01 މެއި 2025 - 10:34
މި އަހަރުގެ ފުރަތަމަ ތިން މަހު، އުރީދޫ މޯލްޑިވްސް އަށް ލިބުނު ޖުމްލަ ފައިދާގެ ތެރެއިން، 30.5 ޕަސެންޓާ އެކު 166.9 މިލިއަންގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އުރީދޫގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އުރޫދީއަށް ވަނީ 547 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
އޭގެތެރެއިން، ޓެކްސަށް ކެނޑުމަށްފަހު މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ކުންފުންޏަށް 166.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އުރީދޫއިން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވެސް ވަނީ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި އިތުރުކުރަން ގިނަ ހިދުމަތްތަކާއި ޕްރޮޑަކްޓުތަކެއް ތައާރަފްކޮށްފަ އެވެ.
މިގޮތުން، ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް 5ޖީ ނެޓްވޯކު ފުޅާކުރުމާއި ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފުކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގަ އެވެ. އަދި މިދިޔަ ރޯދަ މަހު ވެސް އުރީދޫއިން ވަނީ ތަފާތު ކެމްޕެއިންތަކެއް ލޯންޗު ކޮށްފަ އެވެ. އޭގެތެރޭގައި "ރޯދައިގެ ނޫރު" އާއި އިނާމު ލިބޭގޮތަށް ކުރިޔަށް ގެންދިޔަ "ކަރާ ފެޅުން" ހިމެނެ އެވެ.
މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.43ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމޭ
01 May 2025
މިހާ އާބާދީ މަދު ގައުމެއްގައި ހާދަ ބޮޑު ފައިދާ އެކޭ؟ މިލިއަނުން އާބާދީ ގައުމުތަކަށް ވުރެ ފައިދާ ގިނަ
ުއރދ ބޓ
01 May 2025
ޝްޝްޝްޝްޝްޝްޝް...