ފޮނަދޫއިން ހެދި ޓުކުރި.
25 މެއި 2025 - 15:40
ލިޔެލާ ޖެހުމުގައި ބ. ތުޅާދޫ ވައްޓައެއް ނުލެވޭނެ އެވެ؛ މިފަހުރުގައި އެ ރަށް ވިދަމުން އަންނަތާ، އެތައް އަހަރެއް ވެއްޖެ އެވެ. އެ ރަށާ ވާދަކުރެވޭނެ ވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ނިންމައިގެން ތިއްބައި ލިޔެލާ ޖެހުމުން ލ. ފޮނަދޫ ކުރި ހޯދައިފި އެވެ؛ މޯލްޑިވްސް އެކްސްޕޯގައި އެ ރަށުން ބައިވެރިކުރި ޓުކުރި ވަނީ، ތުޅާދޫ ވައްޓާލައި، ފަހުރުވެރި އެއް ވަނަ ހޯދައިފަ އެވެ.
ލިޔެލާ ޖެހުމުގެ ކެޓަގަރީގެ ޖަމިއްޔާތަކުގެ ބައިން އެއްވަނަ، ފޮނަދޫގެ ވިމެންސް އެންހޭންސްމަންޓުން ހޯދިއިރު ތުޅާދުއަށް ލިބުނީ ދެ ވަނަ އަދި ތިން ވަނަ އެވެ.
މިވީ، ކިހިނެއް ހެއްޔެވެ؟
ވަނަތަކަށް މާކްސް ދީފައިވާ ގޮތާ މެދު ބައެއް މީހުން މި ހިސާބުން ސުވާލު އުފެއްދި އެވެ. ތުޅާދޫ ވައްޓާނުލެވޭނެ ކަމަށް ގަބޫލުކުރި މީހުން ބުނަނީ އެއީ ފޮނަދޫގެ އުފެއްދުމެއް ނޫން ކަމަށެވެ. އެ މީހުން ދެކެނީ، އެއް ވަނަ ލިބުނު ޓުކުރި ފޮނަދުއަށް ގެންދިޔައީ ތުޅާދޫން ކަމަށެވެ.
ބ. ތުޅާދޫން ތައްޔާރުކޮށް ތުޅާދޫގެ ނަމުގަ މައުރަޒުގައި ބައިވެރިކުރި ލިޔެލާގެ ތަކެއްޗަށް އެއް ވަނަ ނުލިބުނު ސަބަބެއް ނޭނގެއެވެ. ދިވެއްސެއްގެ އިސްކޮޅަށް ވުރެ ދިގު ލިޔެލާ ޖެހި ތަކެތި ތުޅާދޫން ބައިވެރިކޮށްފައިވެއެވެ. މޭޒާއި އެނޫން އުފެއްދުންތެކެވެ. ފަންނުވެރިކަން އެހާ ފުރިހަމައެވެ.… https://t.co/F5B1sE8ENN pic.twitter.com/dmKtidsMVd
— Luke (@lucasjalyl) May 25, 2025
އެކަމަކު، މި ވާހަކަތައް ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒައީމާ ދޮގުކުރެ އެވެ.
އޭނާ ބުނީ މައިޒާން އާދަމް މަނިކުގެ އެހީތެރިކަމާ އެކު 2007 ވަނަ އަހަރު ލިޔެލާ ޖަހަން ދަސްކުރުމަށްފަހު އެ ޖަމިއްޔާގެ އަންހެނުން ގަވައިދުން އެ މަސައްކަތްކުރާ ކަމަށެވެ. އޭގެ ތެރެއިން، "ވީ ކްރިއޭޓިވް ޓްރެއިނިން ސެންޓަރު"ގެ ނަމުގައި ތަނެއް ރަޖިސްޓްރީކޮށް 84 މީހުންނަށް ލިޔެލާ ޖަހަން ދަސްކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ޒައީމާ ބުނި ގޮތުގައި، 2007 ވަނަ އަހަރު ސާކް ޓްރޭޑް ފެއާގައި ވެސް އެ ޖަމިއްޔާ އިން ބައިވެރިވި އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒާއި 2017 ވަނަ އަހަރުގެ ހީވާގި ކަނބަލުންގެ މައުރަޒުގައި ވެސް ބައިވެރިވެ، ދެ ވަނަ ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.
