އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމުން ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދިޔަ އާންމުންގެ އެތައް ހާސް ބަޔަކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އަލުން ޣައްޒާއަށް ވަންނަނީ: އިޒްރޭލުން މިހާރު ނިންމާފައި ވަނީ ގިނަ ބަޔަކު ގެދޮރުން ނެރެ އެކި ހިސާބުތަކަށް ފޮނުވާލަން. -- ފޮޓޯ: އޭއެފްޕީ
06 މެއި 2025 - 06:14
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަން ނިންމާފައިވާ ޕްލޭންގެ ދަށުން މިފަހަރު ގިނަ ބަޔަކު އެހެން ހިސާބުތަކަށް ފޮނުވާލާނެ ކަމަށް ބުނެފި އެވެ.
އިޒްރޭލުގެ މި ނިންމުމާ އެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާގެ އާންމުން އިންތިހާ ދަރަޖައިގެ ދަތި ހާލުގައި އުޅެން ޖެހިފައި ވާއިރު އެކަމަށް ލުޔެއް ލިބޭނެ އެއްވެސް ކަމަކަށް ފުރުސަތު ނުދީ އިތުރަށް ގޯސްވާނެ ގޮތަކަށް ނިންމުމާ އެކު ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވީ މިއީ އިތުރު އެތައް ބަޔަކު މަރުވެދާނެ ޕްލޭނެއް ކަމަށެވެ.
"ޣައްޒާ އަކީ ފަލަސްތީނުގެ ކުރިމަގުގެ ދައުލަތުގެ ބައެއް އަދި އެތަން އޮންނަން ޖެހޭނީ ވެސް އެގޮތުގައި،" ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވި އެވެ.
އިޒްރޭލުގެ ސެކިއުރިޓީ އެހެން އޮފިޝަލަކު ބުނި ގޮތުގައި "ޕްލޭންގެ މައިގަނޑު އެއް ބަޔަކީ ހަނގުރާމަވެރި ސަރަހައްދުތަކުން މުޅި ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މިހާރު އުޅޭ ތަންތަނުން ބޭރުކުރުން" ކަމަށެވެ. އަދި އެ މީހުން ގެންދާނީ ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށް ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމުން ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދިޔަ އާންމުންގެ އެތައް ހާސް ބަޔަކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އަލުން ޣައްޒާއަށް ވަންނަނީ. -- ފޮޓޯ: އޭއެފްޕީ
އަސްކަރިއްޔާގެ ތަރުޖަމާނު އެފީ ޑެފްރިން ބުނީ ރާވާފައިވާ ޕްލޭނުގެ ތެރޭގައި "ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ބަދަލުކުރުން" ހިމެނޭ ކަމަށާއި އެކަން ކުރަނީ "އެ މީހުން ހިމާޔަތް ކުރުމަށް" ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން އެންމެންހެން ގެދޮރު ދޫކޮށް އެކި ތަންތަން ދާން ޖެހުނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު، އެކި ތަންތަނުން ބަދަލުވަމުން އުޅެން ޖެހިފައިވާ މީހުންނެވެ.
އިޒްރޭލުން ބުނީ ރިޒާވް ސިފައިންގެ އެތައް ހާސް ބަޔަކު ބޭނުންކޮށްގެން ފަށާ އޮޕަރޭޝަންގައި ޣައްޒާ ދޫކޮށް އަމިއްލައަށް ދާން ބޭނުންވާ މީހުންނަށް ހާއްސަ ޕްރޮގްރާމެއް އޮންނާނެ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް ޔަހޫދީން އާބާދުކުރަން ހިންގި އަނިޔާވެރި "ނަކްބާ" ގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ. ނަކްބާ އަށް މި މަހުގެ 15 ދުވަހު 76 އަހަރު ފުރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
06 May 2025
އަނިޔާވެރިކަން ހައްދުން ނެއްޓީމާ މުސްލިމުންގެ މައްޗަށް ވާޖިބުވާނީ އެއްވެސް މުސްލިމް ގައުމަކަށް އިސްރާއީލޭ މިކިއުނު ހައްދުފަހަނައަޅައި ގޮސްފައިވާ ޓެރަރިސްޓް ބައިގަނޑު އެގައުމުތަކަށް ނުވައްދުން ކަމުގައި ހީވޭ. ފަތުވާ ނެރޭމީހުން މިކަމުގަ ކީކޭބާ ބުނަނީ. އިސްރާއީލާއި ދޭތެރޭ އިންސާނުން ކަމުގައި ބެލެވޭކަށް ނެތް. ޔާﷲ އެމެރިކާއާއި އިސްރާއީލަށް ވޭންދެނިވި ގޮތަކަށް ދުނިޔެއިން އެމީހުންގެ ހަތިޔާރުގެބާރު ނެތިކުރައްވަފާނދޭވެ. އާމީން.
1828
06 May 2025
އިޒްރޭލުން ބޭނުންވާގޮތް ދުނިޔެއަށް ހާމަކޮށްފައި ބޭނުން އެއްޗެއް އެހަދާލނީ. ފަލަސްތީން ވަށައިގެން ތިބި އަމިއްލަ އެދުން ބޮޑު އަރަބިން އެތިބެނީ 'ޗުޕް' ކިޔައިގެން. ޙާއްސަކޮށް ސައުދި އަރިބިއްޔާ. އިންސާނިއްޔަތުކަމެއް މިއިން އަރަބި ޤައުމެއްގައި ނެތް. އަމިއްލަ ރަސްކަން ދިފާއުކުރަން އިޒްރޭލް ބުނިއްޔަ ބުނިހައި ގޮތެއް ހަދައިގެން އެތިބެނީ. އެކަމަކު އެއް ދީންނެކޭ އެއް ނަސްލެކޭ އަދި އެއް އުންމަތެކޯ. ލަދު
އެދުރުން
06 May 2025
އެންމެމޮޅަށް ކަންކަން ރާވާ ހިންގަވަނީ ޙާލިގުވަންތަ އިލާހެވެ. އެމީހުންގެ ރޭވުން އެކަލާންގެ މޮޅަށް ދެނެވޮޑިގެންވެއެވެ.ޔާ ﷲ އެމީން އެރޭވި ރޭވުމާއި އެއްގޮތަށް އެމީހުންގެ ވަޒަނުން އެމީހުންނެބޭރުކޮށްލައްވައި ފަލަސްތީންގެ ރައްޔޮތުންނަށް އެމީހުންގެ ވަޒަނުގައި ރައްކާތެރިކަން ލައްވާންދޭ