ބްރޯޑްކޮމްގެ މެމްބަރުން ބައްދަލުވުމެއްގައި: އެތެރޭގެ ކޯޅުން ވަރަށް ބޮޑު މުއައްސަސާއެއް.
22 މެއި 2025 - 08:29
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުންގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް، އެ އިދާރާގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފި އެވެ.
އޭނާ ރޭ "މިހާރު" އަށް އެކަން ކަށަވަރު ކޮށްދިން ނަމަވެސް އޭގެ ސަބަބެއް ނޭނގޭ ކަމަށް ބުންޏެވެ.
އެކަމަކު، ފަޒީލް އަށް އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުން ކުއްލި ސަސްޕެންޝަނެއް އައި އިރު، ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އިއްޔެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
"ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،" ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ނަމަވެސް ފަޒީލް ރޭ ތުހުމަތުކުރި ގޮތުގައި، ފުލުހުން އެ ތަނަށް ދިޔައީ ފޮރެންސިކް ތަހުގީގަކަށެވެ. އެކަމަކު ފުލުހުން ރޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން،" ފުލުހުން މީޑިއާގައި ރޭ ބުންޏެވެ.
ބްރޯޑްކޮމްގެ ސާވާ އަށް ދިމާވި މައްސަލަ ހައްލު ކުރަން ފުލުހުން އިއްޔެ އެ އިދާރާ އަށް ވަނީ އެ ތަނުގެ ސާވާ ނިއްވާލާފައި ހުރުމުން "މަސައްކަތްތަކަށް ހުރަސް އަޅަން" އެެއްވެސް ކަމެއް ގަސްދުގައި ކޮށްފައިވޭތޯ ބެލުމަށް ކަމަށް އެނގިފައި ވެ އެވެ.
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ފަޒީލް ސަސްޕެންޑުކުރިއިރު، މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ "ހޫނުގަނޑާ" އެކު އެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ މަސައްކަތް ހުއްޓާލާފައި އިއްޔެ ގެ އަށް ގޮސްފަ އެވެ. އަދި ބްރޯޑްކޮމްއާ ދެކޮޅަށް އަޑު ވެސް އުފުލި އެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑުކުރީ އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސްރާ
22 May 2025
ސޮފާއަކީ ވައިޖެހޭގޭ ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ކަނބަލެއް. އަބްދުﷲ ޝާހިދު ގެ ފަރާތުން އެމްޑީޕީއިން ސޮފާ ހިމާޔަތް ކުރާނެ. ސޮފާއަކީ ފަސްޓްލޭޑީ ސާޖިގެ ކަޒިންއެއް. ސޮފާއަކާ އެއްކޮޅަކުންވެސް ނުކުޅެވޭނެ އިނގިއްޖެ! އެސްޖީ ޖެހޭނީ ގެއަށް ދާން ހަމަ. ހެޔޮ މަރީގެއަށް ދިޔަސް
ބީ ހަމްބްލް
23 May 2025
މާތްކަލާ ކޮއްޓަކާ. ނެޕޮޓިޒަމްގެ ނަޖިސް ވަސް އެބަދުވާ. ތިޔަކީ މާ މޮޅު ވާހަކައެއް ނޫން. ނެޕޮޓިޒަމް އަކީ މިގައުމުގެ ހަލާކު.
ޗީޗީޗީ
23 May 2025
ސޯ ވަޓް؟ އަނެއްހެން ތިބުނެވެނީ ނާގާބިލު ކަމާއެކުވެސް އެމަގާމު ހޯދީ ބާރާ ނުފޫޒާ ކޮރަޕުސަނުންނޭ.
ސިމާލް
22 May 2025
ރައީސް ޔާމީންގެ ވެރިކަމުގައިވެސް ތިޔަހެން މީހުން ބަންދު ކުރަމުން ދިޔައެވެ. ފޭކް ސްޓަންޓްތައް ޖައްސަމުން ދިޔައެވެ. ޤައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ރައްޔިތުން ވޯޓު ލައިގެން ބަދަލު ކުރަނީ، ކުރީގެ ވެރިކަމުގައި ނުބައިކޮށް ކުރި ކަންކަން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ހިތާމަ ކުރަންޖެހޭ ކަމަކީ ރައްޔިތުން އެދުނުގޮތަށް އެ ކަން ވެގެން ނުދާކަމެވެ.
ޕިސް
23 May 2025
ނާހަމަ ތެދެއް؟؟ ތީ ހާދަ އާދަޔާ ޙިލާފު ގަބޫލު ކުރަން ދަތި ވާހަކަތަކެއް؟؟ ތިބޭފުޅާ ތިކޮމެންޓް ނުލިޔުނު ނަމަ އެކަކަށްވެސް ނޭނގޭނެ ކަހަލަ ވާހަކަތައް ތިހިރީ!!
ވޯލް
22 May 2025
ކޯޅުން ބޮޑުވާނެ އެންނު، ރަތްލާޖެހި ސިޔާސީ މީހުން ލަންޔާ.