ފޮނަދޫގައި 2007 ވަނަ އަހަރު ހިންގި ލިޔެލާ ޖެހުމުގެ ކޯހުގައި ހެދި އެއްޗެއް.
އެހެންވެ، ތުޅާދޫން ޓުކުރި ގަނެގެން، މައުރަޒުގައި ބައިވެރިކުރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ފޮނަދޫގައި، ހަމަ ފޮނަދޫގެ ލަކުޑިން ހެދި އެއްޗެހި އެއީ...ރާއްޖޭގައި އެއް ބަޔަކު ނުޖެހޭ އެއް ކަމެއްގައި އަބަދު ދެމި އޮންނާކަށް،" ޒައީމާ ބުންޏެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މައުރަޒަށް އެ ޖަމިއްޔާއިން ހަ އުފެއްދުމެއް ހުށަހެޅި އެވެ.
ވިމެން އެންހޭންސްމަންޓް ޖަމިއްޔާއިން ހެދި އެއްޗެހިތަކެއް.
އެއް ވަނަ ލިބުނީ ލިޔެލާ ޖަހާފައިވާ ދެ ފޫޓުގެ ޓުކުރިއަށެވެ. ދޮޅު މަސް ދުވަހުގެ މަސައްކަތުން ފުރިހަމަކުރި އެ ޓުކުރި ވަނީ 18،000ރ. އަށް ވިއްކާލައިފަ އެވެ.
"އުއްމީދެއް ނުކުރަން ވަނައެއް ލިބޭނެ ކަމަށް. މިރޭ އެވޯޑު އޮންނަންޏާ އެ ދުވަހު ގުޅާފައި ބުނީ ވަނައެއް ލިބޭ ކަމަށް،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނަދޫ
26 May 2025
ފޮނަދޫ އަކީ ލިޔެ ލާޖަހަން ދަންނަ ބަޔަކު އުޅޭ ރަށެއްނޫން އެއްޗެއް ހެދީ ސޯލޙު ކިޔާމީހެކޯ ތުންތުން މަތީން ކިޔާ އަޑުއިވޭ އެއީ ފޮނަދޫއަށް ކޯހެއް ހިންގަން ދިޔަމީހެކޯ
ބޯދާސް
26 May 2025
މީގެ 50 އަހަރު ކުރިން ތިފަދަ މައުރަޒުތަކުން ފެނުނު ތަކެތި މިއަދުވެސް މިފެންނަނީ ތިތަން ފެނުމުން ދެރަވެ ލަދުގަނޭ އެކާވީސްވަނަ ގަރުނުދެބައިވާންދާއިރު އަހަރެމެން ދިވެހިންނަށް އެކަށޭނަ ކުރިއެރުމެއް އައިސްފަ ނެތަތީވެ މީގެ 50 އަހަރު ކުރިން ލިޔެލާޖެހި ގައުމުތަށް އެމީހުންގެ އަމިއްލަ އުޅަނދުތައް ހަނދަށް ފޮނުވަމުން ދަނީ
އޮަޓޯ
26 May 2025
ލިޔެލާޖެހުމަކީ ކުރެވޭނެ ކަމެކެވެ. އުނދަގޫވާނީ ކުރެހުމެވެ. ކުރެހުންތެރިން އުފެއްދިއްޖެނަމަ ތަފާތު ނަލަ ކުރެހުންތައް ހުންނަ ގޮތަށް މިބާވަތުގެ ކިތަންމެ އެއްޗެއް އުފެއްދިދާނެއެވެ. ރާއްޖޭގައި ވަރަށް ކުޅަދާނަ ކުރެހުންތެރިން ތިބި ނަމަވެސް މިބާވަތުގެ އެއްޗެހި އުފައްދައި ކުރަހާނެ ކުޅަދާނަ ބަޔަކު އުފެއްދިފައެއް ނެތެވެ. ތިބި ބަޔަކު ތިބީ އިހުއްސުރެ މިކަން އޮތް ރަށުގައެވެ. ކުރަހަނީ ދާދި އެއްގޮތް ކުރެހުންތަކެކެވެ. މިކުރެހުންތައްވެސް ބަދަލުވާން އެބަޖެހެއެވެ.
