ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގާފަރު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.--
15 މެއި 2025 - 16:23
ކައުންސިލްތަކުގައި ތިބޭ އަންހެން ކައުންސިލަރުންގެ އަދަދު 40 ޕަސެންޓަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އަންހެން ކައުންސިލަރުން ތިބެން ޖެހޭ އަދަދު 33 ޕަސެންޓަށް ހަދައި އަންހެނުންގެ ކޮމެޓީތައް (ޑަބްލިޔުޑީސީ) އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.
އެއާއެކު، މިހާރު ކައުންސިލްތަކުގައި 370 އަންހެން ކައުންސިލަރުން ތިބޭނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގައި 930 މެމްބަރުން އުޅެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ކަންކަން އިސްލާހު ކުރުމުގެ ކުރިން ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވާނެ ކަމަށެވެ.
އެގޮތުން ކައުންސިލްގައި އަންހެނުން ބާރުވެރި ކުރުމަށް މިހާރު އޮތް ފުރުސަތު އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"33 ޕަސެންޓު ކައުންސިލް [އަންހެން] މެމްބަރުންނަށް ވާން ޖެހޭ ގޮތަށް މިހާރު މި އޮންނަނީ. އަޅުގަނޑުމެން އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމާފައި މިއޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބަދަލުގެ ސަބަބުން އާބާދީ ބޮޑެތި ރަށްރަށް ފައިސާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ލާމަރުކާޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައި މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހެ އެވެ. އަދި 3،000 އަށް ވުރެ މަތީގެ އާބާދީ ރަށްތަކުގައި ހަތް ކައުންސިލަރުން ތިބޭނެ އެވެ.
ފަސް ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލެއްގައި ދެ އަންހެން ކައުންސިލަރުންނާއި ހަތް ކައުންސިރަލުން ހިމެނޭ ރަށްތަކުގައި ތިން އަންހެން ކައުންސިލަރުން ތިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމޯ
16 May 2025
އަންހެނުން ނަށް ޚުތުބާ ކިޔަން ވެސް ހުއްދަ ދޭން ވީނު
އިބިރަހިމާ
15 May 2025
އަންހެން މެންބަރުން ހޮވަން ފިރިހެނުންނަށް ވޯޓު ނުދެވޭ ގޮތްވެސް ހަދަން ފެނޭ.
ފިރިހެނުންގެ ކޮމެޓީ
15 May 2025
ދެން ރައީސް ކަންވެސް އަންހެނުންނާއި ހަވާލު ކޮށްފައި މަނިކުފާނު ގޭގައި މަޑުކޮށްލާ..
ނަރުކެޑި ހަސަން
15 May 2025
އަންހެނުންނާއި ފިރިހެނުން ހަމަހަމަވެފަ ކޮބާ. އަންހެނަކަންވީމަ ތަބަކަށްލާފަ.
ގެދޮރޭ
15 May 2025
އަންހެނުން ގޭން ބޭރަށް ދާނެ ހުރިހާ ގޮތެއް އެބަހަދާ. މި ކަމަކާ ހުރެ ޅަ ދަރިންކޮޅުގެ ދުވަސް ހިނގައްޖެ ހަމަ ހުވާ މި ބުނީ
ލަދުކޮބައި
15 May 2025
ތީ ހަމަ ހަމަ ކަމެއް ނޫން. ނަހަމަ ގޮތުގަ ޖިންސުގެ ބޭނުންކުރުންތީ ތިމަންނަ ނިކަމެއްޗޭ ކިޔައިގެން.
އެމްސް
15 May 2025
ރާއްޖޭގަ ދިރިއުޅޭ ބޭރުމީހުންގެ ނިސްބަތް އާބާދީގެ %15 އަަށް ތިރިކުރެވޭނީ ކޮންދުވަހަކުން ބާއެވެ؟ މިއަދު ޕްރައިވެޓް ސެކްޓާގެ ހުރިހާ ވަޒީފާއެއްހެން އޮތީވެސް ބޭރުމީހުންނަށެވެ!
ޑރ ވާންޗޯ
15 May 2025
ދެޖިންސް ހަމަހަމަ ވަނީތިގޮތަށްތޯ؟. އަޅުގަނޑުދަންނަ ހަމަހަމަކަމުގަ ވާދަކޮށްގެން ގޮނޑިހޯދަންވީ. މިހާރު ހަމަހަމަކަން ބޮޑުކަމުން ތަބަކަކަށްލާފަދެނީ!!!!.
އޮޅުވާލި
15 May 2025
މިހާރުވެސް 40% ކަލްކިޔުލޭޝަން ހަދާލީމަ، ލިޔުމުގަ 33% އޭ އޮތަސް. 5 މީހުން ތެރެއިން 2 އަންހެނުން ހުންނަން ޖެހޭ، އެވީ 40%، 7 މީހުން ތެރެއިން 3 އަންހެނުން ހުންނަންޖެހޭ، އެއީ 43%. މުޅިން އޮޅުވާލުމުގަ.
ޢަތޫ
15 May 2025
ޓެކްސްއަށް ދައްކާ ފައިސާކޮޅު ތިހެން ބަހަޔޭ ތި ހުސްކޮށް ލަނީ. މަހޭ، ކާއްޓޭ، ކަދުރޭ ކިޔާފަ.