ޚަބަރު

ސެކަންޑްމަންޓް އުސޫލުން އޭސީޕީ ރިޔާޒު ދެ އަހަރު ދުވަހަށް ޑްރަގް އެޖެންސީއަށް ބަދަލުކުރަނީ

އޭސީޕީ ރިޔާޒު: އޭސީޕީ ރިޔާޒު ޑްރަގު އެޖެންސީއަށް ބަދަލުކުރަން ވަނީ ނިންމާފައި.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ދެ އަހަރުގެ މުއްދަތަކަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ބަދަލުކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒު ޑްރަގު އެޖެންސީއަށް ބަދަލުކުރީ ފުލުހުންގެ ސެކަންޑްމަންޓް އުސޫލުގެ ދަށުންނެވެ. ދެ އަހަރުގެ މުއްދަތަކަށް އޭނާ ޑްރަގު އެޖެންސީއަށް ބަދަލުކުރި ނަމަވެސް މިހާރެކޭ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ލިބޭނެ އެވެ.

ފުލުހުންގެ ހިދުމަތު ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު، ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން އެހެން ތަނެއްގައި މަސައްކަތްކުރުމަށް ކޮމިޝަނާ އޮފް ޕޮލިހަށް ކަނޑައެޅުމުގެ ބާރު އޮވެ އެވެ. އަދި އެހެން ތަނެއްގައި ހުރި މީހަކު ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަން ހުއްދަ ކުރުމަށް ޕޮލިސް ކޮމިޝަނަރަށް ފެނިއްޖެ ހާލަތެއްގައި ވެސް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އެކަމަށް ހުއްދަ ދެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އެ ގާނޫނުގައި ވަނީ ސެކަންޑްމަންޓުގެ އުސޫލުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު، ރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ދިވެހި ކޮންސިއުލާ މިޝަންތަކާއި ރާއްޖެއިން ބޭރުގެ ގައުމެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް މަސައްކަތްކުރުމަށް ސީޕީއަށް ކަނޑައެޅިދާނެ އެވެ.

މި ސަރުކާރު އައިއިރު ރިޔާޒު ހުންނެވީ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑަކަށް ނަމަވެސް އެ މަސްއޫލިއްޔަތުން ނޮވެމްބަރު، 2023 ގައި އޭނާ ވަނީ ދުރުކޮށްފަ އެވެ.

މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.

11 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮފިސަރު

14 May 2025

ރިޔާޒް ވަރުގެ ކޮލިޓީ މީހުން މަދުވާނެ ފުލުހުގައި. ނަވީނުމެން އޯލުޑް ބެޗަށް ހަޖަމެއް ނުވާނެ

The name is already taken The name is available. Register?

ހިލަ

14 May 2025

އެންމެ ކޮލިޓީ އެކަކު ތި ބޭރު ކުރީ. ނަވީން މެން ކަހަލަ ރަސޫލު ޒަމާނު ހިލަ ތައް ތިބެގެން ޕޮލިސް ނުވާނެ ރަނގަޅެއް

The name is already taken The name is available. Register?

ސަރޖެންޓް ބަޑިއެދުރު

13 May 2025

ޔާމީންގެ ސަޕޯޓަރުންނާއި ފުލުހުންގެ ތެރޭ ތިބި ޕީޕީއެމް ފިކުރުގެ ހާރޑުކޯ މީހުންގެ ސަޕޯޓް ހޯދަން ކުރާކަމެއް އަދި މިކަމަށަ އެކްޓިންގ ކޮމިޞަނަރު ދީލާލީ މަގާމު ކަށަވަރުވޭތޯ ދައްކާ ހިތްވަރުގައި ސާމިހު އެހެލީ އިއްޔެ މިނިސްޓަރު ރޭގަ ބުނީ ތަހްްގީގު ބަރާބަރޭ ފުލުހުން ތެރޭ ތިބި ޓެކްނިކަލް މޮޅު މީހުންނަށް މިހެން ހަދަނީ ވަކަރުގޭ ގްރޫޕް މަގާމުތަކަށް ގެންނަން މާދަން އަންނަ ސަރުކާރަކުން މިބީދައިން ފުލުހުންގެ އިސްވެރިންކޮޅު ސިވިލްސަރވިސްއަށް ބަހާލައިރު ރީތިވާނެ

The name is already taken The name is available. Register?

ރިޔައްްޓޭ

13 May 2025

ޔާނީން މައްސަލާގަ ކްރިކް ރިޒާ އަށް ފޯނުން ގުޅައި ހެއްކަށް ނުފޫޒު ފޯރުވި އޯޑިއޯ ލީކްވުމަކީ ޔާމީންގެ ސަޕޯޓަރުންނާއި ފުލުހުންގެ ތެރޭ ތިބި ޕީޕީއެމް ފިކުރުގެ ހާރޑުކޯ މީހުންގެ ސަޕޯޓް ހޯދަން ކުރާކަމެއްތަ؟ މުހައްމަދު ރިޔާޒަކީ ޓެކްޓިކަލީ ވެސް އަދި ޓެކްނިކަލީ ވެސް މޮޅު މީހެއް ނޫން. މުހައްމަދު ރިޔާޒް ޖެހޭނީ ކުރިންވެސް ކަނޑާލިހެން ފުލުހުންގެ ވަޒީފާއިން ކަނޑާލަބް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ތިއީ ނަތީޖާ އެއް ޙާސިލް ނުވާނެ ބޭކާރު ބަދަލު ތަކެއްކަން ތިތަނުގައި ތިބި އެންމަނަށް އިގޭނެ. އަދި ސީދާ ރައީސަށާއި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަށް މިކަން ވަރަށް ރަނގަޅަށް އެގިވަޑައި ގަންނަވާނެ. އެހެން ކަމުން އިޙްލާސްތެރި ކަމާއިއެކު ކަމެއްކުރާނަމަ ފުލުހުންގެ މުޅިމުޢައްސަސާ ރިފޯމްކުރުމަށްޓަކާ ރީޖަންތަކަކަށް ބަހާލަން ޤާނޫނަށް ބަދަލުގެންނަން ޕޮލިސްބޯޑަށާއި މަޖިލީހަށް ހުށަހަޅުއްވާ. ކީއްވެ މިބަދަލުތަކަށް ފުރުސަތުދީ މިކަންކުރަން ޖެހިލުންވަނީ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ތިބަދަލަކީ އައްޑޫސިޓީ ފޭދު އާއި މަރަދޫ އަވަށުގައި ފުލުހުންގެ އިދާރާއެއް ފުލުސް ޕޯސްޓެއްނެތި ގޭން އެއަރޕޯޓް އޮތް ފަޅުރަށުގެ ބޮޑު ބައެއްގައި ފެންސްޖަހައި ޕިކްނިކް ކޭމްޕް ފަދަ ތަނެއްހަދައިގެން އެތަނަށްވަދެ ފުލުހުންތިބުމުން ފަދަ ކަމެއް. މިކަމުން ރައްޔިތުނަށްއޮތީ ކޮންރައްކަލެއް؟ މިއީ ކ.މާލެއިން އައްޑުއަށް އަންނަމީހުން ހޮލިޑޭހޯމް އެއްގެގޮތަށް ބޭނުންކުރާން ހަދާފައިވާ ތަނެއް. އެންމެ ފުރަތަމަ މިފަދަކަންކަން އިސްލާޙްކޮށް ފުލުހުންނަށް ޒިންމާ ދަސްކޮށްދީބަލަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ފުލުހުންގެ އިދާރީ އޮނިގަނޑަށް މިފަދަ ބަދަލުތައްގެނެސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި ކޮމިޝަނަރ އަކު ބަހައްޓަވާ 3 ރީޖަންގެ ކޮނިޝަނަރ ރިޕޯޓް ކުރައްވާންޖެހޭ ފަރާތަކީ Director General of Police އަށް ކަމަށް ޤާނޫނާއި ފުލުހުންގެ ޤަވާއިދުގައި ކަޑައަޅާ މިބަދަލުތައްގެނައުމަށް ޕޮލިސް ބޯޑަށާއި މަޖިލީހަށް އަޗަހަށް ހުށަހަޅުއްވާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

މަތީގައިދެންނެވި ފަދަ ބަދަލުތައްގެނެސް "ފުލުހުންގެތެރޭގައި މަޤާމްގެ ނާޖާއިޒުބޭނުންކޮށްގެންހިންގިދާނެ އެތައްކަމަކަށް ހައްލުހޯދަން" ފުރުސަތުލިބޭގޮތަށް 3 ރީޖަންގެ ޔުނިޓްތަކުގެ އިސްވެރިން އެއް ރީޖަނުން އަނެއްރީޖަނަށް ބަދަލުކުރުމާއި، އުތުރުގައިހިންގާ ބައެއް ސިއްރު އޮޕަރޭޝަންތަކަށް ދެކުނުގެ ޑިވިޝަން އަދި ސެންޓްރަލްގައިހިގާ ހަމަނުޖެހުންހުއްޓުވަން އުތުރުގެ ފުލުސް ފައުޖު ބޭނުންކުރުންފަދަ ކަންކަން ކުރެވޭގޮތަށް ހެދުމުން އެތެރޭގެއެތައްކަމަކަށް ހައްލުހޯދޭނެ.

The name is already taken The name is available. Register?

އަބްދުﷲ ރިޔާޞް

13 May 2025

ފުލުހުންގެ ވަޒީފާއިން ކަނޑާލަންޖެހޭ މީހެއް

The name is already taken The name is available. Register?

އަހަރެން1

15 May 2025

ކަލެއައްތަ އިގެނީ ކަނޑާލަންޖެހޭ މީހުން

The name is already taken The name is available. Register?

އަލިފުތު

13 May 2025

ޔާމީން އާ ގުޅޭ ގޮތުން އޭރު ހިންގި ތަހުގީގަކީ %100 ރަނގަޅު ތަހުގީގެއް ކަމާމެދު ޝައްކެތް ނެތް.. އެ ތަހުގީގު ގޯސްނަމަ މި ސަރުކާރުން އެ މައްސަލަތައް އަނބުރާ ގެންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454