22 އެޕްރީލް 2025 - 21:07
ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގައި އިމާރަތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ދެ ގައުމު ގުޅުމުގެ ނިޝާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުގައި މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
ޑރ. ސަލާހުލްބުދައިރު މިއަދު ވަނީ ރަައިސް މުއިއްޒުއާ، އެ މަނިކުފާނުގެ އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަދީނާގެ ހަރަމްފުޅުގެ އިމާމު، އެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން، ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ސަލްމާން މިސްކިތް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ސައުދީން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ސަލްމާން މިސްކިތަކީ އަޅުގަނޑުމެން [ސައުދީ އާއި ރާއްޖޭގެ] ގުޅުމުގެ ވަރުގަދަ ނިޝާނެއް. އަޅުގަނޑު ގަބޫލުކުރަނީ ސައުދީ ރަސްގެފާނަކީ އިސްލާމީ އުއްމަތުގެ ލީޑަރުކަމުގައި،" ރައީސް ވިދާޅުވި އެވެ.
ނަބަވީގެ އިމާމް، މާދަމާ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ޑރ. ސަލާހުލްބުދައިރު އެވެ.
ސަލްމާން މިސްކިތް ބޭނުންކުރަން ފެށީ 2023 ވަނަ އަހަރުގެ ރޯދަމަހު އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމި ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ނުފެށި ދިގުލައިގެން ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރ67676767
23 April 2025
ޜާއްޖޭގައި މިހާތަނަށް ހެދި އެންމެ ޑިޒައިްނ ހަޑި މިސްކިތް. އަރކިޓެކްޗަރ ަލުން ސުކޫލަށް ދާންފެނޭ. ރައީސަށް ދަންނަވަން މިތަން ލޭންޑްމާރކަކަސް މިއަށވުރެ ރީތިކުރަން. މިހާުރު ހީވަނީ ކަޕްކޭކެއްހެން. ބައެއްފަހަރު ވައްކަޅިން ބަލަހައްޓައިގެން ހުންަނަ ހެންވެސް ހީވޭ. ހަޝޯރަތެއް ސަގަފަތެއް ތާރީޚެއްގެ ކަންފުޅެއްވެސް ނެތްތ ތިތަން އަ ކޮށްލާ. މީގެން އެނގުނު އަނެއް އެއްޗަކީ މައުމޫނު ކުރާކަންކަމުގައި ވައްޓަފާޅިއާ ފާޑުވެރިކަން ހުންނާނޭ.
ކޮބައި ނައިބު ރައީސް
22 April 2025
މިވަރުގެ މީހަކު އައި އިރު ނައިބު ރައީސް އަރަބިބަސް އެނގޭ އިރު
ޢަހައްމާ
22 April 2025
ސައޫދީ ރަސްގެފާނު އިސްލާމީ އުއްމަތުގެ ލީޑަރު ނަމަ ފަލަސްތީނު އެހާލުގަ ދޫކޮށްލާ، ޔަމަނަށް ބޮންއަޅާ، ޤަތަރާއި ގުޅުން ކަނޑާފަ އަރާމު އިއްޒަތުގަ ގަނޑުވަރުގަ ނިދޭނެތަ. ސަނާ ކިޔަންވެސް ތިއީ ބޮޑުވަރު