ކައިލާޝް
22 May 2025
ތިޔަ ތަނުގެ އިސްވެރިޔަކު ވިދާޅުވިގޮތުގައި ތިޔަ ބްރޯޑްކޮމްގައި ވަޒީފާ އަދާކުރާ ގިނަ މީހުންނަކީ ކުރަންޖެހޭ ކަންތައްތައް ނުކުރުމަށް ހިފާފަ ތިބޭ ބައެކެވެ. އެމީހުން ދެކޭގޮތުގައި އެއްވެސް ކަމެއް ކުރާކަށްވެސް ނުޖެހޭނެއެވެ. ހައިރާންވަނީ އެސްޖީއަށް ކޮމިޝަނުން ކަމެއްނިންމީމަ އެކަން ނުކުރާން ދެއްކޭނެ އެއްވެސް އުޒުރުތައް އޮންނާތީއެވެ. އެސްޖީއެއް ލައިފަ ހުންނަނީވެސް ކޮމިޝަންގެ ނިންމުންތައް ތަންފީޒުކުރަން ނޫން ހެއްޔެވެ؟
ޙތމގ
22 May 2025
100 ގެ ވާހަކައެއް.
ބިންގަރާސް
22 May 2025
އެސްޖީ މަސައްކަތް ކުރަންޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ކޮމިޝަނުގެ ނިންމުމެއް ވިޔަސް ގާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަންޖެހޭނަމަ، އެކަން ނުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސްޖީއަށް އޮންނާނެ، އަދި ގާނޫނާއި ގަވާއިދާ ޚިލާފުކަމެއްނަމަ ނުކުރުމުގެ ފުރިހަމަ އިޚްތިޔާރު ކޮންމެ މުވައްޒަފަކަށްވެސް އޮންނާނެ
ލޯޔަރު
23 May 2025
ގައިރުގާނޫނީ އަމުރަށް ތަބާވަަކަށް ނުޖެހޭ.
އައިމިނާ
22 May 2025
ސަރުކާރުން ނުސާރަނަގައިގެން މަސައްކަތްނުކޮށް ގެއަށް ގޮސް ކިހާފަސޭހަ. މި ގުރޫޕް ޕެޓިޝަން ހުށައެޅީ ޒާތީނުވެ؟ ސަސްޕެންޑް ކުރީ ޒާތީވެގެންކަމަށް މިގުރޫޕް ބުނަނީ. އަންތަރީސްވޭ. ދައްކާ ދެކޮޅުނުޖެހޭ ވާހަކަތަކުން. ސިޔާސީ ގުރޫޕެއް ތިޔަ މުއައްޒަފުންތަކަކީ.
މާންބެ
22 May 2025
ސިޔާސީމީހުން ތިބޭނީ ރައީސް އައްޔަން ކުރައްވާފަ. ޑުރާމާ ކުޅޭ މުހަންމާއެއީ ބޮޑުސިޔާސީ. އިނގިއްޖި
ފޭކް ޝަރީ
22 May 2025
ރާޝިދޫ ކޯޗެއް ޗިޔަ ހަދަނީ.. އިއްޔެގަ ކުޑަކުއްޖެއް ހެން މަގުމައްޗައް ނިކުތީ ސާވާ ޑައުން ކޮއްފަ އޭ ކިޔާފާ.. ކަ ލޭމެން ތިކުޅޭ ގޭމް ގެ ހެކިތަށް އެބަހުރި.
ޒާރާތައް
22 May 2025
މަސައްކަތް ހުއްޓާލާފަ ގެއަށް ދިޔަމީހުން މި ރިޔާސީ ދައުރު ނިމެންދެން މުސާރާ ނުހިނގާގޮތަށް ގޭގައި ބައިތިއްބާ. އެހެންނޫނީ ދެން ތިކުޅިވަރު ފަހަރަކު އޮފީހަކުން ގޮސް މުޅިގައުމަށް ފެތުރޭނެ.
ޚަރިމު
22 May 2025
ޥަރުގަދަ ބުރޯޑް ކޮމެއްތާދޯ
އިހުތިޖާޖު ކުރުމަކީ ހައްގެއް!!!!!
23 May 2025
ބިރުގަތީ ދޯ؟؟؟ ހާހާހާ.
ޔާއްޓޭ
22 May 2025
އިއްޔެގަ ތި ގޮލާ ދިޔައީ ސާވާ ޑައުންކޮށްފަ.. ރާޝިދު އާއި ޒީނިޔާ ކުޅެއެތި މި ގޮވަނީ އަތަށް.. ސާވާގެ
ބިސް ބޯއި
22 May 2025
ސާވާ ކިޔަން އިނގޭތަ. ކޮމެންޓު ކުރާއިރު ސާވާ އިން ތަނެއް އެނގޭތަ؟
މަހާރަދުން
22 May 2025
ތި ވެސް ދެން ބޮޑެތި މުސާރަ ތައް ދީފަ ގޮނޑި ހޫނު ކުރަން ބައިތިއްބަން ޖެހޭ ގުރޫޕެއް އުތަ...އުވާލާ....
ފެން
22 May 2025
ސިޔާސީ ކުޅިވަރާ ހެދި ގައުމު އިނދަޖެހިއެްޖެ.