ބްރޯޑްކޮމް އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެސްޖީ ޒީނިޔާ (ނޫ ހެދުމުގައި) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބްރޯޑްކޮމް
20 މެއި 2025 - 14:49
މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މިއަދު ސަސްޕެންޑުކޮށްފި އެވެ.
އެ ކޮމިޝަންގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ޒީނިޔާ ސަސްޕެންޑުކުރީ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުން ތިން ދުވަހަށް ކަމަށެވެ.
އޭނާ ސަސްޕެންޑުކުރީ އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވިގެންނެވެ.
ޒީނިޔާއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު 2015 ގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅެކެވެ. އެކަމަކު، ވަކި ހިސާބަކުން ޒީނިޔާގެ ނަން އަނބުރާ ސަރުކާރުން ގެންދިޔައީ އެވެ.
ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔާ ސަސްޕެންޑު ކުރިއިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް މިިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
އޭގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.
ކޮމިޝަންގެ މެމްބަރުންގެ ފަރާތުން އެ މުވައްޒަފުން ހަތް ކަމެއް އެދިފައިވެ އެވެ. އޭގެ ތެރޭގައި މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުމާއި ރުޅިވެރިކަމާއި ޒާތީވުމާއި މުވައްޒަފުންނަށް ނަފްސާނީގޮތުން ކުރާ ގޯނާ ހުއްޓާލުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަަަައަބްޑޫޅް +
21 May 2025
ސަސްޕެންޑުގެ މަޢުނައީ، ‘އެލުވުން’، ދޯ؟
ށެއިހު
21 May 2025
ޜަނގަޅު. 3 ދުވަހަށް ވުރެ ގިނަ ދުވަހު ރުޅިން ތިބޭކަށް ނުވާނެ
ފިނރުޓޭ
21 May 2025
ވަރަށް ގިނަ އިދާރާތަކުގައި ހިނގަމުން އަންނަ ކަމެއްގެ ވާހަކަ ބްރޯޑް ކޮމް ގެ މުވައްޒަފުން ފާހަގަ ކުރައްވާފައި އެވަނީ! ސައްކާ ވަހުމުން ފުރިގެން ވާ މަސައްކަތުގެ މާހައުލެއްގައި ކިހިނެތްބާ މަސައްކަތް ކުރާނީކީ! ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ! ވަރަށް ސަލާމޭ ބުނެވޭނީ ދޯ!
އަސްލީ
21 May 2025
މުހައްމާ ކަލޯމެން ލައިގެން ތިތަން ހިންގާނެ ގޮތެއް ނޭގޭ. ނުކިޔަވާ އުޑެއް ބުޑެއް ނުދަންނަ އަޚްލާގީ ކަންފުޅެއް ވެސް ނެތް މީހުން ލަިގެން ރަގަޅަށް ކުރެވޭނެ ކަމެއް ނޯންނާނެ. މި ގަމު މިހިގަނީ އިދިކޮޅަށް...
ޖިޒާލް
21 May 2025
ބޮލުގަ ތެއްކަމެއް ނެތް ބަޔަކު ކޮމިޝަނަށް ލީމަ ވާނީ ތިހެން .
ލޭބަ ރައިޓްސް
21 May 2025
ސަސްޕެންޑު ކުރެވޭތަ އިހުތިރާމު ނުކުރޭ ކިޔާފަ؟ ބޮއި ހަލާކު.
ރުމޭތާ
21 May 2025
ޒީނިޔާއަކީ 2015 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން އިން އެއްފަހަރު ޑީމޯޓްކޮށްފައިވާ ބޭފުޅެއް. 2015ވަނަ އަހަރު އިންޓެގްރިޓީ ކޮމިޝަންއަށް ނަން ފޮނުވާ، ނަން އަނބުރާ ނަގާފައި..
ޓީޗަ
21 May 2025
ސޮފާ، ގެޓް ބެކް ޓު ޓީޗިން. ތިކަހަލަ ކަންކަމުން ވެއްޓޭނީ ތިމާގެ އަގު. ލިބޭނީ މީހުންގެ ނަފުރަތު. ސިޔާސީ ޕުރެޝަރު އައިމަ ހެދޭނީ ހުސް ގޯސް.
ފާފޫ
21 May 2025
ޒީނިޔާއަކީ 2015 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން އިން އެއްފަހަރު ޑީމޯޓްކޮށްފައިވާ ބޭފުޅެއް.
ވަޅޯ މަސް
21 May 2025
ދެން؟ އެއީ ވެސް ސިޔާސީ މީހުން ތިބޭ ތަނެއް.
ފަތުހީދު
20 May 2025
ޒީނިއާމެން ބޭނުންވަނީ ހުރިހާ ދައުރެއްގަވެސް އެމީހުން ބާރުގަ ހުންނަން. މަރިޔަމްވަހީދާއަށްވުރެ ރަނގަޅަށް މިދާއިރާއިން ކިޔަވާފައިނީ. މަސައްކަތަށް ހުރަސްއަޅަންޏާ ސަސްޕެންޑް ކުރެވެންވާނެ. ދައުލަތުން މުސާރަދެނީ ސަކަރައިޖަހާ އެކަކު އަނެކަކާ ޖެހޭކަށްނޫން.