ގާއެރިފަޅު ފެންނަ ގޫގުލް މެޕްގެ ފޮޓޯއެއް: އެކްސިޑެންޓު ހިނގީ އެ ރަށް ކައިރީގައި
21 މެއި 2025 - 08:41
ޅ. އަތޮޅު ގާއެރިފަޅު ކައިރީ ރޭ މެންދަމު ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކު ޒަހަމްވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ.
ހިންނަވަރު ކައިރީ އޮންނަ ރަށެއް ކަމަށްވާ ގާއެރިގަޅު ކައިރީ މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓް ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ 12:33 ގަ އެވެ.
"މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވޭ. އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން މީޑިއާތަކަށް މި ހާދިސާއާ ބެހޭ ގޮތުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިބަދު
21 May 2025
ލޯންޗުބޯއީސްވެސް އެޔެއް މިޔެއް ބެލުމެއް ނެތި ގައިގަ ހުރިބާރެއް ލައިފަ ހުންގާނު އަނބުރަމުން ލޯޗު ދުއްވުން ކޮންޓުރޯލް ކުރަން ވެއްޖެ.
ދޮހޮއްތުބެ
21 May 2025
މިހާރުދެން ތިކަމައްވެސް ކޮންމެވެސް ކަހަލަ މިންގަޑެއް ހަދަން ވެއްޖެ އެއްނު . ޑިންގީގަ ދުވާލުނަމަ ދިދައެއް ރޭގަނޑުނަމަ ކޮންމެވެސް އަޔެއް ފެންނަ ގޮތައް.
ޅަހުއްތުބޭ
21 May 2025
މިންގަނޑު ތަކެއް ނެތީކީނޫން. އިންތަކާ މިންތަކާ ފަހަނަަޅައި ދަނީ. އެއިންކަމަކަށް ބެލުމެއް މިހާރަކުނެތް.
އެމީހ
21 May 2025
ތި ޑިންގީގަ ނެވިގޭޝަން އިންކަން ފޮޓޯއިން ފާހަގަ ކުރެވޭ. ނެވިގޭޝަން އެގަޑީ ދިއްލާފަ ހުރިކަމަށް ވާނަމަ ދުއްވާފަ އަންނަ އުޅަނދު ތަކަށް ފެންނާނެ ކަމަށް ބެލެވޭ. އިތުރު ދިދައެއް ނުވަތަ އިތުރު އައްޔެއް ލުމުގެ ބޭނުމެއް ނުފެނޭ.
ޣަނިއަ
21 May 2025
ގަވާއިދު ކިޔާބަލަ އޮތްގޮތްބަލަން
ނާތަހުޒީބު
21 May 2025
މިހާރުވެސް ގަވާއިދު އޮންނަނީ އެހެން. އަމަލު ކުރިއްޔާތާ