އީ ސިމްގެ ހިދުމަތް ދޭން ފަށާ އެޕަލް ވޮޗް ސީރީޒްގެ ގަޑިއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 އެޕްރީލް 2025 - 11:14
އުރީދޫންން އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީސިމްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
އުރީދޫ އީސިމް ވެއާރަބަލްސްގެ ހިދުމަތް އެޕްލް ވޮޗްތަކަށް ތައާރަފުކޮށްފައި ވާއިރު، މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ހިލޭ ލިބޭނެ އެވެ. އެ އޮފާގެ މުއްދަތަށް ފަހު މަހަކު 200ރ. އަށް ހިދުމަތް ލިބޭނެ އެވެ. އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ ހިދުމަތް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.
އީސިމް ވެއަރަބަލްސްއިން އައިފޯނާއި ނުލައި އެޕަލް ވޮޗް މެދުވެރިކޮށް ފޯންކޯލުކުރެވޭނެ އެވެ. މި ހިދުމަތުގައި ފޯނާއި އެޕަލް ވޮޗްގައި ވެސް ބޭނުންކުރާނީ އެއް ނަންބަރެއްގެ ސިމް އެވެ.
މިއީ ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ އީކޮމާސް މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗްތައް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy