މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ފުރަތަމަ ދައުރު ނިންމައި މަޖިލިސް ވަނީ މިއަދު ޗުއްޓީއަށް ގޮސްފައި
15 މެއި 2025 - 17:53
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، ދެ ހަފުތާގެ ޗުއްޓީއަކަށް މަޖިލިހުގެ މެމްބަރުން މިއަދު ވަޑައިގެންފި އެވެ.
މި ދައުރުގެ ފަހު ޖަލްސާ މިއަދު ހަވީރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ފުރަތަމަ ދައުރުގެ ތެރޭގައި ނިންމުނީ ނުވަ ބިލުގެ މަސައްކަތެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ފާހަގަކޮށްލެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިދިޔަ ފެބުރުއަރީ މަހު ފެށި މި އަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާފައިވަނީ ޖުމްލަ 32 ޖަލްސާ އެވެ. އެއީ 59 ގަޑިއިރެވެ. މި ދައުރުގެ ތެރޭގައި 193 ކޮމިޓީ ބައްދަލުވުން ބޭއްވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން 77 ޕަސެންޓް މި ދައުރުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ.
ފުރަތަމަ ދައުރުގެ ތެރޭގައި ނުވަ ބިލެއް ފާސްކޮށްފައިވާއިރު، މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މަޖިލީހުގެ ޖަލްސާތައް މަދުވެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މި ދައުރުގައި ފާސްކުރި ގިނަ ބިލްތަކަކީ މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ކޮމިޓީ މަރުހަލާގައި ހުރި ބިލްތަކެވެ.
މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މަޖިލީހުގެ މަސައްކަތް ކޮންމެ އަހަރަކު ވެސް އޮންނަނީ ތިން ދައުރަކަށް ބަހާލައިފަ އެވެ. ފުރަތަމަ ދައުރު ފެބުރުއަރީ މަހުން މެއި މަހަށް، ދެވަނަ ދައުރު އޮންނާނީ ޖޫން އިން 15 އޮގަސްޓަށެވެ. އަދި ފަހު ދައުރު އޮންނާނީ އޮކްޓޯބަރު މަހުން ނޮވެމްބަރު މަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު
15 May 2025
އަބަދު ޗުއްޓީގަ
ސޭކު
15 May 2025
އާންމުމީހާ 15 ދުވަހުގެ އޯޓީ ގަޑިތީ. -/1500ރ ނުލިބޭ
ކަރީންބެ
15 May 2025
ފުލެޓްވެސް ގޮތެއް ނިއްމާފަ ދިޔަނަމަ, ފިނިހަކަ ސްޕީޑް, އެއްމެ އިސްކަންދޭކަންތަކޯމީ ރައިސް ބުނީ, ދެން ބަލާ އެހެން ކަންތަށް ހުންނާނެ ސްޕީޑް.
މަކަރުހާނާ
15 May 2025
މިމީހުންނަށް ހަލާލުނުވާނެ މުސާރައެއް. ބިލެއް ކިޔަނީކީނޫން. މަސައްކަތެއް ކުރަނީކީނޫން.