އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި، އިމާމު ހުކުރު ހުތުބާ އިއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 މެއި 2025 - 11:37
ހުތުބާ ކިޔުމުގެ ހުއްދަ ރަށު ކައުންސިލަރުންނަށް ލިބޭނެ ގޮތް ހަމަޖައްސަން އެ މީހުންނަށް ހާއްސަކޮށް ކޯހެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، އެ މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ވިދާޅުވީ އެއީ ހުތުބާ ކިޔާނެ މީހުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި އެކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް ޚަތީބު ކަމުގެ ތިން މަސް ދުވަހުގެ ކޯހެއް ގުރުއާން ބެހޭ މަރުކަޒު މެދުވެރިކޮށް ހިންގަން ނިންމާފައިވާ ކަމަށެވެ.
ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ކޯހުގައި ޚަތީބު ކަމަށް ބޭނުންވާ ފިގުހާއި ގުރުއާނާއި އަގީދާ އަދި ހަދީސް ކިޔަވައިދޭނެ ކަމަށާއި އެ ކޯހުގައި ގުރުއާން ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"ގުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން. ނުވަތަ އަތޮޅުތަކުގައި ގުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް. ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން،" މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ކޯހުގައި ބައިވާން ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހު 1 ގަ އެވެ.
މިދިޔަ އަހަރު މިނިސްޓްރީން ވަނީ އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ސްކޫލު ކުދިންނަށް ލިބޭ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
12 May 2025
މިއަދު ކައުންސިލަރުން ޚުތުބާ ކިޔާފަ މާދަން މަޖިލިސް މެމްބަރުން ޚުތުބާ ކިޔަން ބޭނުން ވެއްޖިއްޔާޔޯ؟ ކައުންސިލަރުން ކައުންސިލް ހިންގަންވީ ނޫންތޯ؟ މަސައްކަތް މަދީތޯ؟
ދާއިރާ ކުއްޖާ
12 May 2025
ކޮމެންޓުތައް ކިޔާލީމަ ވަރަށް ޒާތީ ހެން ހީވޭ. ޢިލްމު އުގެނުމަށް ވަކި ޢުމުރެއް ބަކިބއައިލާއެއް ނޮންނާނެ. ކައުންސިލަރުންގެބތެރޭގަ އެނަތިބި މިހާރުވެސް އެރަށްރަށުގެ މިސްތަކުގައި އިމާމުވެ ނަމާދުކުރާ މީހުން އަދި ނުލާހިކުރީތިކޮށް ގުރުއާންބކިޔަވާ. އަދި އެމުޖުތަމައުތެރޭގައި އަޚުލާގު ރަނގަޅު ދީނީ އަދި އެހެން ދާއިރާތަކުންވެސް މެދުމެއްގައި ތަންދޮރު އޮޅުންފިލާފަ ތިބި ކައުންސިލަރުންވެސް ބައިބަރު އެބަތިބި
ލަމާން
12 May 2025
ޝަރީޢަތުން އަދި ޙުކުމް ނުކުރިކަމުގައިވިއަސް ރައްޔިތުން ކުރިމަތީގައި އަޚްލާގީގޮތުން އަގު ވެއްޓިފައިވާ މީހުން ތިފަދަ ކަމަކަށް އިސްނުކުރުން ވަރަށް މުހިންމު ކަމުގައި ދެކެން. ވީމާ، ޚުޠުބާ ކިއުމަށް ކައުންސެލަރުން ހޮވުމުގައި ކުށުގެ ރެކޯޑު ސާފު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
1818
12 May 2025
ކައުންސިލަރުން ވައްކަން ނުކުރާނެ ކޯހެއް ހިންގަބަލަ!
ރައްދެ
12 May 2025
މިދެން ކިހާ ދެެރަކަމެއް, ގާނޫނުން ލާޒިމްކޮށްގެން އަހަރެމެން ދާއިރާއަށް ހޮވަން ޖެހުނީ އަންހެން ކައުންސިލަރެއް, އެކަމަނާ އަށް ތިޔަކޯހުގަ ބައިވެރި ވެވޭނެތޯ???
ތިމާވެށި
12 May 2025
ހައްލަކީ ވަކި ތައުލީމީ ފެންވަރެއް ނެތި ކައުންސިލް ކަމާ މަޖްލީހަށް ކުރިމަތި ނުލެވޭ ގޮތް ހެދުމެވެ. އިތުރު ހައްލެއް ނެތެވެ. އެކްނ މުއިއްޒު އަށް ކުރެވިދާނެ އެވެ. މަޖްލިސް މެޖޯރިޓީ ވެސް އޮތީ އޭނަ އަތުގަ އެވެ.
ކޮރަލް
12 May 2025
މަޖްލިސް މީޙުންނަށް ގާނޫނު ކިޔަވާ ދެނީ އެވެ. ކައުންސިލަރުން ނަށް ހުތުބާ ކިޔާ ދެނީ އެވެ. ފުރަތަމަ ކުރަން ޖެހޭ ކަންތައް މި ކުރަނީ ފަހުންނެވެ. ހުކުރު ކުރަން ނޭނގޭ މީހަކަށް ކައުންސިލް ކަން ނުދީ ބަލާށެވެ.
ތަމްރީނު
12 May 2025
ކަތީބުންގެ ޒަމާނުގައި ވެސް ކަން އޮތީ އެހެން. ފުރަތަމަ ދެނީ ކަތީބުކަމުގެ މަގާމު. އެއީ ސަރުކާރުން ބޭނުންވާ މީހަކަށް މަގާމު ދިނުން. އޭގެ ފަހުގައި އޭނާ އަށް ކިޔަވައިދެނީ މުސާރަ އާއެކު މާލޭ ގައި ބަހައްޓައިގެން. އޭގެ ފަހުން ހުރިހާ ކޯސް ތަކެއް ނިންމުމަށް ފަހު، ދެން ކަށުކަމާކެމީގެ ކަންތަކާއި ހުކުރުކުރުމާއި މުދިން ކަމާއި މިފަދަ ކަންކަން ކުރަނީ.
ހޭބަލި
12 May 2025
ކާކުހޭ ދެނީ؟ ރައްޔިތުންނޭ ދެނީ. ދީފަ މިގޮވަނީއޭ ކޮންތާކުން އައި މީހެއްހޭ. ތަނެއްދޮރެއް ނޭންގެޔޭ. އުޑެއްބުޑެއް ވަކިނުވެޔޭ. ރޯނުއެދުރެކޭ. ލަދުން ބޯހަލާކޭ. މިވަރު މީހުންނަށް މަގާމުދޭންވެދާނެހޭ. މީގިޔާމަތުގެ އަލާމާތޭ. އެކަމު އެމީހުން އެތާ އެތިބީ އަހަރުމެން އެމީހުން އެތަނަށް ލީމައޭ. ޕާޓީން ޓިކެޓު ދިނީމަ ބުޅަލެއްވެސް އެމަގާމަށް ގެންނަށް އަހަރުން މިތިބެނީ ހޭވައްޓާފައޭ. ދެންކޮން ޝަކުވާއެއްހޭ.
ާގައިނީ
12 May 2025
ތިޔަ ކައުންސިލަރުންނަށް ފޫޅުމާ ކޯހެއް ހިންގަދޭންވެސް ފެނޭ.
އޭއައި
12 May 2025
އޭއައި ލައްވާ ޚުޠުބަ ކިއުއްވަންވީނު! ކައުންސިލަރުން ނަށްވުރެ މާފުރިހަމަޔަށް އެކަންކުރާނެ! އަމިއްލައެދުމުން އެއްކިބާވެ!
އަޒުކީ
12 May 2025
ހުތުބާ ކިޔާނެ މީހުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައި ކުރާކަމެއްނަމަ ވަކި ބަޔަކަށް ތިކަން ހުޅުވާލުމުގެ ބަދަލުގައި އެކަމަށް ޝައުގުވެރިކަން ހުރި އެންމެންނަށް ހުޅުވާލުމުން ކަމުގެ މަގުސަދު މާ ބޮޑަށްވެސް ހާސިލުވާނެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ރިސޯޓްތަކުގައި ތިބި ޙުތުބާ ކިޔުމަށް ޝައުގުވެރި ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލުމަށް ގޮވާލަން.