ދުނިޔެ / ޝައިޚް ހަސީނާ

ހަސީނާގެ ޕާޓީ ބަންގްލާދޭޝްގައި މަނާކޮށްފި

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސިޔާސީ ޕާޓޫ، އަވާމީ ލީގު މަނާކުރުމަށް ގޮވާލައި ވަގުތީ ރައީސް މުހައްމަދު ޔޫނުސްގެ ގެ ކައިރީގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

11 މެއި 2025 - 08:55

މިދިޔަ އަހަރު ވެރިކަމުން ދުރުކޮށްފައިވާ ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން އޭނާގެ އަވާމީ ލީގު ޕާޓީ އިންތިހާބުތަކުގައި ވާދަކުރުން އެ ގައުމުގެ ވަގުތީ ސަރުކާރުން މަނާކޮށްފި އެވެ.

ހަސީނާއާ ދެކޮޅު މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލި އިރު 1،400 މީހަކު މަރުވެފައިވާ ކަމަށް އދ. އިން އަންދާޒާކުރެ އެވެ.

މި މައްސަލަތަކުގައި، އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ދައުވާތައް ހަސީނާގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހާޒިރުވާން އަމުރުކޮށްފައި ވިޔަސް އިދިކޮޅު މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވައި އިންޑިއާއަށް ވަޑައިގެން ގޮތަށް އޭނާ އަދިވެސް އުޅުއްވަނީ އިންޑިއާގަ އެވެ.

"އަވާމީ ލީގާއި އެ ޕާޓީގެ ލީޑަރުންގެ މައްޗަށް ހިންގާ ޝަރީއަތްތައް ނިމެންދެން، އެ ޕާޓީގެ ހަރަކާތްތައް - ސައިބަ ސްޕޭސް ވެސް ހިމެނޭ ގޮތަށް - ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާކުރަން ވަނީ ނިންމާފައި،" ގާނޫނީ އަދި އަދުލުއިންސާފާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާ ދެއްވާ މުޝީރު އާސިފް ނަޒްރުލް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

ނަޒްރުލް ވިދާޅުވީ އެގޮތަށް ނިންމީ ގައުމުގެ އިސްތިގުލާލާއި ސަލާމަތަށްޓަކައި އަދި "މުޒާހަރާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން" ކަށަވަރު ކުރުމަށް ކަމަށެވެ. އަދި މިއީ ހަސީނާއާ ދެކޮޅާށް ދައުވާ ކުރާފަރާތްތަކާއި ޓްރައިބިއުނަލްގެ ހެކިންނަށް ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ގޮތުން ވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ނޯބެލްގެ ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ވަނީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ގާނޫނަށް ގެނައި އިސްލާހަށް ވެސް ރުހުން ދީފަ އެވެ. މިއީ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކާ ގުޅުން އޮންނަ ތަންތަނާ ދެކޮޅަށް ވެސް ޖިނާއީ ދައުވާކުރުމުގެ ބާރު ލިބޭ ގޮތަށް ގެނައި ބަދަލެކެވެ.

އަވާމީ ލީގުން ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދެކޮޅު ހަދައި، އެއީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ބުނެފަ އެވެ.

ސަރުކާރުން މި ނިންމުންތައް ނިންމާފައި މި ވަނީ ހަސީނާގެ ޕާޓީ މަނާކުރުމަށް ގޮވާލައި ވަގުތީ ރައީސް ޔޫނުސްގެ ގެ ކައިރިއަށް ޖަމާވެ އެތައް ހާސް ބަޔަކު މުޒާހަރާކުރިތާ އެއް ދުވަސް ފަހުންނެވެ.

އަވާމީ ލީގުގެ ކުރީގެ ލީޑަރު އަބްދުލްހަމީދުގެ މައްޗަށް ތަހުގީގު ހިންގަމުން ދަނިކޮށް އޭނާ މިދިޔަ ބުރާސްފަތި ދުވަހު ގައުމުން ބޭރަށް ވަޑައިގަތުމުން އެ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. އެއާޕޯޓަށް އަންނަ މީހުންނާއި ފުރާ މީހުން ދެނެގަތުމުގެ ކަންކަމާ ހަވާލުވެފައިވާ ފުލުހުންގެ ތެރެއިން، މަދުވެގެން ތިން މީހަކު މި މައްސަލައިގައި ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454