ރައީސް ޑރ. މުހައްމަދު މުއިއްޒު: ނޫސްވެރިންނާ ބައްދަލުކުރާ މިންވަރު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި.
04 މެއި 2025 - 23:24
ކުރިއަށް އޮތްތަނުގައި ނޫސްވެރިންނާ ބައްދަލުކުރާ މިންވަރު އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި އެ ބައްދަލުކުރެއްވުން ފެށްޓެވީ ހެނދުނު 10:00 ގަ އެވެ. އަދި ނޫސްވެރިންގެ ސުވާލުތަކާއެކު އެ ބައްދަލުވުން ރޭ ދަންވަރު 1:00 އާ ހަމައަށް ދިގުލައިގެންދިޔަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއީ ވަރަށް މުހިއްމު ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެެ. އަދި 15 ގަޑިއިރުގެ އެ ބައްދަލުވުމުގައި އެއްވެސް މީޑިއާއެއް ބާކީކޮށްފައި ނުވާ ކަމަށާއި ކޮންމެ ނޫސްވެރިއަކަށް ވެސް އެ ނޫސްވެރިއަކު ބޭނުން ސުވާލެއް ނުވަތަ ކަންބޮޑުވުމެއް ފާޅުކުރުމަށް ފުރުސަަތު ދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ނޫސްވެރިންނާ އެކު ބާއްވަވާ އެފަދަ ބައްދަލުވުންތައް އިތުރު ކުރައްވާނެ އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ 500 އަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެހެންވެ، ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމަނިކުފާނަކީ މީޑިއާއާ ދުރު ބޭފުޅެއް ކަމަށް ވިދާޅުވެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ރައީސް ހޭދަކުރެއްވީ، އެކި ދާއިރާތަކުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ހުރި ޕްލޭންތަކާއި ތަސައްވުރުތައް ހިއްސާ ކުރެއްވުމަށެވެ.
އޭގެ ފަހުން، ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަން ފެށްޓެވީ ގާތްގަނޑަކަށް މެންދުރު 12:20 ހާއިރުން ފެށިގެންނެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ގައުމުގައި ހުރި މައްސަލަތަކާއި ހިންގާ މަޝްރޫއުތަކާއި އަމާޒުވާ ފާޑުކިޔުންތަކާއި ސޯޝަލް މީޑިޔާގައި ވެސް ދައުރުވަމުންދާ އެކި ކަންކަމާ ގުޅުވައި އެކި ސުވާލުތައް ނޫސްވެރިން އަމާޒުކުރި ދިޔަ އެވެ.
މިއީ ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރަށުގަ މާރަނގަޅުވާނެ ތިވަގުތުކޮޅު ހޭދަކޮށްލެއްވުން
05 May 2025
މި ދައުރަށް ނިންމާލީކީ ނޫންތަ؟ އެހެންނޫނަސް ޖަވާބެއް އިނގޭކަމަކަށް ނުވޭ، ރައްޔިތުން ބޭނުންވާކަހަލަ ޖަވާބެއް ދެވެނީކީނޫން! ދެން ކީއްކުރަން ބާއްވާ އެއްޗެއް؟
ގުޅީފަޅު
05 May 2025
ނޯ ގޯތި ނޯ ވޯޓު. ގެޓު ވެއްޖެ؟
ދަލޭކަ ދައިތަ
05 May 2025
ނޫސްވެރިންނާ ބައްދަލު ނުކުރިއަސް އަހަރެމެންނަށް ހެޔޮ!! ރައްޔިތުންނަށް ދޭން ހުރި ފުލެޓްތަށް ދީ ނިންމާލަބަލަ. 2 އަހަރޭ ނިމިގެން މިދަނީ. ޔާމީންގެ ވެރިކަން ނިމޭން ގަޑިއިރަށްވެފަ ހުއްޓާ ބެހި ފުލެޓް ލިއުންވެސް ހިފައިގެން މީހުން އެބަތިބި. އަނެއްކާ މިދައުރުނިމޭއިރު ލިއުން ބަހައިގެން އެވެސް ހިފައިގެން ބަޔަކު ތިބޭނެ.