އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ އާއިލާގެ ބަޔަކު ޖަނާޒާގައި ރޮނީ: ހަމާސްއިން ބުނަނީ އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ދެން ނެތް ކަމަށް. -- ފޮޓޯ: އޭއެފްޕީ
07 މެއި 2025 - 05:49
އިޒްރޭލުން ޣައްޒާގައި ކުރަނީ ބަނޑަށްޖެއްސުމުގެ ހަނގުރާމައެއް ކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދިނުމަށް އަލުން ތައްޔާރުވަމުންދާއިރު އިޒްރޭލާ އެކު ބޭކާރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ހަމާސް އިން ބުނެފި އެވެ.
ހަމާސްގެ އިސް އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލި، އިޒްރޭލުގެ ދެ މަސް ދުވަހުގެ ހިސާރުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވާ ޣައްޒާގައި ހަމަލާ ފުޅާކުރަން އަސްކަރީ ޕްލޭނަކަށް އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދިނުމާ ގުޅިގެންނެވެ.
"ޣައްޒާގައި ބަނޑަށްޖެއްސުމުގެ ހަނގުރާމަ އާއި ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށްދާހާ ހިނދަކު މަޝްވަރާތަކުގައި ބައިވެރިވުމުގެ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުންތަކާ މެދު ވިސްނުމުގެ މާނައެއް ނެތް،" ބާސިމް ނާއިމް އޭއެފްޕީއަށް ވިދާޅުވި އެވެ.
ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ޣައްޒާގެ ކުރީގެ ހެލްތު މިނިސްޓަރު ނާއިމް ވިދާޅުވީ "ބަނޑަށް ޖެއްސުމާއި މީހުން މެރުމުގެ ޖަރީމާތައް" ހުއްޓާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް މުޅި ދުނިޔެ ޕްރެޝަރު ކުރަންޖެހޭ ކަމަށެވެ.
ހަމަލާތައް ހުއްޓުމަކަށް ގެންނަން އެންމެ އިސް ދައުރެއް އަދާކުރާ ގަތަރުން ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް "ގަތަރުން އަދިވެސް މަސައްކަތްތައް ކުރިއަށްދާ" ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރޭގައި އެ ތަނުގެ އާބާދީގެ "ބޮޑު ބައެއް" ބޭރުކޮށްލުން ހިމެނޭ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ އޮޕަރޭޝަންތައް ފުޅާކުރުމަށް ފާސްކޮށްފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުން ދިން ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
07 May 2025
އެއްވެސްއިރަކު އެމީހުނާ ވާހަކަދަށްކައިގެން ސުލްހަވާންޖެހޭ ސަބަބެއްނެތް، އެއީފަލަސްތީނުގެބިމަށްއަރާ ވެރިވެގަނެގެންއުޅޭބައެއް އެމީހުނާ ހަނގުރާމަކޮށް ބަލިކުރުންއޮތް ހަމައެކަނިގޮތަކީ! ހަނގުރާމަކުރުމުގެ ގާބިލުކަމާ ހަަތިޔާރު ނުހޯދާ ހަމާސްއިންއިސްވެ އިޒުރޭލަށްހަމަލަދިނުންވެސް އެއީހެދިބޮޑުގޯހެއް، ކޯއްޗަކަށްމިވީމިހާރު، އިޒުރޭލުގެޖަރީމާތައް މެކުހަށްޖަހަން ހޯދަދިންފުރުސަތަކަށްދޯ ހަމާސްގެހަމަލާވީ، ކުޑަކުދިންނާއަންހެނުންބޭރުގަ، ހަމާސްހޮރަށްވަދެފިލާ! ވަތަފކު
ޏަސްރު
07 May 2025
މި ޖިހާދަކީ 70 އަހަރަށް ވުރެ ގިނަ ދުވަހު ގެދޮރު ތަޅާ ސުންނާފަތި ކޮށް މައިމީހާގެ ގައިގާ ކޮޅުފައިން ޖަހާ ބަފާ މީހާގެ މޭމަތީގަ ބަޑީގެ ފުލުން ޖަހާ މޭގެ ކަށިތަައް މުގުރާލުމުން ބަދަލުގަ އެއްލި ގާބުރިއެއްގެ ޖަވާބުގަ އެތައް ވަޒަނަކުން މެޔަށާ މުޅި ހަށިގަނޑު ހަލަންޏެއް ހެން ހަދާ މަޜާ މުޅި ނަސްލު ނައްތާލުމަށް އިޒުރޭލު ކުރާ އަނިޔާ އާއި ބޭއިންސާފުގެ ހައްދެއް ނެތް ހަގުރާމަ ޢާއި ދެކޮޅަށް ކުރާ ޖިހާދެކެވެ.ﷲ ހަމާސް އަށް ނަސްރު ދެއްވާށިއެވެ. ޢާމީން
ރަދީފްއޮފިޝަލް / ބަތަންޔާހޫ
07 May 2025
ވަރަށް ބޮޑުތެދެއް.އިޒްރޭލާ ވާހަކަ ދައްކާނެ ކަމެއް ނެތް.އެމީހުންގެ ދުވަސް ދުއްވާލާ.