ސިމްޑީއިން ވިއްކާ "މޮނިން"ގެ އުފެއްދުންތަކެއް.
22 އެޕްރީލް 2025 - 14:38
ސިމްޑީން ރާއްޖޭގައި ވިއްކާ "މޮނިން" ބްރޭންޑަށް ހާއްސަކޮށް "މޮނިން ޑޭ"ގެ ނަމުގައި ބާއްވަމުން އަންނަ ހަރަކާތް މާދަމާ ކުރުނބާ މޯލްޑިވްސްގައި އޮންނާނެ ކަމަށް ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ސިމްޑީން "މޮނިން"އާ އެކު ބާއްވާ އެ ހަރަކާތަކީ ރާއްޖޭގެ މިކްސޮލޮޖީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް އެ ބްރޭންޑު ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެ ހަރަކާތުގައި ރާއްޖޭގައި މަސައްކަތް ކުރާ މިކްސޮލޮޖިސްޓުންނަށް އެ ބްރޭންޑަށް ހާއްސަކޮށް ވޯކްޝޮޕަކާއި މާސްޓާ ކްލާހެއް އަދި ލައިވް މިކްސޮލޮޖީ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސެޝަންތައް ކުރިއަށްގެންދާނީ މެދުއިރުމައްޗަށް "މޮނިން" އިން ކަނޑާއަޅާފައިވާ އެކްސްޕާޓް ނާނާ ސެޗޭ އެވެ. އެ ސެޝަންތަކުގައި "މޮނިން"ގެ އާ ފްލޭވާތަކާއި އެ ބްރޭންޑުގެ އެކި އުފެއްދުންތަކާއި ގުޅޭ މައުލޫމާތު ވެސް ދޭނެ އެވެ.
ސިމްޑީއިން ވިއްކާ "މޮނިން"ގެ އުފެއްދުންތަކެއް.
މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ "މޮނިން"ގެ މެނޭޖިން ޑިރެކްޓަރު މިރޮސްލާވް ވޫލިކް އާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ "މޮނިން"ގެ ޓްރޭޑް މާކެޓިން މެނޭޖަރު އަންޑެލޯ ކެރަމް ވެސް މި އިވެންޓުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ސިމްޑީން ބުނީ އެ ހަރަކާތުގެ ބައިވެރިންނަށް މާސްޓާ ކްލާސްތަކުގެ އެހީގައި ކޮންޓެމްޕަރަރީ ބުއިންތައް ތައްޔާރުކޮށް މިހާރުގެ ޓްރެންޑުތަކާ ގުޅޭގޮތަށް މެނޫތައް ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތާއި "މޮނިން"ގެ އާ ރަހަތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ.
ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވީ އެ ހަރަކާތަކީ މިކްސޮލަޖިސްޓުންގެ ކްރިއޭޓިވިޓީ އިތުރުކޮށް، މިހާރު ގެންގުޅޭ އުކުޅުތައް އިތުރަށް ތަރައްގީކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އެ ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ރިސޯޓުތަކާއި ކެފޭ އަދި ރެސްޓޯރަންޓުގައި ތަފާތު ބުއިންތައް ތައްޔާރުކުރުމަށް ބޭނުންވާ އިންސްޕިރޭޝަން އާއި ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
ސިމްޑީ ގްރޫޕުުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ އެ ފަދަ ހަރަކާތެއް ބޭއްވުމަކީ މުހިންމުކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ފަދަ ހަރަކާތްތައް ބޭއްވުމުން ދުނިޔޭގެ އެކި ޓްރެންޑުތަކާ ފައި ހަމަކުރެވި، ރާއްޖޭގައި ހުރި ހުނަރުތައް ތަރައްގީކޮށް ދާއިރާ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ.
"މޮނިިން ޑޭ" ގައި ބަރިސްތާއިންނާއި މިކްސޮލިޖިސްޓުން އަދި ރިސޯޓުތަކުގެ ބެވަރެޖް ޓީމުތަކާއި ކެފޭ އޯނަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ސިމްޑީއިން ބުންޏެވެ. ސިމްޑީ އަކީ ރާއްޖޭގެ "މޮނިން" ބްރޭންޑުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. ސިމްޑީން އެ ބްރޭންޑުގެ 20 ވައްތަރެއްގެ ޕިއުރީ އާއި 50 އަށް ވުރެ ގިނަ ވައްތަރުގެ ފްލޭވާ ވިއްކަ އެވެ. "މޮނިން"ގެ އުފެއްދުންތައް ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy