ހައުސިން މިނިސްޓަރު މުއްތަލިބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
30 އެޕްރީލް 2025 - 21:13
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރު ކޮށްދިނުމަށް ގިނަ ބަޔަކު އެދޭތީ އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ ސްކީމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މިއަދަށެވެ.
ނަމަވެސް މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 8 އިން ފެށިގެން ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ތިން ސްކީމަށް ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭއިރު އެއީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ. އެހެންވެ، ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ އެ މުއްދަތު މޭ 31 އާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހެޅުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
އެއީ، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
"އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ،" އޭނާ ވިދާޅުވި އެވެ.
• ލޯނު ދޭނީ އިސްލާމިކް ފައިނޭސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގައި.
• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.
• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.
• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ. އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޡުހޫ
02 May 2025
ކޮންތާކުން މި ލޯނު ދެނީ
شهات
02 May 2025
މާލޭގެ ނިކަމެތިން ވީމާ އަބަލިހު ކައިވެނި ދޯ . 5 އަހަރު ނިމޭއިރު ތިލޯނު ވެސް ނުދޭނެ ހަމަ ސޯލިހު ހެދިގޮތަށް މާލޭ މީހުންނަށް ލޯނު މިސަރުކާރުން ވެސް ދޭނީ. ނުދޭނަން ދެނެއް ބޯޓެއް
ލޮން
01 May 2025
މި ސްކީމަށް ކުރިމަތިލާނެ ގޮތެެއް އެނގޭމީހެއް އެބަހުރިބާ؟
ޟަކީ
01 May 2025
ކިހިހިނެތް ތި ލޯނަށް ކުރިމަތިލަނީ؟
ގުދުގުދާބެއްޔާ
01 May 2025
އުމުރުން 60 އަހަރު ވިޔަސް ތިޔަ ލޯނައް ކުރިމަތި ލުމުގެ ފުރުސަތު ލިބޭނެތަ؟ މިހެން މިބުނީ 60 އަހަރު ވީމަ ދެން ބީޢެމްއެލް އާއި އެމްއައިބީން ލޯނެއް ނުދޭތީ! 60 އަހަރުވީމަ ގިނަ ކަންތައްތަކުން މަހުރޫމް ވޭ މިގައުމުގަ!
އަފްރާސިޔާބު
01 May 2025
ފައިނޭސް ސްކީމުގެ ގިނަބައެއް އެދުނީތަ ލަސްކުރަން. ފައިސާ ނެތޭ ބުނަން ހަމަނުކެރުނީހެ ދޮގުހަދަން.
ޟޮޮމިނަ
01 May 2025
ޢެންމެ ފަހު ސިކުންތުގަ ތިވާހަކަ ބުނަން މަޑުކޮއްލިނަމަ.މި ވެރިކަން ނިމެންދެން ދެން ދަންމާލާ . ޢަންނަ ވެރިކަމުގަ ދޭގޮތަށް
ގެދޮރޭ
30 April 2025
އަހަރުމެން ކުޑަ އިރު ރައީސް މައުމޫން ވެރިކަން ކުރެއްވީ. އަހަރުން ގެ ބައްޕަމެން މިހާރުބުނޭުހާ ތާކުން ތާކު ނުޖެހޭ ވެރިކަމެއް ދުވަހަކުވެސް ތަޖުރިބާއެއް ނުކުރަމޭ. ވަރަށް ވާހަކަ ދޯ އަސްލު އެއީ.
ޞަންށަލ
01 May 2025
މިހާރު އެދިފަ ތިބި މީހުންނަށް އަވަހަށް ދޫކުރަން ވީ ނުން ، ،
ލޯނުބޭ
30 April 2025
މިއީ ލިބޭނެ އެއްޗެއް ނޫން. މުއިއްޒު ހުވައިކުރީއްސުރެ މިޔަކަށް މި އިންތިޒާރު ކުރަނީ.. އަދިވެސް ދަންމަނީ...
ސަަރުކާރު
30 April 2025
މި ފަސްއަހަރު ނިމޭނީ މުއްދަތު ޖަހަޖަހާ ތިބެ…