ފުށިދިއްފަރުފަޅު ހިއްކަނީ.-- އެޗްޑީސީ
27 އެޕްރީލް 2025 - 17:02
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ހައްލަކަށް ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ 10 ޕަސެންޓު ބިން ހިއްކައި ނިމިއްޖެ އެވެ.
އެޗްޑީސީން ބުނީ ފުށިދިއްގަރުފަޅުގައި ހަދާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެއަށް ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ އޭގެ ތެރެއިން 101 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1ގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ސަރަހައްދެކެވެ.
އެ ކުންފުނިން ބުނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) ކުންފުންޏާ ހަވާލުކޮށްގެން ސައިޓް ޖޭގެ 29 ހެކްޓަރުގެ ބިން އަދި އެމްއެމް އެކްސްޕޯޓާ ހަވާލުކޮށްފައިވާ ސައިޓް ޑީ، އެފް، ޖީ، އަދި އެލްގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
ބިން ހިއްކުމާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
ފުށިދިއްފަރުފަޅު ހިއްކަނީ.-- އެޗްޑީސީ
ފުށިދިއްގަރުފަޅު ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާންކުރައްވައިފަ އެވެ. އެއީ 240،000 އަށްވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.
ފުށިދިއްގަރުފަޅަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ޑިސެމްބަރު 18، 2023 ގައި ތަރައްގީކުރަން ފެށި ތަނެކެވެ. އަށް މަސް ތެރޭ މަސައްކަތް ނިންމަން ހަވާލުކޮށް، ތާވާލާ އެެއްގޮތަށް ދިޔަ ނަމަ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެތަން އެއްކޮށް ހިއްކާ ނިމޭނެ އެވެ. ނަމަވެސް، ހަ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ބިން ހިއްކުން އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެނަމަސް
28 April 2025
އެހެންވީމާ އަދި 9ރަހަރު ބޭނުންވާނެ އެއްކޮށް ހިއްކާ ނިންމާލަންދޯ؟ މުއިއްޒު ސުޕީޑު ހަހަހަހަ!
ރާވެރިބެ
28 April 2025
ރަގަޅު. ބުނެފަ އޮތީ 2025 ނިމުމުގެ ކުރިން މުޅި ރަސްމާލެ އެއްކޮށް ހިއްކާ ނިންމާނަމޭ. އުންމީދުކުރަން މިޓާރގެޓަށް ނިމޭނެކަމަށް. ޖެނުއަރީގަ ފައްޓަންވާނެ މާލެއާ ރަސްމާލެ ގުޅުވާލާ ކަނޑުއަޑީގެ ބިއްލޫރި ޓަނަލާ ބާރަށްދުވާ ރޭލު. އޭރުން މާލޭ އޮފީހަށް އާދެވޭނީ. މަ މިހިރީ ރެޑީއަށް ރަސްމާލެ އިން ގެއެއް ގަނެގެން ތިމާވެށީގެ އެއްވަނަ ރަށުގަ އުޅެން. އެކަމަކު އެއީ ކަޑު އަޑިން ބިއްލޫރި ޓަނަލްގަ އޮފީހަށް މާލެއަށް ދެވޭނަމަ.
ސިއްބަޒް
28 April 2025
މީ ހުޅުމާލެ ފޭސް 1 ގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު. އެހެންވީމަ ކަންކަން ދާނެ ބާރަށް.
އަހަންމަދާ
28 April 2025
އުންމީދުކުރަނީ ތިހެން އަމަލުން އެކަން ނުފެނެއެންނު އަމިއްލައަށް ގަބޫލު ކުރެވޭތަ؟
ރިފާއު އައްބާސް
28 April 2025
މިޔާއެކު ހަމަ ގައިމިވެސް އަންނަ އަހަރު މިތާގަ ފްލެޓް އެޅެން ފެށޭނެ.
އަހަންމަދާ
28 April 2025
އޯކޭ. އަންނައަހަރުވެސް ތިތަން ހިއްކާވެސް ނުނިމޭނެ. ފައިސާގެ ދަތިކަން އަދި މަސައްކަތުގެ ސުޕީޑަށް ބެލީމަ އިނގޭ 8 މަސް ދުވަހުން ހިއްކާ ނިންމަން ބުނި ތަނެއް.
އާދިލް ސަލީމް
28 April 2025
ދުވަހަކު މިގައުމަށް ބޯހިޔާވެހިކަން ނާންނަ ވަރަށް ރައީސް މުއިއްޒް ބޯހިޔާވެހިކަން މިގައުމަށް ގެންނާނެ. އިންޝާﷲ
އަހަންމަދާ
28 April 2025
އެހެން ބުނެގެން ވޯޓް ދިނީ ކަމެއް ނުވެ އަދި. ހެދިފަ ހުރި ފުލެޓް ކޮޅު ވެސް ނުދެވިގެން އުޅެނީ. މައްސަލަ ހުރިއްޔޭ ކިޔައިގެން. ނިމޭއިރު ޕީއެންސީމީހުން ގިނަވާނެ ލިބޭލެއް އެއި ކުރީ ސަރުކާރުތަގުގަވެސް ވޯގޮތް އެގޮތަށްވެސް އެތަންތަން ހަވާލު ކޮށްލާ
ނިސްނާން މުހައްމަދު
28 April 2025
ވަަރަށް އުފާވެރި ހަބަރެއް. މިގައުމުގެ ބޯހިޔާވެހިކަމަށް ދާއިމީ ހައްލު ހަމަ ގައިމުވެސް މީގެން ވާނެ.
އަހަންމަދާ
28 April 2025
އުފަލުގެ ކޮޅެއް މެދެއް މެތް މި ކަމުގަ. 8 މަސް ދުވަހުން ހިންކަން ބުނިތަން އަދި މީ ވީވަރު. ޔާމީންމެން ފޭސް 2 ހިއްކާލީ އެއްމަސް ދުވަހުން
އައިސަމް
28 April 2025
ފެނޭތަ މިކަން ނުވާނެޔޭ ބުނި މީހުން؟ މިދަނީ ބާރު ސްޕީޑުގައި މިކަންވެސް ކުރިޔަށް. މިތާގަ އެތައް ބަޔެއްގެ ބޯހިޔާވެހިކަން ކަށަވަރު ވާނެ
މަފާޒް ސަލީމް
28 April 2025
މީ ބޯހިޔާވެހިކަމުގެ ހައްލު ލިބޭނެ ތަން.
އަހަންމަދާ
28 April 2025
އޮކޭ އުންމިދު ކުރަން އެކަމު ނިމިފަ ހުރި ފުލެޓް ކޮޅު ހަވާލު ކޮށްބަލަ
އެކްސްް
28 April 2025
ގާތްގަނޑަކަށް ދޮޅު އަހަރުން %10 ހިއްކުނުއިރު، މިރޭޓުގައި ގޮސްގެން ދައުރުނިމެންވާއިރަށް ތިތަނުގެ %50ވެސް ހިއްކޭނެކަމާއި މެދު ޝައްކު. އަންނަ އަހަރު އެއްވެސް މަޝްރޫއެއް ކުރިއަށްދާނެ ކަމަކަށް ނުބެލެވޭ، ދައްކަން އޮތް 1 ބިލިއަން ޑޮލަރުގެ ލޯނުއޮތީ ބޯމަތީ. މިތަން ހިއްކަންވެގެން ހުއްޖަތަކަށްދެއްކީ އެޗްޑީސީގެ އިންވެންޓްރީއަށް އެތައްހާސް ހެކްޓަރެއް އިތުރުވާނެ ވާހަކަ. މިހާރު އެވާހަކަ ދައްކާ ބަޔަކުނެތް.
ތަޅަން
28 April 2025
ހެކްޓަރަށް އެހާ ފަރިތައެއް ނޫން. އަކަ މީޓަރުން ނުވަތަ އަކަ ކިލޯމީޓަރުން ބުނެދީބަލަ