މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭގައި ހުޅުވާފައިވާ ހާފްވޭ ހައުސްގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 މެއި 2025 - 11:48
މަސްތުވާތަކެތީގެ ފަރުވާއަށް ގާއިމްކޮށްފައިވާ ތިން ރިމާންޑް ސެންޓަރު، އިތުރު ފަރުވާތަކަކާ އެކު މިދިޔަ ހޮނިހިރުދުވަހު ހުޅުވައިފި އެވެ.
އެ ހިދުމަތް އަލަށް ދޭން ފަށާފައި ވަނީ އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ހުންނަ ޑީޓޮކްސް ފެސިލިޓީގަ އެވެ.
- ގދ. ތިނަދޫ: ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރީހެބިލިޓޭޝަން
- ޏ. ފުވައްމުލައް: ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރީހެބިލިޓޭޝަން
- ސ. ހިތަދޫ: ވިލުނު ސެންޓަރު
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނީ ކުރިން އެ ތަންތަނުން ދެމުން ދިޔައީ ހަމައެކަނި ޑިޓޮކްސް އަދި ކޮމިޔުނިޓީ ޓްރީޓްމެންޓް ކަމަށެވެ. ނަމަވެސް އެ ތަންތަނުން މިހާރު ރިމާންޑް ސާވިސް ވެސް ލިބޭނެ ކަމަށް އެންޑީއޭން ބުންޏެވެ.
އެންޑީއޭ އިން ފަރުވާދެނީ ރެސިޑެންޝަލް އާއި ނޮން ރެސިޑެންޝަލް ފަރުވާ އެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑީޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެވެ.
މުޅި ރާއްޖޭގައި ޑްރަގު ފަރުވާ ދޭން ހަދާފައިވާ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 350 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އްއްއް
21 May 2025
ވިލުނު ސެންޓަރު ހުންނަނީ ހިތަދޫގަބާ ނޫނީ ހުޅހުމީދޫގަ ބާ ؟؟؟؟؟
އައިމިނާ
20 May 2025
ތި ރަށްރަށުގަ ތިޔަކަންތައް އިތުރަށް ފުޅާވުންނޫން އިތުރުކަމެއް ނުވާނެ.
ވަލީދ
20 May 2025
އުތުރާ މެދު އަތޮޅުތަކުގައި ގައި އެއްވެސް ސެންޓަރެއް ނެތީ ކީއްވެ؟
ހޮކާންބެ
20 May 2025
މާތްކަލާނގެއާ ވަކީލު ކޮންފަދަ ބޮޑު ދޮގުތަކެއް ހަދާ ބައެއްތަ. މަސަކީ ތިނަދޫ މީހެއް. ތިނަދޫގަ މި ސެންޓަރު ހުންނަތާ ކޮން ދުވަހެއް. މިހާރުވެސް ގިރިންދާ މީހުން ތިބޭތީ އެތަން އެ ހިނގަނީ
ރާއްޖެ
20 May 2025
ކޮޓަރިއެއް ހަދާފަ އެތާ ބޭރުގަ ނަންބޯޑު ހަރުކުރީމަ އެއީ އިބުރާހިމް ޚިދުމަތް ފެއްޓީކީ ނޫން.
ޑުރަގުބަހާރު
20 May 2025
ނޫސްވެރިންނޭ ރަނގަޅު މައުލޫމާތު ލިޔޭ އިނގޭ ތިއީ ހުސްދޮގު ތިޔަ ބުނާ 3 ރިހެބަކީވެސް ކުރިންވެސް ހުރިތަންތަން ތިނަދޫގަވެސް ފުވައްމުލަކުވެސް އައްޑޫ ހުޅުދޫވެސް. އެއީ ސޯލިހުގެ ވެރިކަމުގާވެސް ހުރި ތަންތަން. އަނެއްކާ އެމްޑީއޭއިން ކުރަންޖެހޭ އިއުލާނެއް ކީއްވެ ހޯމް މިނިސްޓްރީން ކުރީ؟ އެތަނުގެ އިސްވެރިޔަކު ބުނީ ކަނޑާލި ސީއީއޯ އިމާދު ވަނީ 2024 ވަނަ އަހަރުގާ ރިހެބްތަކުން 24 ގަޑިއިރު ހިދުމައްދޭ ރިހެބްތަކުން ރިމާންޑްގެ ހިދުމައްވެސް ދޭނެކަމަށް އިއުލާންކޮށްފާ.
ޢާފް
20 May 2025
ޙޯމް ލަެންޑް އިން ހިންގާ ތަންތަން އެެއީ… ހެހެހެ.. އޭރު ބުނީ ރިމާންޑް ފަށަނެ ވާހަކަ، މިހާރު އެބުނަނީ ފެށީއޭ. ޢާޓިކަލް ގައެބައޮތް ކުރިންވެސް ހުރި ތަންތަނޭ، އިތުރު ޚިދުމަތެއް އިތުރު ކުރީ، ރިމާންޑްގެ މާނަ އާމެދު ޥިސްނާލާ. ޢޭރުން އެގިދާނެ
ތައުފީޤްް
20 May 2025
ސާބަހޭ ރައީސް. ރަނުން ރަނަށް ވައުދުފުއްދަވާ ރައީސަކީ ހަމައެކަނި ތީ.
އިސްމާއިލްް
20 May 2025
އުންމީދަކީ މި ސެންޓަރުން މުޖުތަމައުއަށް ފައިދާ ކުރާނެ ޒުވާނުންތަކެއް އަލުން ބިނާވުންް
ވިސާމާާ
20 May 2025
ރައީސް މުއިއްޒު ވައުދުވި ފަދައިން މި ސެންޓަރުތަށް މިހިރީ އޮޕަރޭޝަނަށް ގެނެވިފައި. ޝުކުރިއްޔާ ރައީސް
ތާއިފްް
20 May 2025
މިއީ ވަރަށް ރަނގަޅު ކަމެއް. ޑްރަގާ ދުރު މުޖްތަމައުއެއް ގާއިމްކުރަން އެޅުގެންދިޔަ މުހިންމު ތަނެއް.
ޔާސިރް
20 May 2025
މަސްތުވާތަކެތިން މި މުޖްތަމައު ސަލާމަތްކުރުމަށް މި ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރަން.