ޕާކިސްތާނު: ހަމަލާތައް ބަދަލުކުރިނަމަވެސް ޕާކިސްތާނު އަދި އޮތީ އާންމު ހާލަތުގައި ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: އޭއެފްޕީ
08 މެއި 2025 - 23:48
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ހާލަތު އިތުރަށް ގޯސްވާނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދީފި އެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ހަމަލާ ބަދަލުކުރަން ފެށުމާ އެކު ޕާކިސްތާނުގައި ކިޔަވަން ގޮސް އުޅޭ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެއަށް ގެނައުމަށް އެދި އާއިލާތަކުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ދަރިވަރުންގެ ހާލު އެ ގައުމުގައި ހުންނަ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ގައުމުގައި ހުންނަ ހައި ކޮމިޝަނާ ހަވާލާދީ މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި ހިނގަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހާލަތު ގޯސްވާނަމަ އެހީވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.
"ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ދަތުރުކުރާ ދިވެހިން ރައްކާތެރި ކަމަށް އިސްކަން ދީ، ހައިކޮމިޝަންގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
09 May 2025
ސާރކްތީ ހަމައެކަނި ޑިޕްލޮމެޓުން އަހަރަކުއެއފަހަރު ބިލެއްމީރުކޮށްލަން ދާތަނެއް.
ބުރުގާ
09 May 2025
ފުރަތަމަ ކަމަކައް، ތިހާ ނުރައްކާތެރި ގައުމުތަކައް ދިވެހިން ދާންވީ ކޮން ބޭނުމަކުތޯ....
މަތިމަސްކުމާރު
09 May 2025
ކަލޭ ތިޔައީ ޔަހޫދިއެއްތަ!
ކަޝްމީރު
09 May 2025
އިންޑިއާ އެކޭ އިޒްރާއީލެކޭ ވަކި ތަފާތެއް ނެތް
މިއުމިއު
08 May 2025
ފަހުގެ ތާރީހު ދުއް އެންމެ ކަޑަ ފޮރިން މިނިސްޓްރީ. ސާކުގެ ބޮޑު ދެ ގައުމު ހަނގުރާމައަށް ތައްޔާރު ވީ އިރު ސާކު އެކްޓިވޭޓު ކޮށްލަން ނުކެރުނު. މަޝްވަރާއަށް ދައުވަތު ނުދެވުނު. މީޑިއޭޓަރ އަކަށް ވާން އިސް ނުނެގި. ދެރަ. މައުމޫން ރަނގަޅުވަނީ މިހެންގެ. ސާކުގެ ކުއްލި ބައްދަލުވުމަކަށް ވެސް ގޮވާ ނުލި. ހ
ޢަލީ ބަލީ
09 May 2025
މިކަހަލަ ވަގުތަކު ސާކު އެކްޓިވޭޓެއް ނުކުރެވޭނެ . މޮޔަތަ ސާކުގެ ބޮޑު ދެ ގައުމު ގެ ހަގުރާމައިގެ ހާލަތުގަ އޮތް އިރު ކުދި ގައުމުތަކުން ބުނާ އެއްޗެއް އަޑު އަހާނެތަ؟ ނާހާނެ.