ތިމާވެށި
26 May 2025
ހަރަދު ކުޑަ ކުރަން ބަންގްލަދޭޝް މީހާ އަށް މަސައްކަތް ދަސް ކޮށް ދެނީ އެވެ. މަސައްކަތް ދަސް ވާހިސާބުން އެއީ ވިޔަފާރި ވެރި އެކެވެ. އޭނަ ކުރާ ކަމެއް ބަލާނެ މީހަކު ނުހުރެ އެވެ.
ކޮރަލް
26 May 2025
ފާޑު ކިޔާފަ ކޮމެންޓް އެއް ކޮށްލަން ވ ފަސޭހަ ވާނެ އެވެ. އެއީ ކޮންމެ ބަޔަކު ކުރިއަސް ވ ބުރަ މަސައްކަތެވެ. ހަގީގަތަކީ އެއް ވެސް ސަރުކާރެއްގެ ، ބޭންކް އެއްގެ އެހީތެރިކަން އެތްތެރި މަސައްކަތް ތެރީން ނަށް ނުލިބޭ ކަމެވެ. މިފަދަ މީހުން ހޯދާ އެމީހުންނަށް ބޭޏުން ވާ ޓޫލްސް އާއި ފައިސާ ފަސޭހައިން ލިބޭނެ ގޮތެއް ހަދާ ދޭން ވީ އެވެ. އަދި ހަދާ ތަކެތި ވިއްކޭނެ ގޮތެއް ހަދާ ދޭން ވީ އެވެ. މަސައްކަތް ތެރީން މަސައްކަތް ދޫކޮށް އެހެން ދިމަ ދިމާ އަށް އެބަ ދެ އެވެ.
ޒަރީރު
26 May 2025
ތި ހެދި މީހެއްގެ ނަން ކީއްވެބާ ޒައީމާއަށް ނުބުނެވުނީ
އެހެންދީ
25 May 2025
ތުޅާދޫ އަށް ތިވީ މުސަޅާއި ކަންޒުކަހަނބު ވާހަކައިގަ މުސަޅަށް ދިމާވިގޮތް….މަށެއް އަތެއްނުވާނެޔޭ ހިތާ މާއީޒީކޮއްލީ…..
ޔޫނުސް22
25 May 2025
ލިއެލާ ޖެހުން ބަލާލާހިތުުން ތުޅާދޫއަށް ކުރިދަތުރުން ފެނިގެންދިޔައީ ހީވެސް ނުކުރާކަހަލަ މަންޒަރެއް. ލިޔެލާޖެހުމުގެ މަސައްކަތް ކުރާތަނައްވަދެވުމާއެކު "ބޭބެ ކޮންބައްތަރު އެތިބޭނުން އުންނަނީ" ކިޔާ މަސައްކަތް ކުރަމުން އެދަނީ ސީދާ ބަންގްލަދޭޝީ މީހުން. ފެންވަރަކާ ފެންވަރެއް. ބޯހަލާކު. މާޔޫސްވެގެން ނިކުމެގެން އައީ.
ބޮންދު
25 May 2025
ބަންގާޅީންނަށް މުސާރަދީގެން ހަދަނީ މިތަކެތި
އަދުރޭގެކޮއްކޮ
25 May 2025
ދެން ދިވެހިން މޮޔަނުވެބަލަ.. މި ތާ ކަންކަންވާގޮތުން މިހާރު ވަނަ ލިބޭނީ ފޮނަދުއަށްކަން މޮޔަޔަކަސް އެނގޭޅެ... މިއީ ފޮނަދޫގެ ވެރިކަމެއް....