17 މެއި 2025 - 13:08
ސަރުކާރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ވަކި ޖިންސެއް އަދި ރަށެއް އިސްތިސްނާ ނުވާނެހެން ހަމަހަމަކަމާ އެކު ހުރިހާ އެންމެންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިހުސާން އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ މުވާސަލާތީ ހިދުމަތްތަކާ ގުޅޭ ދުވަހު ދެއްވި ހިތާބެއްގަ އެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ނުވަތަ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމެވެ.
އިހުސާންގެ ހިތާބުގައި ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އަންހެނުން ބައިވެރި ކުރުމަކީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓު އެކަނި އަންހެނުންނަށް ދިނުން ނޫން ކަމަށެވެ.
އޭގެ މާނައަކީ ތައުލީމާއި ސިއްހަތާއި ވިޔަފާރި އާއި ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައި ވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުން ވެސް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި މުޅި މުޖުތަމައުއަށް، އަދި މުޅި އިގްތިސޯދަށް ވެސް ފައިދާ ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ނިސްބަތަށް އަޅާ ބަލާއިރު، މި ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދު ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ލީޑާޝިޕް ރޯލުތަކާއި ހިންގުމުގައި އަންހެނުންގެ ދައުރު އަދި ވެސް ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރުގެ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން ވަކި ޖިންސަކަށް ބެލުމެއްނެތި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ތަފާތު ކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
އިހުސާން ވަނީ ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަކަން ފާހަގަކުރައްވައި، މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާ މުހައްމަދު
18 May 2025
ސަރުކާރެއްގެ އެއްމެ ރަނގަޅު އެއްކަމަކީ މިއީ. މިދިޔަ ވެރިކަން ތަކުގައި މިކަންކަން ނުފެނޭ. މިވެރިކަމުގައި އެކަން ބަދަލްވާތަން ފެނިގެން އެބަދޭ.
ހަޖާމަތު
18 May 2025
އައްޕަ ޒަކީ ދަންނަން، އަމާޒަކީ ނުދަންނަން.
ށސ11
18 May 2025
ހަމަހަމަ ނުކޮށް ދުވަސް ވިމީހުންނާ ސްމާޓްފޯނު ނުގެންގުޅޭ އަދި ގެންގުޅެންނޭންގޭ މީހުން އެކަހެރި ތިކުރަނީ.
ރިފާއު އައްބާސް
18 May 2025
އާމުންނަށް ހިދުމަތް ދިނުމުގައި މިނޫނީ ނުދެކެން ސަރުކާރެއް އަދި އިންސާފުން ދާ. ހަގީގަތަކީ މިއީ.
މޫސާ ޔައިޝް
18 May 2025
މިސަރުކާރުން މިކަން މިކުރަނީ ރަނގަޅަށް. އަހަރެންނަށް އެކަން ވަރަށް ފާހަގަވޭ.
މައްކު
18 May 2025
ގިނަ ދިވެހިންނަށް އެއްވެސް ރަށަކުން ބިމެއް ނުލިބޭ އެއްވެސް ރަށަކުން، އެއްބަޔަކަށް ދައުލަތުގެ 20 މިލިއަންގެ ބިން ލިބޭ އަނެއް ބަޔަކަށް ދެ ލައްކަ ރުފިޔާގެ ބިން ލިބޭ، ކޮބައިހޭ އިންސާފު؟؟
އަލްޓިކޯ
17 May 2025
ޢަނެއްކާ ވެސް ކޮހެއް ގޮވާލީދޯ؟