10 މެއި 2025 - 14:05
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއަޓިވްގައި ރާއްޖެ ހިމަނަން ނިންމައިފި އެވެ.
މައްކާ ރޫޓަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
މިގޮތުން، ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށް ގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ސައުދީން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ.
އެހެންކަމުން، މިއީ ދިވެހި ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކުރި އެވެ.
އަދި ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަހުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފުރުސަތު ރާއްޖެއަށް ފަހިކޮށްދިނުމުގެ ޝުކުރު އެ މިނިސްޓްރީން ވަނީ، ސައުދީ ރަސްގެފާނު ސަލްމާން، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ސަައުދީގެ ހައްޖު އަދި އިންޓީރިއާ މިނިސްޓަރުންނަށް އަދާކޮށްފަ އެވެ.
މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ހިދުމަތްތައް:
1. ހައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ހައްޖުވެރިންގެ ސިއްސީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އެއާޕޯޓުގައި، ހައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެގޮތް މަގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމައި، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ގާއިމުވުން.
4. ސައުދީ އެއާޕޯޓުގައި ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލަށް އައުމާއެކު، ހައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ހައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިކޮނޮމީ1
10 May 2025
ތިޔަ ހުރިހާ ކަމެއްވެސް ރަނގަޅު. މައްސަލައަކީ ގެރެންޓީ ހޯދަން ބޮޑުއަގުދީފަ ގަންނަންޖެހޭތީ. އުމުރުދުވަހުގެ ސޭވިންގްސް އަޅަންޖެހެނީ ސައުދީ އިކޮނޮމީއަށް.
ހާޖީ11
10 May 2025
ކުރިން މަޙްރަމަކާ ނުލާ ދިއުން ޙަރާމް. ފަހުން އޯކޭ. ނޮޓް ޙަރާމް. ކަންކަމުގެ އަސްލު އެނގެމުންދާވަރަކަށް ތިކަހަލަ ރޫޓްތައް އިތުރުވާނެ. ޑިމާންޑް ހިފަހައްޓަންޖެހޭނެ. އަބަދަކު ތެލަކަށް ބަރޯސާ ނުވެވޭނެ އަދި އިތުރު ބަދަލުތައްވެސް ފެންނާނެ. އިޓްސް އޯލް އެބައުޓް ބިޒްނަސް.
ވަކީލްަ
10 May 2025
ރައްޔިތުން އަތުން އެޑްވާންސްކޮށް އެތަކެއް އަހަރުކުރިން ފައިސާނަގައިގެން އެފައިސާއިން ކުރާކަމެއް ބުނެލަދީބަ.
ރަދީފްއޮފިޝަލް
10 May 2025
ބޮޑުންގެ 50 މީހުންނަށް މިބުނާ ލުއި ލިބޭނީ.2 ވަނަ ފަންތީގެ ރައްޔަތުން ޖެހޭނީ ގަނަތެޅެން.
ކޮރަލް
10 May 2025
ފައިދާ ހުރި ކަމެކެވެ. ދެން ކުރަންވީ ކަމަކީ ހައްޖު ކޯޓާ ގަ ސިޔާސީ ބޭނުމަށް އަތް ލުން ދޫކޮށްލަން ވީ އެވެ. ގުޅާލީމަ އުމުރުން ދުވަސް ވީ މީޙުންގެ ކިއުވެސް ބުނެ ނުދެ އެވެ. ޒަމާން ބަދަލު ވެއްޖެ އެވެ. އެމްޕީއެލް އަށް 10 ކޯޓާ ، ރައީށް އިފީހަށް 5 ކޯޓާ ، އެއަރޕޯޓް އަށް 10 ކޯޓާ މިކަން ހުއްޓާލަން ވީ އެވެ. ކިއުގެ ފަހަތުގަ އިންނަ މީހަކު ފޯން ކޯލް އަކުން ކުރިއަށް ހިނގައިދާނެ އެވެ.
