ބުޅާތަކެއް.
21 އެޕްރީލް 2025 - 10:48
ރ. އިނގުރައިދޫގައި އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާތައް ގިނަވުމުން އެ ބުޅާތައް ފަޅު ރަށަކަށް ގެންދިއުމުގެ މަސައްކަތް ކައުންސިލުން މިއަދު ބުނެފި އެވެ.
އިނގުރައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ފަހަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދެމުން އަންނަ ކަމަށެވެ.
އެހެންވެ، ރައްކާތެރި ގޮތުގައި ބުޅާ ހިފައި ފަޅު ރަށަކަށް ބުޅާތައް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެ ކައުންސިލްގެ އިއުލާނުގައިވެ އެވެ. ބުޅާތައް ގެންދަނީ އެއްވެސް ކައުންސިލެއްގެ އިހުތިސާސްގައި ނުހިމެނޭ ރަށަކަށް ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން ކައުންސިލަށް ކޯޓޭޝަން ހުށަހަޅަން ވާނެ އެވެ. އަދި އަގު ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގެއްގައި ކަމަށް ބުންޏެެވެ.
ބުޅާ ހިފައި ފަޅު ރަށަކަށް ބުޅާ ގެންދަން އިނގުރައިދޫ ކައުންސިލުން އިއުލާނުކުރިއިރު މީގެ ކުރިން ވެސް ބައެއް ރަށްރަށުން ވަނީ މީދަލާއި ބުޅަލުގެ އުނދަގޫ ކުރިމަތިވެގެން މިފަދަ އިއުލާނުތައްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
21 April 2025
މިއީ މަނާކަމެއް. ބުޅާ ތައް ކާލާނެ ރަށުގައި ޖައްސާ އައިންމަތީ ދޫނި އެއްޗިސް.
ދިވެހި
21 April 2025
ތިގޮތް މާސަޅި. ބުޅާ ފެސިލިޓީ އަކަށްވުރެ މިގޮތް ރަނގަޅު. ކެޓް ލަވާސް ގޮތަށް އުޅޭ ޓުއަރިސްޓުން އޭރުން ރަށަށް ޒިޔާރަތް ކުރާގޮތަށް ހަދާފަ ފީވެސް ނެގިދާނެ. ޙަމައެކަނި ރިސޯޓް ހަދަން ހުރިހައި ރަށްތަކެއް ބޭނުން ނުކޮށް މިކަހަލަ ކަމަކަށް ބޭނުން ކުރެވިދާނެ. ޒޫ އައިލެންޑް، ވޯޓާ ތީމްޕާކް އައިލަންޑ.ބައެއް ޓުއަރިސްޓުންނަށް ބޯރިންގ ތަނަކަށް ރާއްޖެ ވަނީ އެހެންވެ. ކޭންމްޕިން އައިލަންޑްވެސް އެއީ ސަޅި ވާނެ ކަމެއް. ޓެންޓު ޖަހައިގެން ބީޗް ގަ ޕިކްނިކް ހެދޭ ގޮތަށް.
ފުރޭތަ1
21 April 2025
ކެޓު ގުރޫޕު ތިކަމާ ނުރުހޭނެ. ޝަލްޓަރ އެއް އަޅައިން ކާންދޭން ޖެހޭނީ. ކުދި ބުޅާ ގެނގުޅެފަ ބޮޑޭތިވީމަ އުނދަގޫ ބޮޑުވެގެން މަގުތަކަށް ދޫކުރާ ގުރޫޕެއްވެސް މީގަ އުޅޭ
ތާކިހާ
21 April 2025
ކީއްކުރަން ބުޅާތައް ފަޅު ރަށަކަށް ގެންދަނީ. އެސޮރުތައް ހުޅުމާލޭގަ މުއިއްޒު ހަދާފައޮތް ބުޅާ ހާއްޔައް ގެނޭ.
އުނބުށޭމު
21 April 2025
ބުޅާ މިނިސްޓަަރު މިކަމުގަ ބުނަނީ ކީކޭބާ
ތިނަދޫބެއްޔާ55
21 April 2025
މިހާރުގެ ތިނަދޫސިޓީގަވެސް ބުޅަލުގެ އުދަގޫ ބޮޑުވެގެން މިއުޅެނީ. Kalu ކޮންޓްރޯލް ކުރިގޮތަށް މިކަންވެސް ކޮށްދިނުން އެދެން
ހޯމަ
21 April 2025
ފަޅުރަށަށްގެންގޮސްގެން ކުރަނީ ކީއްތޯބަލަން ބޭނުންވޭ. މަރާލަނީ؟؟؟؟
ދޮނަޅަ
21 April 2025
މާލޭގައި ބުޅާ ގިނަވެ އާންމު އުދަގުލަކަށްވެގެން ބުޅާތައް ގެންދަން ހެދިތަން ރަތްދޫލައިގަގޮސް ރައީސް ހުޅުވާ ރިބަން ކެނޑި ގޮތަށް އެހެރީއެވެ. ހާލުގަ ޖެހިގެން އުޅޭ ފަނަރަވަރަކަށް ބުޅާ އެތަން ގެންދިޔަ ކަމަށްވަނީ. މީގައި އޮތް ގޮތަކީ އާންމު އުދަގުލަކަށްވެފައިވާނަމަ ސިފައިން ނުކުމެ ބަޑިޖަހާ މިތަކެތި ނައްތާ ލުމެވެ. ވާލާއި ކާޅާއި މީދަލުގެ އުދަގޫ ބޮޑުވުމުން ވުމުން ރައީސް މައުމޫނު ކަން ކުރި ގޮތަށެވެ.
ބަލާާ
21 April 2025
އާއްމު އުނދަގޫ ބޮޑުުކުރާ މީހުންވެސް ގަޔަށް ބަޑިޖަހަންވީ؟ ބުޅަލަކީ ސުންނަތެއް
އަޅި އަލި
21 April 2025
ބުޅާ ހިޔަލަށް ގެންދޭ!
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
21 April 2025
ބުޅަ-ލާއި ބެހޭ މިނިސްޓްރީ އެއް ހުރޭ. ބުޅަލުގެ ކަންތަކެއް ނުބެލެހެއްޓޭ! މުޅި މާލެ ޙަރާބު ކޮށްފި!