ސްމާޓް ސެކިއުރިޓީ ސިސްޓަމް ބަންޑަލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 އެޕްރީލް 2025 - 14:30
އުރީދޫއިން ސްމާޓް ހޯމް ސެކިއުރިޓީ ސިސްޓަމް ބަންޑަލްއެއް ތައާރަފްކޮށްފި އެވެ.
އެ ބަންޑަލް އަކީ ކޮންމެ ސުޕަނެޓް ކަނެކްޝަނާ އެކު ކަސްޓަމަރުންނަށް ދޭ އޮފާއެކެވެ. އެ ބަންޑަލްގައި ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރޭޖާ އެކު އެކި ސްމާޓް ހޯމް ޑިވައިސްތައް ހިމެނެ އެވެ. އުރީދޫން ބުނީ މިހާރު ސުޕަނެޓް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް އެ ބަންޑަލް ގަނެވޭނެ ކަމަށެވެ.
ސްމާޓް ހޯމް ވީޑިއޯ މޮނިޓަރިން ސިސްޓަމުގައި ހިމެނޭ ޑިވައިސްތައް އިންސްޓޯލްކުރުމުގެ ހިދުމަތް ވެސް އުރީދޫން ދޭނެ އެވެ.
އުރީދޫއިން ބުނީ އަލަށް ތައާރަފްކުރި އެ އޮފާ އަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް، ގޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ދިރިއުޅޭ ތަނަކީ ޓެކްނޮލޮޖީއާ ރައްޓެހި ޒަމާނީ ސްމާޓް ގެތަކަކަށް ހެދުމަށްކަމަށެވެ.
އުރީދޫން ބުނީ އެ ޑިވައިސްތަކުން މެދުކެނޑުމެއް ނެތި ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓު ލިބޭނެ ކަމަށެވެ. އެ ޑިވައިސްތަކަށް ބޭނުންވާ ކަނެކްޝަން ލިބޭނީ ސުޕަނެޓް މެދުވެރިކޮށެވެ.
އުރީދޫން ބުނީ ސުޕަނެޓް ކަނެކްޓިވިޓީއާ އެކު އެ ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ލައިވް ކެމެރާ ފުޓޭޖް ސްޓްރީމްކުރުމާއި ޑޯބެލް އެލާޓު ފަދަ ހިދުމަތްތައް އެ ޑިވައިސްތަކާއި އުރީދޫ ކަނެކްޓިވިޓީ މެދުވެިކޮށް ލިބޭނެކަން ފާހަގަކުރި އެވެ. އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ނެޓްވޯކުގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަ ކުރެ އެވެ.
އުރީދޫގެ "ސްމާޓް ހޯމް" ބަންޑަލްތަކަށް އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ރިކުއެސްޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy