން. އެމީހުންވެސް ވަރަށްގަޔާވާނެ، އެމީހުންގެ ރައީސްވެސް ކިހާ ގަޔާވީއ
ސިކަންދަރު
16 April 2025
މީ ފިނިފެންމަލުގެ ބަންކަރިންގެ ދެވަނަ ސީޒަނެވެ.ކުރީފަހަރުހެން މިސީޒަނުގަވެސް އޮންނާނީ އެންމެ އެޕިސޯޑެކެވެ.