ރައުޔު
10 May 2025
ކިހާވަރެއް ސައިދީ ރަސްގެފާނަށް ދިނީމަބާ މިކަމެއް މިހަމަޖައްސަދިނީ. ހުސް ލާރިޔާ ދުނިޔޭގެ އެދުމުން ފޯވެފަހުރި ބަޔަކު ބަދަލުގަ އެއްޗެއްނުލިބޭގޮތަކަށް ކަމެއްކުރާނެބާ؟ ހިލޭ ކޮށްދިން ކަމެއްވީޔާ ޝުކުރިއްޔާ.
މަހާ
10 May 2025
ޢެހެން ވިއްޔާ އަގުވެސް ހެޔޮ ވާން ވާނެތާ ދޯ
ހުއްޖާޖު
10 May 2025
ވަރަށް ތަފާތު ބޮޑު ފަސޭހައެއް ނިއީ
ސީދާމަގު
10 May 2025
އެހެންވީމަ ދިވެހިން އަޕްގްރޭޑް މިވީ މުސްލިމް 2.0 އަށް!
ގާސިމް
10 May 2025
އަހުރެން ދެނެހުރީ އިސްލާމްދީން ހަމަހަމަކަން. އެއްބަޔަކައް ފަސައިހައިން ހައްޖު އަޅުކަށް ކުރެވޭ ގޮތައް އަދި އަނެއް ބަޔަކަށް ޖެއްސުމާ ދުއްތުރާ ކުރުން އިސްލާމްދީނުގައި ވާކަމެއް ނުދެނަހުރިން. ދެން ފަހެ އިހަކަށް ދުވަހު އުމްރާ ސައޫދީ ސަރުކާރު ހުއްދަނެތި ކޮއްފިނަމަ ފާފަލިބޭނެކަމަށް ބުނިބައެއްގެވާހަކަ ތާ މި ދެކެވެނީ.
ކުރފި ބޯ
10 May 2025
ފުރަތަމަވެސް ވާހަކަ އޮޅުވާލައިގެން ތިޔަ ދައްކަނީ..ސަލާމަތީ ސަބަބުތަކަކަށްޓަކާ އޮންނަ އުސޫލުތަކާ ދެކޮޅަށް މައްކާއަށް އެތެރެވެ ހައްޖުވީ ބަޔަކު މިދިޔަ އަހަރުވެސް މައްކާގެ ހޫނުގަދަ މަގުތައް މަތީގަ ފިނިކޮށްލަން ވަންނާނެ ތަނެއް ނެތިފަ މަރުވެފަ އޮއްވާ ފެނުނީމަވެސް ގޯސްވީ ސައުދީ ސަރުކާރު..ބައެއް މީހުން ބުނަނީ ނުބެލެހެއްޓޭ ވަރަށް މީހުން އެތެރެ ކުރަނީ ކީއްކުރަންހޯ؟މާތްﷲއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގަ ވެރިންނަށް ކިޔަމަންވާންޖެހޭ ކަންވެސް ހަމަ ނޭނގެނީތަ
ގާސިމް
10 May 2025
ތިޔަ ސައުދީއަކީ އަހުރެން ނުދަންނަތަކީ ނޫން. ޔޫރަޕްގެ ލަވަކިޔާމީހުން އެތާގަ ނާޗަރަންގީ ކުޅޭތަން ވެސް ފެނޭ. މައްކާގަ ސަލާމަތީ ކަންކަން ބަލަހައްޓާމީހުން ޓިކްޓޮކަ ބަލަން ތިބޭތަން ފެނޭ. ވަރަށް ރޭސިސްޓް ބަޔެއް
ކަނޑުމަހު ސިނކުޑި
10 May 2025
ހަމަހަމަ ކަމާ ސުލްހަ ވެރިކަމާ ރައްކާ ތެރިކަން ދުވަހަކުވެސް ނުދެކި ރިޝްވަތާ، ބާރުގެ ބޭނުން ކުރާ ބަޔެއްގެ ހުނަނާނީ ކުރަފިބޯ.