މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިނިސްޓަރުން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
22 އެޕްރީލް 2025 - 18:27
ސަރުކާރުން ހިންގާ މަޝްރޫއުތައް، ދެފުށްފެންނަ ގޮތަށް މަސައްކަތް ބާރަށް ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިނިސްޓަރުންގެ ކިބައިން ރައީސް އެހެން އެދިވަޑައިގަތީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން، ވީހާވެސް ގިނައިން، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގަން ވެސް ރައީސް ބާރުއެޅުއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މަޝްވަރާ ކުރި ކުންފުނިތަކަކީ:
- ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ
- ފެނަކަ
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
- މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)
އެ ބައްދަލުވުމުގައި މަޝްރޫއުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީހުތަކަށް މަޝްރޫއުތައް ނިންމެވުމަށް ރައީސް ވިދާޅުވި ކަމަށާއި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާ އެކު ކުރިއަށްގެންދިއުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
23 April 2025
ކަލޭމެންގެ ބޮޑުސަރުދާރުގެ ނިތްކުރި ފެނުނު މީހަކުވެސް، ދެ މިޔަކަނުން ސޮނިފައިބާނެ.
އަބްޑޫޅް +
23 April 2025
އަސްތާ! 1 ވަނަ ދުނިޔޭގެ އެންމެ ކުރިއަރާފަވާ ރަށްރަށުގަވެސް ކެބިނެޓު ބައްދަލުވުން މިހާ ފުރިހަމަ ނުވާނެކަން ޔަގީން. ދެ ފަރާތުގަ ހުރި ގޮންޑި ތަކުގަ ތިބި އެންމެން އެ ތިބީ ސިކުޑި މެކުހަށް ޖަހާފަ.
ނުފޫޒު
23 April 2025
ޖާހޭ ކިޔާ ބަނގުރޫޓުބައިގަނޑަކުން އެތަށް އާއިލާއެެއްގެ ލާރި ރަސްބުން ފޭރިގެން ހުޅުމާލޭގަ އަޅާ އިމާރާތުގެ މަސައްކަތް ސަރުކާރުގެ ބައެއް ސިޔާސީ މީހުންގެ ނުފޫޒާހެދި އޮތީ ހުއްޓިފަ..ރައީސް އެކަން ބައްލަވާ ދެއްވާ
މާ އަވަސް
23 April 2025
އަދި ތަންކޮޅެއް އަވަސް، ދައުރު 25އަހަރަށް ބަދަލް ކޮށްލަން ފެނޭ.
ދަރިވަރުން
23 April 2025
އެމް.އެން.ޔޫ.ގެ ފަރާތުން ހުޅުމާލޭގައި އަޅާ މެޑިކަލް ސްކޫލް އާ ހޮސްޕިޓަލް އަޅަން ކުރާ މަސައްކަތްތައް އަވަސް ކުރުން މުހިންމު. އެ މަޝްރޫއުގެ ވާހަކަ ޕްލީޒް ގެނެސްދީބަލަ. ހުއްޓިފަ އޮތްވާހަކަ އަޑުއިވެނީ. އެކަމަކު ފަންޑުވެސް އެބަހުއްޓޯ.
ކަތްދައްތަ
23 April 2025
ބައެއް މީހުން ދެ ސަމުސާ ބަތް ނަގާފަ ފިރުމަމުން ކިޔާނެ އާދެވުނު ފަހަރު ރަގަޅަށް ގިނައިން ކާތި ކުދިންނޭ. ކިހިނެތް ކާނީ ނެތް އެއްޗެއް ކިތަންމެ ވަރަކަށް ފިރުމިޔަސް.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 April 2025
ރައްޔިތުން ބޭނުންވާ ކަންކަން ހިނގާ ގޮތް ނޭންގޭ މީހަކު މަދުވާނެ. ގިނަ ކަންކަން އެއް ކުންފުންޏަކަށް ހަވާލުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއް. އެކަމަކު އެކަންކަން ކުރުމުގެ ޤާބިލުކަން އެ ކުންފުނިތަކުގައި ނެތިއްޔާ ދެން ކީއްތޯ ކުރާނީ؟؟ މަސައްކަތް ހަވާލު ކުރާވަރަކަށް ޤާބިލުކަންވެސް އިތުރު ކުރެވެންޖެހޭ. އެކަމަކު މިކަމާ ވިސްނާ މީހަކު ސަރުކާރަކު ނެތް. ނޫނީ މިއީ ރައްޔިތުންނަށް ހަމައެކަނި ދައްކާލާ ދަޅައެއްތޯ؟؟ އެހެން ކަމަށް ބޮޑަށް ބުރަ ވެވެނީ މިހާރު
ބަބްސް
22 April 2025
ކުރިޔަށް ނުގޮސް އޮތީ ނޭދޭތީކަމަށްތާ މިވީ.
ހޮޓްކިންގ
22 April 2025
ކޮންހާ ދެއްކުންތެރިކަމެއްތޯތީ. ރަށެއްގެ ފަޅުކޮނުން، ގޮނޑުދޮށްހިމާޔަތް ކުރުންވިޔަސް އެމްޓީސީސީއަށް ދީފައިވާއިރު އެކުންފުންޏަށް ނޭނގޭނެ އެކުންފުންޏަށް ހަވާލުވެފައިވާ ކަންކަންވެސް. އެހާގިނަ ކަންކަމާހަވާލު ކޮށްފައިވޭ. އަދި އެތައް ޒަމާނެއްވީ އިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ ސިޔާސީ ބޭނުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްލިގޮތަށް އެތިބީ އަޅާވެސް ނުލާ.
ހަބީކް
22 April 2025
އެސްޓީއޯއަށް ބޭސް ބާރަށް ކުރިޔަށް ގެނެސްބަލަ..ހަކުރު ޓެސްޓްކުރާ ސްޓްރިޕްއެއް ވަރުވެސް ނެތް..ބޭސްސިޓީ ހިފައިގެން ދިޔަސް ނުލިބޭ ބޭސް ގިނަ..ގިނަ ރަށްތަކުގެ ފާމަސީއާއި މަރުކަޒްތަކުގައި ގިނަ ބޭސްތަކެއްންތް..