ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 އެޕްރީލް 2025 - 20:05
ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފްލެޓުތަކަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި ފްލެޓުތައް ލިބޭ ލިސްޓަށް ޝަކުވާ ހުށަހަޅަން މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 އަށް ވަގުތު ހަމަވިއިރު 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
މިނިސްޓްރީން ބުނީ ގެދޮރުވެރިޔާގެ ޕޯޓަލް އިން 4،652 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވުމުން ޕޯޓަލް އިން ޖުމްލަ 5،236 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި ސައްހަކަން ކަށަވަރުކުރި 4،000 ފްލެޓު ލިބޭ ލިސްޓުގައި ހިމެނޭ 2،555 މީހުން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން މިހާރު އަންނަނީ އެ ޝަކުވާތައް ބަލަމުންނެވެ.
އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީން 526 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެކަމަކު، އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްރީން ބަލާނީ، ބަޔާނުގައި ބުނިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންނާ ގުޅިގެން ތިން ވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މިދިޔަ ސަރުކާރުގައި ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިދުބެ.
18 April 2025
މިއަންނަ ރިޔާސީ އިންތިހާބަށް ޝަކުވާ ބަލާނިމޭނެ ކަމަށް ބަލަމީ, މިސަރުކާރުގެ ސްޕީޑް ބަލާ އިރު.
ނަން..
18 April 2025
ކޮބާ ބަލާ ނިމޭނެ މުދަތް. ދުވާލަކު މައްސަލަ އެއް ވިޔަސް ދައުރު ނިމޭއިރު ވެސް ނުވާނެ. ލަފާކުރެވެނީ ހިޔާ 2.0 އާހިރުގައި ލޯކަލް އިންތިހާބް ދިމާކޮއް ދޫކޮއް ލަނީ ނޫނީ ދައުރު ނިމެން ކައިރިވީމަ. ލިބޭނީ ހިޔާ ދިން އުސޫލުން މިހާރު ލިބިފަ ހުރި މީހުނަށް ވެސް ދޭނެ ފާޑެއް ނުޖަހާ. އަލުން ބަލުން ފަށައި އެއިރެއްގެ ވެރިކަމުގައި ހުރި އައުވާނެ ބޭނުން ވާގޮތަކަށް.
އަސްލު
18 April 2025
ހުށަހަޅާފައިވާ ހުރިހާ ޝަކުވާތަކެއް ބެލުން އިންސާފުވެރި ގޮތަކީ..
އިސްސެ
17 April 2025
އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީން 526 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެކަމަކު، އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްރީން ބަލާނީ، ބަޔާނުގައި ބުނިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންނާ ގުޅިގެން ތިން ވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތަކެވެ. މިބުނާ ތިންވަނަ ފަރާތަކީ ކޮބާބާ؟ ކިޔާ ނިމުނުއިރުވެސް ނުވިސްނުނު މިބުނާ ޖުމްލަގެ މާނަ
އޮނަރަބްލް އަފީފު ދީދީ
17 April 2025
ފުލެޓް ލިސްޓްގެ މައްސަލަ އެކަނިތޯ ބަލާން ޖެހެނީ؟! ކީއްވެގެންތޯ އެއްބަސް ވުމާއި އެއްގޮތަށް މަހުން މަހަށް ފުލެޓަށް ދައްކާންޖެހޭ ފައިސާ ނުދައްކާ އެތަންތަން އެހެން ފަރާތަކަށް ބޮޑު އަގަށް ކުއްޔަށްދީގެން ފުލެޓް ލިބުނު ކ.މާލޭ މީހާ އެފައިސާ (ދައުލަތަށް ދައްކާންޖެހޭ ދައުލަތުގެ ފައިސާ) ކަމުން ދާއިރު ދައުލަތުގެ ޙައްޤު ހޯދުމަށް ދައުލަތް ހިންގާން ޙަވާލުވެތިބި މީހުން މަސައްކަތް ނުކުރަނީ؟! ކޮބާ ދައުލަތުގެ އޮޑިޓަރ ޖެނެރަލް އާއި ބަންޑާރަ ނައިބުގެ ޤާނޫނީ ޒިންމާ؟!
އޮނަރަބްލް އަފީފު ދީދީ
17 April 2025
އިބްރާހިމް ސަރުކާރުން ތިރަށުގެ 19 ހާސް މީހުނަށް ރަނުގެ އަގުހުރި ބިންތައް ބަހާފައި ވަނިކޮށް ތިޔަ 4000 ހާސް ފުލެޓްގެ ތެރެއިން ގިނަ ފުލެޓް ތައްވެސް ލިބިފައިވަނީ ތިރަށުގެ ޤަބީލާ ތަކުގެ މީހުނަށް. ކ.އަތޮޅު މާލޭގައި އުޑުގައި ޖެހޭވަރަށް ނަގާފައިވާ އުސް އިމާރާތް ތަކުގެ ވެރިންނަކީ ތިރަށުގައި އުޅޭ ބަންގްލަދޭޝް މީހުންތޯ؟ ގައިމު ބަހާލި ބިންތަކާއި ހުޅުމާލޭގައި ހުރި ހުރިހާ ސޯޝަލް ހައުސިންގ ފުލެޓް ތަކާއި ކ.މާލޭގެ ގޭބިސީތަކުގެ އަދަދު ތިރަށު އާބާދީއަށްވުރެން ގިނަ.
ނަބީލާ ހަސަން
17 April 2025
އެންމެނަށްވެސްއެނގޭ އޭރު އަކުރަމުމެންތިފުލެޓުތަށް ބަހާލިގޮތްރޯމާދުވާލު، ކީއްކުރަން ބޭކާރު ވަގުތު ދުއްވަނީ، މިސަރުކާރުގެ ލިސްޓަށް ދިނީމަހުންނާނީ ރަނގަޅަށް،
ޖާހުފުލެޓް
17 April 2025
ކީއްކުރަންބަލާއެއްޗެއް، ތިއީބަޔަކަށް ޖެއްސުމަށް އމޑޕ އިން ތަންތަނުގަ މޭޒުބަހައްޓައިގެން މީހުންލައްވާ ކުރުވާފައިވާ ބޭކާރު މަސައްކަތްތަކެއް .