ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު-- ފޮޓޯ: އިމިގްރޭޝަން
13 މެއި 2025 - 19:44
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އާއިލާއިން ބުނާ ވާހަކަތައް ފުލުހުން ވެސް ދޮގުކޮށްފި އެވެ.
އޭނާ މަގާމުން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. ޝަމްއާންގެ އާއިލާއިން އަންނަނީ "ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ" ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
އިމިގްރޭޝަން ރިޝްވަތުގެ މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރީ އޭނާގެ އާއިލާއިން ކުރާ އެ ތުހުމަތުތަކާ ގުޅޭގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލައިގައި ބަޔަކު ފްރޭމްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރަން ނުޖެހޭކަން ތަހުގީގުން މިހާތަނަށް އެނގޭ ކަމަށެވެ.
"އެހެންވީމަ އަދި އާއިލާގެ ފަރާތުން މިނިސްޓަރާ [އަލީ އިހުސާން] ޝައްމާނާ ދޭތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަަކަ ދެއްކި ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މި ތަހުގީގަށް މިހާހިސާބަށް ފާހަގަކުރެވިފައި ހުރި އެއްވެސް ކަމެއް އަޅުގަނޑަކަށް ނެތް ލިބިފައެއް އެކަހަލަ އެއްވެސް މައުލޫމާތެއް ނެތް ލިބިފައެއް،" ޝަރީފް ވިދާޅުވި އެވެ.
"އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ވީޑިއޯއެއް އެއްވެސް މީހެއްގެ އަތުގައި އޮތް ވާހަކައަކީ އެއީ އަޅުގަނޑުމެން މި ތަހުގީގަށް އެހާ މުހިންމު ވާހަކައަކަށް ނުވާތީ އަޅުގަނޑުމެން މި ތަހުގީގު ތެރޭގައި އެބައި ކުރިއަކަށް ނުގެންދަން."
ވީޑިއޯ މައްސަލާގައި މިހާތަނަށް އިހުސާނުއާ ސުވާލު ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
އެ މައްސަލާގައި ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކާއި ބިދޭސީއެއް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޫލެއް ނުކުރެވޭ؟
14 May 2025
އިހްސާންދެން ހަމައެހާ ގަދައީތަ؟
ހޮޓްކިންގ
14 May 2025
ސަބަބު އޮވެގެންތަ މީގެކުރިން ކުރި މީހުން ކުރީ؟ ތީ ޖަވާބެއްތަ؟
ޓުރޜ
14 May 2025
އިހުސާނު އާ މައްސަލަ ޖެހުނުވާހަކަ އާއިލާއިން ބުނި
ބަރަވެލި
14 May 2025
މީހަކު އަޖައިބުވެ އަންތަރީހެއް ނުވާނެތަ؟ މިއީ ބޯކޮޅުވަތަށް ދިމާ އިދިކީއްޔަން ހިނގާ ގައުމެއްތޯ؟ މީހަކު ފުރޭމް ކުރަންޖެހޭ ސަބަބުވެސް ހުރޭތޯ؟ ތިކިޔޭ އެއްޗެއް އަޅެފަހެ އެބަ އެނގޭތާ.
ހުސެން ސައީދު
14 May 2025
ސަބަބެއް އޮވެގެން ތަ ފްރޭމް ކުރަނީ، ހަހަހަ.. ދައްކާ ވާހަކަ. މީހަކު ފްރޭމް ކުރުން ހުއްދަ ސަބަބެއް މަށަށް ބުނެދީބަލަ، ހެހެހެހެ
ސަބަބު
14 May 2025
ސަބަބެއް ނެތަސް ޕޮލިހުން ކޮށްފާނެ. އެހެން ނޫންނަމަ ރައުދު ކުށުން ބަރީއަ ކުރަން އެވަރަށް ހެކި އެޑިޓް ނުކުރާނެ.
ޕޮލިސް ޖޫޓީ
14 May 2025
ފްރޭމް ކުރަނީ ސަބަބެއް އޮވެގެނެއް ނޫން! އެއީ ސަރުކާރުން ކުރަން ބޭނުންވީމާ ކުރާ ކަމެއް! ފުލުހުން ތިބޭނީ ޖަހާ ބެރަކަށް ނަށައިގެން ލިބޭ ފައިދާ އެއް ހޯދަން! ފުލުހުން ދައްކާ ވާހަކަ ޤަބޫލު ކުރާނެ މީހަކު ނުހުންނާނެ! ދޮގު މައްޗަށް ދޮގު ހެދުމާއި ސަރުކާރުން ކުރާ ކަންތައް ދިފާޢު ކުރުން ނޫންކަމެއް ނުކުރާނެ
މިއައު
13 May 2025
މާރާމާރީއެއްގެ މާދަމާ ޕޮލިހުން މާރާމާރީ ހިންގަންޖެހޭ ސަބަބެއްނެތޭ ބުންޏަސް މަ ހައިރާނެއް ނުވާނަން
ހަލީމު
13 May 2025
މިސަރުކާރުގެ ނުފޫޒު އޮތް އެކަކުގެވެސް މައްސަލަ ބެލުން މުހިންމުތަ؟
ސަސި
13 May 2025
ފަޒުލް މައްސަލަވެސް މުހިންމު ނޫންވީމަދޯ ކުރިއަށް ނުދަނީ.